15 Nov 2018

"ފެންޓާސްޓިކް ބީސްޓްސް: ދަ ކްރައިމްސް އޮފް ގްރިންޑަލްވާލްޓް" މިރޭ ޝުވެކަށް

"ފެންޓާސްޓިކް ބީސްޓްސް: ދަ ކްރައިމްސް އޮފް ގްރިންޑަލްވާލްޓް" މިރޭ ޝުވެކަށް

By: Ifraz Ali

ހެރީ ޕޮޓާގެ ފޭނުންނަށް މިރެއަކީ އުފާވެރި ރެއަކަށް ވާނެ އެވެ. ލައްކަ ދުވަހުގެ އިންތިޒާރަށް ފަހު "ފެންޓާސްޓިކް ބީސްޓްސް: ދަ ކްރައިމްސް އޮފް ގްރިންޑަލްވާލްޓް" މިރޭ ބަލާލަން ލިބޭނެ އެވެ. ޖޭކޭ ރޯލިންގެ ވާހަކައަށް، އޭނާ ސްކްރީންޕްލޭ ތައްޔާރުކޮށް ގެނެސްދޭ މި ފިލްމު މިރޭ ޝުވެކް ސިނަމާގައި ޕްރިމިއާކުރާނެ އެވެ.

މިއީ މި ފިލްމުގެ ދެ ވަނަ ބައެވެ. ފުރަތަމަ ފިލްމު ނިމުނުއިރު ފެނިގެންދިޔައީ މެކްޔޫއެސްއޭ (މެޖިކަލް ކޮންގްރެސް އޮފް ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ) އިން ޑާކް ވިޒާޑް ނުވަތަ ނުބައި ޖާދޫގަރު ގްރިންޑަލްވާލްޓް ހައްޔަރުކުރި ތަނެވެ. މި ފިލްމުގައި ގެނެސްދޭނީ ގްރިންޑަލްވާލްޓް ހައްޔަރުން ފިލާ އޭނާ ކޮޅަށް މީހުން އެއްކޮށް، އޮޅުވާލައިގެން އެމީހުން ލައްވާ ނުބައި ކަންކަންކުރުވާ ތަނެވެ.

ގްރިންޑަލްވާލްޓް ބޭނުންވާނީ ޖާދޫގެ އެއްވެސް ބާރެއް ނެތް މީހުންގެ މައްޗަށް އަނިޔާވެރިކަމާއެކު ބާރު ހިންގާށެވެ. ގްރިންޑަލްވާލްޓް ހައްޔަރުން ފިލުމުން އޭނާ ހޯދުމަށް ކުރާ މަސައްކަތް މި ފިލްމުގައި ދައްކުވައިދޭނެ އެވެ. ޕްރޮފެސާ ޑަންބަލްޑޯރު، ގްރިންޑަލްވާލްޓް ހޯދުމުގެ މަސައްކަތް ހަވާލުކުރާނީ އޭނާގެ ކުރީގެ ދަރިވަރު ނިއުޓް ސްކޭމެންޑާއާ އެވެ.

"ފެންޓާސްޓިކް ބީސްޓްސް: ދަ ކްރައިމްސް އޮފް ގްރިންޑަލްވާލްޓް" ގެ ޓްރެއިލާ.

ގްރިންޑަލްވާލްޓްގެ ރޯލުން ފެންނާނީ ޖޯނީ ޑެޕް އެވެ. ޕްރޮފެސާ ޑަންބަލްޑޯރުގެ ރޯލުން ޖޫޑް ލޯ ފެންނާނެއިރު، ނިއުޓް ސްކޭމެންޑާގެ ރޯލުން ފެންނާނީ އެޑީ ރެޑްމޭން އެވެ. ވޯނާ ބްރަދާސް ޕިކްޗާސްއިން ގެނެސްދޭ މި ފިލްމު ޑައިރެކްޓުކުރީ ޑޭވިޑް ޔައިޓްސް އެވެ.

ޝްވެކް ސިނަމާ

Popular