19 Oct 2019

މި ފޮޓޯގައި މަދީ މަރިޔަމް ނިޝާ އާއި ޖަމްޝީދާ

މި ފޮޓޯގައި މަދީ މަރިޔަމް ނިޝާ އާއި ޖަމްޝީދާ

By: Ifraz Ali

ބަތަލާ ނިއުމާ މުހައްމަދުގެ ރިހިޔޫބީލް ފާހަގަކުރަން ބޭއްވި ހަފުލާ އެންމެފަހުން މިވީ ދިވެހި ސިނާމާގެ ވަރަށް ތާރީހީ ރެއަކަށެވެ. ފިލްމީ އުދަރެހުގައި އެހާރާއި މިހާރު އެންމެ ގަދައަށް ވިދާލި ގިނަ ތަރިންތަކެއް އަހަރުތަކެއް ފަހު އެއްތަނަކުން ފެނިއްޖެ އެވެ. ހާއްސަކޮށް، ކުރީގެ މަޝްހޫރު އަންހެން ތަރިންނެވެ.

ކުރީގެ ތަރިންގެ ތެރެއިން އާރިފާ އިބްރާހިމް، އައިމިނަތު ވަހީދާ، ވަލީދާ ވަލީދު އަދި އައިޝަތު ޝިރާނީ އެވެ. އަދި މިހާރުގެ ތަރިންގެ ތެރެއިން ނިއުމާ، ޝީލާ ނަޖީބް އަދި އައިޝަތު ރިޝްމީ އެވެ. މި ހުރިހާ ތަރިން އެކުގައި ނަގާފައިވާ ފޮޓޯއަކަށް ވަނީ ސަމާލުކަން ލިބިފަ އެވެ.

ކުރީގެ ތަރިންގެ ތެރެއިން މަރިޔަމް ނިޝާ އާއި ޖަމްޝީދާ މުހައްމަދު ހުރި ނަމަ، މި ފޮޓޯ އަދި ވަރަށް ފުރިހަމަ ވާނެ އެވެ.

މި ފޮޓޯ އިންސްޓަގްރާމްގައި ޕޯސްޓުކުރުމަށް ފަހު ރިޝްމީ ބުނީ މި ލެޖެންޑަރީ ތަރިންނާއެކު ފޮޓޯއަކަށް ހުއްޓިލަން ފުރުސަތު ލިބުމަކީ އޭނާ އަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި ވަކިވަކިން ކޮންމެ ތަރިއަކަށް ރިޝްމީ ވަނީ ހާއްސަ މެސެޖެއް ވެސް ދީފަ އެވެ.

ވަލީދާ ސިފަކުރީ ދިވެހި ސިނަމާގެ "ޑާންސިން ޑީވާ" ގެ ގޮތުގަ އެވެ. ރިޝްމީ ބުނީ ނެށުމުގައި އޭނާގެ އެންމެ ބޮޑު އިންސްޕިރޭޝަނަކީ ވަލީދާ ކަމަށެވެ. އަދި އޭނާ ކުޑައިރު ވެސް ވަލީދާގެ ލަވަތަކަށް ނެށި ކަމަށެވެ.

"ޝިރާނީ އަކީ އަހަރެންގެ އަބަދު ވެސް އެންމެ ފޭވަރިޓް. އެންމެ ނެޗުރަލް އެކްޓިންއެއް ދައްކާ އަދި ފިލްމީ ދާއިރާގައި އެންމެ ކާމިޔާބު އެއް އެކްޓްރެސް،" ރިޝްމީ ބުންޏެވެ.

ރިޝްމީ ބުނީ އޭނާގެ އެންމެ ބޮޑު އިންސްޕިރޭޝަނަކީ އޭނާގެ މަންމަ އައިންތު ކަމަށެވެ. އަދި އާރިފާ އަކީ އެ މީހަކާ ނުލާ ދިވެހި ފިލްމީ ދާއިރާ މިހާ ހިސާބަށް ނާންނާނެ ތަރިއެއް ކަމަށެވެ.

"އަހަރެން ދެކޭ ގޮތުގައި މިހާރު ދިވެހި ފިލްމީ ދާއިރާގައި އެންމެ ތަފާތު ރޯލުތައް ކުޅެވޭ އެކްޓްރެސްއަކީ ޝީލާ. ކޮންމެ ރޯލެއް ވެސް ވަރަށް މޮޅަށް އޭނާ ކުޅޭ،" ރިޝްމީ އަކީ އެންމެ ކުރިންސުރެ ވެސް ޝީލާގެ ބޮޑު ފޭނެއް ކަމަށް ބުންޏެވެ.

އޭނާ ދެކޭގޮތުގައި މިހާރު ދިވެހި ފިލްމީ ދާއިރާގެ ރާނީ އަކީ ނިއުމާ އެވެ. އަދި ނިއުމާ އަކީ ހުރިހާ ގޮތަކުން ވެސް "ބެސްޓް" ކަމަށް ރިޝްމީގެ ޕޯސްޓުގައި ލިޔެފައި އޮތެވެ.

ދިވެހި ފިލްމް އިންޑަސްޓްރީ ނިއުމާ މުހައްމަދު އައިޝަތު ރިޝްމީ އައިޝަތު ޝިރާނީ

Popular