13 Aug 2018

އަލްފާ އަދި ސަތުޔަމޭވާ ޖަޔަތޭ ޝްވެކަށް އަންނަނީ

އަލްފާ އަދި ސަތުޔަމޭވާ ޖަޔަތޭ ޝްވެކަށް އަންނަނީ

By: Aishath Maaha

އިނގިރޭސި ހިސްޓޮރިކަލް ޑްރާމާ އެޑްވެންޗާ ފިލްމު އަލްފާ އަދި ހިންދީ ފިލްމު ސަތުޔަމޭވާ ޖަޔަތޭ ޝްވެކް ސިނަމާގައި އަޅުވަން ނިންމައިފި އެވެ. މި ދެ ފިލްމު އަޅުވާނީ އަންނަ ހުކުރު ދުވަހު އެވެ.

ޝްވެކުން ބުނީ މި ހަފުތާގެ ބުދަ ދުވަހުން ފެށިގެން ޝްވެކް ސިނަމާއިން ޓިކެޓް ލިބެން ހުންނާނެ ކަމަށެވެ.

ޑައިރެކްޓަރު އެލްބާޓު ޑައިރެކްޓްކުރާ އަލްފާ، އެމެރިކާގައި ވެސް ރިލީޒްކުރާނީ އަންނަ ހުކުރު ދުވަހު އެވެ. އެ ފިލްމުގެ ތަރިންގެ ތެރޭގައި ކޮޑީ-ސްމިޓް މެކްފީ، ޔޯހަންނެސް ހޯކާ އަދި ޖެންސް ހުލްޓެން ހިމެނެ އެވެ. އަލްފާ އެންމެ ފުރަތަމަ ރިލީޒްކުރަން ނިންމާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

ސަތުޔަމޭވާ ޖަޔަތޭ އަދި އެކްޝަން ތްރިލާ ފިލްމެކެވެ. މި ފިލްމު ރަސްމީކޮށް ރިލީޒްކުރާނީ މި ހަފުތާގެ ބުދަ ދުވަހު އެވެ. މިލާޕް މިލާން ޒަވޭރީ ޑައިރެކްޓްކުރާ އެ ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ޖޯން އަބްރަހަމް އެވެ. އިތުރު ތަރިންގެ ތެރޭގައި މަނޯޖް ބަޖްޕާއީ، އައިޝާ ޝަރްމާ، އަމްރުތާ ހާންވިލްކަރު، ޓޯޓާ ރޯއީ ޗައުދަރީ އަދި ޑޭވްޑައްޓާ ނާގޭ ފެނިގެންދާނެ އެވެ. ހާއްސަ ފެނިލުމެއްގައި ނޯރާ ފަތެހް ފެނިގެންދާނެ އެވެ.

މި ފިލްމުގެ ލަވަ ދިލްބަރް އަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

ޝްވެކް ސިނަމާ

Popular