By: Ifraz Ali
އޮންލައިން ސްޓްރީމިން ސާވިސްތަކުގެ ވާދަވެރިކަން ދެން ވަރަށް ބޮޑުވާނެ އެވެ. މި ހިދުމަތް މިހާރު ވެސް ދެމުން އަންނަ ނެޓްފްލިކްސް އާއި އެމެޒޯން އަށް، ނޮވެމްބަރު މަހު 12 ގައި ނުކުންނަ ޑިޒްނީ ޕްލަސްގެ ބިރު ވެސް އޮތީ ބޮޑުވެފަ އެވެ. އެކަމަކު އިއްޔެ ބޭއްވި އެޕަލް އިވެންޓަށް ފަހު ނެޓްފްލިކްސް، އެމެޒޯން އަދި ޑިޒްނީ އަށް ވެސް ވަނީ ވާދަވެރިކަން ބޮޑުވެފަ އެވެ.
އެޕަލް އިން އެމީހުންގެ އޮންލައިން ސްޓްރީމިން ހިދުމަތް، އެޕަލް ޓީވީ ޕްލަސް އެ އިވެންޓުގައި ވަނީ ލޯންޗުކޮށްފަ އެވެ. އަންނަ ނޮވެމްބަރު މަހު އެކެއްގައި ލިބެން ފަށާނެ މި ހިދުމަތުގެ އަގު، ނެޓްފްލިކްސް، އެމެޒޯން އަދި ޑިޒްނީ ޕްލަސްއާ އަޅާބަލާއިރު، އަގު ކުޑަ އެވެ.
އެޕަލް ޓީވީ ޕްލަސް އަށް މަހަކު ދައްކަން ޖެހޭނީ 4.99 ޑޮލަރެވެ. ނެޓްފްލިކްސް އަށް މަހަކު ދައްކަން ޖެހެނީ 11.99 ޑޮލަރެވެ. ޑިޒްނީ ޕްލަސް އާއެކު ޑިޒްނީގެ އިތުރު ސްޓްރީމިން ސާވިސްތައް ކަމަށްވާ އީއެސްޕީއެން ޕްލަސް އަދި ހުލޫ އާ އެކު މަހަކު ދައްކަން ޖެހޭނީ 12.99 ޑޮލަރެވެ.
ޑިޒްނީ ޕްލަސްއާ ހިލާފަށް، މި ހިދުމަތް ހަމަ ދޫކޮށްލާ ދުވަހު، 100 އަށް ވުރެ ގިނަ ގައުމަކަށް ލިބޭނެ އެވެ. ޑިޒްނީން އެ ހިދުމަތް ފުރަތަމަ ދުވަހު ހުޅުވާލަނީ ދެތިން ގައުމަކަށެވެ. އަދި ދުނިޔޭގެ އެކި ހިސާބުތަކަށް އެ ހިދުމަތް ފޯރުކޮށްދިނުމަށް ދެ އަހަރެއްހާ ދުވަސް ނަގާނެ ކަމަށް އެމީހުން އޮތީ ބުނެފަ އެވެ. އެހެންވީމާ މިހާރު އެންމެ ގިނަ ގައުމުތަކުގައި ހިދުމަތް ދެމުން އަންނަ ނެޓްފްލިކްސްގެ އެންމެ ބޮޑު ވާދަވެރިއަކަށް މިވީ އެޕަލް އެވެ.
އެޕަލްގެ އިވެންޓަށް ފަހު، އެޕަލްގެ ކޮންމެ އާ ޕްރޮޓަކްޓެއް ގަންނަ މީހަކަށް، އެޕަލް ޓީވީ ޕްލަސްގެ ސަބްސްކްރިޕްޝަން އެއް އަހަރަށް ހިލޭ ދޭން ވެސް ވަނީ ނިންމައިފަ އެވެ.
އެޕަލް ޓީވީ އަށް އަންނަ އޮރިޖިނަލް ޝޯތައް
ޖޭސަން މޯމޯ އަދި އެލްފްރީ ވުޑާޑް ލީޑުން ފެންނަ މި ޝޯއަކީ އެންމެ ބޮޑު ބަޖެޓަކުން އެމީހުން މިފަހަރު ގެނެސްދޭ ޝޯ. މީގައި ދައްކާނީ މީގެ 600 އަހަރު ފަހުން ދުނިޔޭގައި ފެތުރޭ ބަލިމަޑުކަމެއްގެ ސަބަބުން ހުރިހާ އިންސާނުންގެ ލޯ އަނދިރިވުމުން ހިނގާ ކަންތައްތަކެއް.
ހޮލީވުޑްގެ ކުޅަދާނެ ދެ ބަތަލާއިން ކަމަށްވާ ޖެނިފާ އެނިސްޓެން އަދި ރީސް ވިދަސްޕޫން އެގްޒެކެޓީވް ޕްރޮޑިއުސްކޮށް އަދި އެ ދެމީހުން ލީޑުން ފެންނަ މި ޑްރާމާއަކީ އެމެރިކާގެ ޓީވީއަކުން ގެނެސްދޭ ހެނދުނުގެ ޝޯއެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ ކޮމެޑީ ޑްރާމާއެއް.
މިއީ ޑާކް ކޮމެޑީ އެކެވެ. މުޖުތަމަ އާއި އާއިލާގެ ތެރޭގައި ހުންނަ ތަފާތު ކުރުންތަކުން ސަލާމަތްވުމަށް އުޅޭ، ޅެންވެރިކަމަށް ލޯބިކުރާ ޒުވާން އަންހެން ކުއްޖެއް ވާހަކައެއް.
ކުޅަދާނަ ސްކްރީން ރައިޓަރު ޑޮނާލްޑް ޑީ މޫރޭގެ ސައިންސް ފިކްޝަނެކެވެ. މީގައި ދައްކާނީ ދުނިޔޭގެ ފިނި ހަނގުރާމައިގެ ދުވަސްވަރު ޖައްވަށް ދިއުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން ފެށި ވާދަވެރިކަން ނުނިމި، މިހާރު ވެސް އެކަން ކުރިއަށް ދާނަމަ ވެދާނެ ގޮތް.
އޮރިޖިނަލް އެހެން ޝޯތަކުގެ ތެރޭގައި؛