By: Ahmed Adhushan
މިއަދަކީ ޑާކް ރެއިން އެންޓަޓައިމަންޓް ވުޖޫދަށް އައިތާ 11 ވަނަ އަހަރެވެ. ފާއިތުވި 11 އަހަރުގެ ތެރޭގައި އެ ސްްޓޫޑިއޯ އިން ކާމިޔާބު ފިލްމްތަކެއް ހަދައި، ބެލުންތެރިންގެ އިތުބާރު ވަރަށް ބޮޑަށް ހޯދާފައިވާ އިރު، ފާހަގަކޮށްލަން ޖެހޭ ކަމަކީ ޑާކް ރެއިނަކީ މިހާރު ރާއްޖޭގައި އެންމެ ހަރަކާތްތެރި ސްޓޫޑިއޯކަމެވެ. ކާމިޔާބު ސްޓޫޑިއޯއެއް ކަމެވެ. ކޮންމެ އަހަރަކު ވެސް ބެލުންތެރިން ގަޔާވާ ކަހަލަ ފިލްމްތަކެއް އަންނަނީ ގެނެސްދެމުންނެވެ.
ފާއިތުވި 11 އަހަރުގެ ތެރޭގައި ނުވަ ފީޗާ ފިލްމް ގެނެސްދީފައިވާ އިރު، މިއިން ކޮންމެ ފިލްމަކީ ހަމަ ވަރަށް ކާމިޔާބު ފިލްމެކެވެ. ޑާކް ރެއިންގެ ބައެއް މަސައްކަތްތަކުގެ ހަނދާން އާކޮށްލަމާ ހިނގާށެވެ. މީގެ ތެރޭގައި ޑްރާމާ ސިލްސިލާތަކާއި ކުރު ފިލްމްތައް ވެސް ހިމެނެ އެވެ. އެ ސްޓޫޑިއޯގެ ލައިބްރަރީ ވެސް ވަރަށް ވެސް ތިޔާގިވެފައި މުއްސަންޖެވެ. މިއީ 11 އަހަރު ކުރެވުނު މަސައްކަތްތަކުގެ ނަތިޖާ އެވެ.
މޮގާ: ފިލްމީ މަސައްކަތްތަކަށް ޝައުގުވެރިކަން ބޮޑު.
ދެހާސް ނުވައެއްގައި ރިލީޒް ކުރި މި ފިލްމަކީ އެވޯޑްގެ ގޮތުން ޑާކް ރެއިންގެ އެންމެ ކާމިޔާބު ފިލްމެވެ. ފިލްމެވެ. މޫމިން ފުއާދު ލިޔެ، ޑައިރެކްޓްކޮށްފައިވާ މި ސަސްޕެންސް ތުރިލާގައި ލީޑް ރޯލް ކުޅެފައި ވަނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ނިއުމާ މުހައްމަދެވެ.
ދެހާސް ސާދައިގައި ބޭއްވި އެމްއެފްއޭ ފިލްމް އެވޯޑްސް އާއި 2015 ގައި ބޭއްވި ގައުމީ ފިލްމް އެވޯޑްގައި މި ފިލްމް ގިނަ އެވޯޑްތަކެއް ހޯދި އެވެ.
އަސަރު ގަދަ އާއިލީ ވާހަކައަކަށް ހެދި މި ފިލްމަކީ ވިޔަފާރީގެ ގޮތުން ޑާކް ރެއިން އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ފުރަތަމަ ފިލްމެވެ. އަލީ ޝިފާއު (ޗިއްޕެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ "ދިން ވޭނުގެ ހިތާމައިގައި" އަކީ ވަރަށް ވަރުގަދަ ކާސްޓެއް ވެސް ފެނިގެން ދިޔަ ފިލްމެކެވެ.
