28 Jul 2017

"ވަކިން ލޯބިން" އަންނަ އަހަރަށް ފަސްކޮށްފި

ޖުމަލް އާއި މަޖޫ ލީޑް ރޯލް ކުޅޭ "ވަކިން ލޯބިން" ސިނަމާ އަށް ގެންނަން މިހާރު ނިންމާފައި ވަނީ މާޗް 5، 2018 ގައި.

"ވަކިން ލޯބިން" އަންނަ އަހަރަށް ފަސްކޮށްފި

ޖުމަލް އާއި މަޖޫ ލީޑް ރޯލް ކުޅޭ "ވަކިން ލޯބިން" ސިނަމާ އަށް ގެންނަން މިހާރު ނިންމާފައި ވަނީ މާޗް 5، 2018 ގައި.

By: Ahmed Adhushan

ޑާކް ރެއިން އެންޓަޓައިންމަންޓުން މި އަހަރުގެ ފަހުކޮޅު ރިލީޒް ކުރަން ކުރިން ތާވަލް ކުރި ފިލްމް "ވަކިން ލޯބިން" އަންނަ އަހަރަށް ފަސްކޮށްފި އެވެ.

ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ އެ ފިލްމް އަންނަ އަހަރަށް ފަސް ކުރީ އޮލިމްޕަހާއި ޝްވެކް ސިނަމާ ވެސް މި އަހަރު ލިބޭ ގޮތް ނުވެގެން ކަމަށެވެ.

"އެ ދެ ސިނަމާ ވެސް ވަރަށް ފުލްކޮށް އުޅޭތީ އަހަރެމެންނަށް މި އަހަރު ފިލްމް އަޅުވަން ޑޭޓެއް ލިބޭ ގޮތެއް ނުވީމަ އަންނަ އަހަރަށް ފަސްކޮށްލީ،" އޭނާ ބުންޏެވެ.

އެހެންވެ "ވަކިން ލޯބިން" ރިލީޒް ކުރަން މިހާރު ނިންމާފައި ވަނި އަންނަ އަހަރުގެ މާޗް މަހުގެ ފަހެއްގަ އެވެ.

"ވަކިން ލޯބިން" ގެ ޑައިރެކްޓަރާ އެކު މަޖޫ އާއި ޖުމަލް.

މި ފިލްމަކީ އައިޝަތު ފުއާދު ތައުފީގްގެ ސްކްރީންޕްލޭއަކަށް އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކުރާ ފެމިލީ ޑްރާމާއެކެވެ. މީގައި ދައްކުވައި ދޭނީ ޒުވާން ދެމަފިރިއެއްގެ ކައިވެނި ވަރިފަށަށް އެރުމުން ދިމާވާ ކަންތައްގަނޑެކެވެ.

މޮގާ ބުނީ އަންނަ މަހު ޝޫޓިން ފަށާ ފިލްމުގެ ރިހާސަލް ވެސް މިހާރު ކާސްޓުންނާ އެކު ކުރިއަށްދާ ކަމަށެވެ.

"ވަކިން ލޯބިން" ގެ ލީޑް ރޯލުން ފެނިގެން ދާނީ މީގެ ކުރިން ވަރަށް ކާމިޔާބު ދެ ފިލްމަކުން ބެލުންތެރިން ބަަލައިގެންފައިވާ ޒުވާން ޖޯޑު ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) އެވެ.

އަދި ފިލްމުގެ ވަރަށް މުހިއްމު ރޯލަކުން އުންމީދީ ބަތަލާ ނުޒުހަތު ޝުއައިބް (ނުޒޫ) ވެސް ފެނިގެން ދާނެ އެވެ.

"ވަކިން ލޯބިން" ގެ ސްކްރީން ރައިޓަރާ އެކު ނުޒޫ.

ޖުމަލް އާއި މަޖޫ އެންމެ ފަހުން އެކުގައި ފެނިފައި ވަނީ މިދިޔަ އަހަރު އެޅުވި "ވާށޭ މަށާއެކީ" އިންނެވެ. އޭގެ ކުރިން އެ ދެ ތަރިންގެ ލޯބި ކެމިސްޓްރީ ވަނީ އެންމެ ފަހު ވިންދާ ޖެހެންދެން (2015) އިން ދައްކާލައިފަ އެވެ.

"ވަކިން ލޯބިން" އަކީ އަހަރެއްހާ ދުވަހު ފިލްމީ މަސައްކަތްތަކާ ދުރުގައި ހުރުމަށް ފަހު މަޖޫ އެނބުރި ސްކްރީނަށް އަންނަ ފުރަތަމަ ފިލްމް ވެސް މެ އެވެ.

ޑާކް ރެއިނުން އެންމެ ފަހުން ގެނެސް ދިނީ މި އަހަރުގެ އެޕްރީލް ފަހެއްގައި އެޅުވި "މީ ލޯތްބަކީ" އެވެ.

ދިވެހި ފިލްމް އިންޑަސްޓްރީ ޑާކް ރެއިން އެންޓަޓެއިންމެންޓް ޑައިރެކްޓަރު އަލީ ޝިފާއު މޮގާ

Popular