ދެހާސް ދިހައެއްގައި ރިލީޒް ކުރި ފިލްމްގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ ނިއުމާ، ޔޫއްޕެ، އަލީ ސީޒަން، މުހައްމަދު މަނިކު އަދި ރަވީ ފާރޫގް ހިމެނެ އެވެ.
މިއީ އަނެއްކާ ވެސް ޗިިއްޕެ ޑައިރެކްޓްކޮށްފައިވާ ފިލްމެވެ. ހޮލިވުޑްގެ ފިލްމެއް ކަމަށްވޭ "ފޭޓަލް އެޓްރެކްޝަން" ގެ ވާހަކައާ އެއްގޮތް ކަހަލަ ވާހަކައަކަށް ހެދި ފިލްމުގެ ލީޑް ރޯލް ކުޅެފައި ވަނީ ނިއުމާ އާއި ސީޒަންގެ އިތުރުން ޝީލާ ނަޖީބެވެ.
"ޒަހަރު" އަކީ 2011 ގައި ރިލީޒް ކުރި ފިލްމެކެވެ.
ފަތިސްހަނދުވަރުގެ ފެށުން 3ޑީ
މިއީ ރާއްޖޭގެ ފުރަތަމަ 3ޑީ ފިލްމެވެ. ބިންމާ އިބްރާހީމް ވަހީދު "ހަވީރު" ގައި ލިޔުނު މަޝްހޫރު ވާހަކަ "ފަތިސްހަނދުވަރު" ގެ ޕްރިކްއެލްއެއްގެ ގޮތުގައި ގެނެސް ދިން މި ވާހަކަ އަށް ޑާކް ރެއިނުން ފިލްމެއް ހަދައިގެން ގެނެސް ދިނީ 2013 ގަ އެވެ. މީގެ ކާސްޓުންނަކީ ޔޫއްޕެ، ފާތުމަތު ފަރީލާ އަދި މުހައްމަދު ފައިސަލެވެ.
ޗިއްޕެ ޑައިރެކްޓް ކުރި "ފަތިސްހަނދުވަރުގެ ފެށުން 3ޑީ" އަކީ މިދިޔަ އަހަރު ބޭއްވި ހަތް ވަނަ ގައުމީ ފިލްމް ފެސްޓިވަލްގައި ފަސް އެވޯޑް ވެސް ގެންދިޔަ ފިލްމެކެވެ.
ދެހާސް ސާދައިގައި ރިލީޒް ކުރި މި ފިލްމަކީ ޑާކް ރެއިންގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ގެ އަންހެނުން އައިޝަތު ފުއާދު ތައުފީގް ލިޔެ، ޑައިރެކްޓް ކުރި ފުރަތަމަ ފިލްމެވެ. ވަޒީފާ އިން މުސްކުޅި ކުރާ މީހެއްގެ ހަޔާތުގެ ވާހަކަ ކިޔައިދޭ މި ފިލްމަކީ ޑާކް ރެއިނުން މިނާތަނަށް ހެދި ފިލްމްތަކުގެ ތެރެއިން އެންމެ ތަފާތު އެއް ފިލްމެވެ.
ވިޔަފާރީގެ ގޮތުން އެހާ ހިނގި ފިލްމެއް ނޫން ނަމަވެސް "ހުޅުދާން" އަކީ ކްރިޓިކުންގެ ތައުރީފް ވަރަށް ބޮޑަށް އޮހުނު ފިލްމެކެވެ. އަދި 2015 ގައި މި ފިލްމް ސާކް ފިލްމް ފެސްޓިވަލްގައި ވެސް ވާދަ ކުރި އެވެ.
"ހުޅުދާން" ގެ ކާސްޓުންގެ ތެރޭގައި ހަސަން މަނިކު (ރޯނު)، މަރިމަމް މަޖުދާ (މަޖޫ)، ރަވީ، މަރިޔަމް ޝަކީލާ އަދި ފައިސަލް ފަދަ ތަރިން ހިމެނެ އެވެ.
މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަަށް ރަވީ ޑައިރެކްޓްކޮށް 2015 ގައި ރިލީޒް ކުރި މި ފިލްމަކީ ވެސް ވިޔަފާރީގެ ގޮތުން ކާމިޔާބު ފިލްމެއް ނޫނެވެ. ތަފާތު ކޮންސެޕްޓަކަށް ހަދާފައިވާ "މިކޮއެ ބައްޕަ ބައޭބައޭ" އަކީ ކްރިޓިކުންނަށް ވަރަށް ކަމުދިޔަ ފިލްމެކެވެ.
އައިޝަތު ރިޝްމީ އާއި މުހައްމަދު މަނިކް ލީޑް ރޯލް ކުޅުނު މި ފިލްމަކީ ވެސް މިދިޔަ އަހަރު ސާކް ފިލްމް ފެސްޓިވަލްގައި ވާދަ ކުރި ފިލްމެކެވެ.
އެންމެ ފަހު ވިންދާ ޖެހެންދެން
ދެހާސް ފަނަރާގައި ރިލީޒް ކުރި މި ފިލްމަކީ ޑާކް ރެއިނުން ހަދާ ކޮމާޝަލް ފިލްމްތަކަށް އިންގިލާބެއް ގެނައި ފިލްމެކެވެ. އަދި އަސަރު ގަދަ ލޯބީގެ މި ފިލްމުން ވަރަށް ޒުވާން ދެ ތަރިއެއްގެ މަގުބޫލުކަން އާންމުންގެ ތެރޭގައި ބޮޑުވެގެން އެވެ. މަހުދީގެ ސްކްރީންޕްލޭއަކަށް، ޗިއްޕެ ޑައިރެކްޓް ކުރި "އެންމެ ފަހު ވިންދާ ޖެހެންދެން" ގައި ލީޑް ރޯލް ކުޅުނީީ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަޖޫ އެވެ.
މި ފިލްމަކީ ވިޔަފާރީގެ ގޮތުން ޑާކް ރެއިންގެ އެންމެ ކާމިޔާބު އެއް ފިލްމެވެ.
އަނެއްކާ ވެސް މަހުދީގެ ސްކްރީންޕްލޭއަކަށް ހެދި ފިލްމެކެވެ. މިއީ ދިވެހި ސިނަމާގެ ފުރަތަމަ ރޮމޭންޓިކް ކޮމެޑި އެވެ. މިދިޔަ އަހަރު ރިލީޒް ކުރި "ވާށޭ މަށާއެކީ" އަކީ ޗިއްޕެގެ ޑައިރެކްޝަނެކެވެ.
ފިލްމުގައި ލީޑް ރޯލް ކުޅުނީ "އެންމެ ފަހު ވިންދާ ޖެހެންދެން" ގައި ވެސް ލޯބި ކެމިސްޓްރީއެއް ދެއްކި ޖުމަލް އާއި މަޖޫ އެވެ.
ޑާކް ރެއިނުން ތަޖުރިބާ ކުރި ފުރަތަމަ ރޮމޭންޓިކް ކޮމެޑީ ޖޯންރާ އަށް އާންމުންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބާ އެކު "މީ ލޯތްބަކީ" އަކީ އެ ސްޓޫޑިއޯ އިން އެންމެ ފަހުން ގެނެސް ދިން ފިލްމެވެ. މި އަހަރު ރިލީޒް ކުރި މި ފިލްމަކީ ހަމަ ޗިއްޕެގެ ޑައިރެކްޝަނެކެވެ.
އައިޝަތު ފުއާދާއި ޗިއްޕެގެ ސްކްރީންޕްލޭއަކަށް ހެދި ފިލްމުގެ ލީޑުން ފެނިފައި ވަނީ ޖުމަލް އާއި މަރިޔަމް އައްޒަ އެވެ.
މި ބަލައިލެވުނީ 2006 ގައި ވުޖޫދަށް އައި ޑާކް ރެއިނުން ހެދި ފީޗާ ފިލްމްތަކަށް ކަމަށް ވިޔަސް، އެ ސްޓޫޑިއޯ އިން ވަނީ ކުރިން ގިނަ އަދަދެއްގެ ޑްރާމާ ސިލްސިލާތަކާއި ކުރު ފިލްމްތައް ވެސް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފަ އެވެ.
ކުރު ފިލްމްތަކުގެ ތެރޭގައި ބަޑިއެދުރު (2007)، އުންމީދު (2008)، ވޫޑޫ (2012) އަދި ކަޝްފް (2014) ހިމެނެ އެވެ.
ޑްރާމާ ސިލްސިލާތަކުގެ ތެރޭގައި 13 އެޕިސޯޑްގެ ދަފަރާ (2006)، 14 އެޕިސޯޑްގެ ރޭފަނާ (2007)، 13 އެޕިސޯޑްގެ އިންތިހާ (2008)، ފަސް އެޕިސޯޑްގެ ޔާސްމީން (2008)، ފަސް އެޕިސޯޑްގެ އެފްބީއައި (2008)، ފަސް އެޕިސޯޑްގެ އައްސޭރި (2008)، ފަސް އެޕިސޯޑްގެ ސިލްސިލާ (2009) އަދި ހަތަރު އެޕިސޯޑްގެ ނާމާން (2011) ހިމެނެ އެވެ.
ބާރަ ވަނަ އަހަރަކާ ކުރިމަތިލާ އިރު ޑާކް ރެއިނުން މިހާރު އަމާޒު ހިފާފައި ވަނީ ނެރޭ ފިލްމްތަކުގެ އަދަދު ވެސް އިތުރު ކުރާށެވެ. އެގޮތުން އަންނަ އަހަރަކީ އެ ސްޓޫޑިއޯއެއްގެ ތިން ފިލްމެއް ސްކްރީނަށް އަންނާނެ ކަމަށް ބެލެވޭ އަހަރެކެވެ. އޭގެ ތެރޭގައި މިހާރު ޝޫޓް ކުރަމުން އަންނަ އަދި މާޗް 5، 2018 ގައި ރިލީޒް ކުރާ "ވަކިން ލޯބިން" އާއި އެޕްރީލް ފަހެއްގައި ރިލީޒް ކުރާ "ގޮށްރާޅު" ގެ އިތުރުން މޫމިން ޑައިރެކްޓް ކުރާ އަދި ވަކި ނަމެއް އިއުލާން ނުކުރާ ފިލްމެއް ވެސް ހިމެނެ އެވެ.
ޗިއްޕެ: ޑާކް ރެއިންގެ އެންމެ އާންމު ޑައިރެކްޓަރު.
މީގެ އިތުރުން ދިވެހި ފިލްމް އިންޑަސްޓްރީގައި އަނެއްކާ ވެސް އާ ކަމެއް ކުރަން ޑާކް ރެއިނުން އޮތީ ތައްޔާރަށެވެ. އެއީ ވެބް ސީރީޒެއް ހެދުމެވެ. "މާމުއި" އަކީ 15 އެޕިސޯޑަށް ޗިއްޕެ ޑައިރެކްޓް ކުރާ އެއްޗެކެވެ.
މި މަސައްކަތްތަކާ އެކު ޑާކް ރެއިނުން އޮތީ ބެލުންތެރިން މުނިފޫހި ފިލުވައި ދޭން ހަމަ ވަރަށް ގަދައަށް ފޫގަޅައިފަ އެވެ. ފެންވަރު ރަނގަޅު، ރީތި އަދި މޮޅު އުފެއްދުންތަކެއް އާންމުންނާ ހަމައަށް ގެނެސް ދޭށެވެ.
ޑާކް ރެއިންގެ 11 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ "ދޯ" އިން ކިޔަމެވެ.