1 Dec 2019

ބޭބީ ޔޯޑާ ދެކެ އެންމެން ލޯބިވެއްޖެ

ބޭބީ ޔޯޑާ ދެކެ އެންމެން ލޯބިވެއްޖެ

By: Ifraz Ali

ސްޓާ ވޯޒްގެ ސްޕިން އޮފް ސީރީޒް "ދި މެންޑަލޯރިއަން" އާ ފޭނުން ވަރަށް ގަޔާވެއްޖެ އެވެ. ޑިޒްނީ ޕްލަސް އިން ބޮޑު ބަޖެޓެއް ދީގެން ތައްޔާރުކުރި މި ސީރީޒްގެ ހުރިހާ ވެސް ވިދުމަކީ މިފަހަރު މިއިން ފެންނަ "ބޭބީ ޔޯޑާ" އެވެ.

އެންމެނަށް ވެސް "ބޭބީ ޔޯޑާ" ވަރަށް "ކިއުޓް" ވެއްޖެ އެވެ.

ބޭބީ ޔޯޑާ އަކީ ކާކު؟

ބޭބީ ޔޯޑާ އަކީ ސީދާ ކާކުކަން އަދި މިހާތަނަށް ނިކުތް މި ސީރީޒްގެ ހަތަރު އެޕިސޯޑަކުން ނޭނގެ އެވެ. އެކަމަކު ބައިވަރު ފޭން ތިއަރީސްތައް މިހާރު ވެސް އެބަ ދައުރުވެ އެވެ. އެންމެ ގިނަ ފޭނުން އެއްބަސްވާ ތިއަރީ އަކީ މިއީ ޔޯޑާ އާއި ޔެޑިލްގެ ދަރިފުޅު ކަމަށެވެ.

މި ތިއަރީގައި ބުނާ ގޮތުން ބޭބީ ޔޯޑާ އަށް 50 އަހަރު ވެއްޖެ އެވެ. -- ބޭބީ ޔޯޑާ އަކީ އަސްލު ބޭބީއެއް ނޫނެވެ. ފޭނުން އެހެން ކިޔަނީ އެވެ. މި ސީރީޒްގައި އޭނާއަށް ކިޔަނީ "ދި ޗައިލްޑް" އެވެ.

ބޭބީ ޔޯޑާ

ބޮޑު ޔޯޑާ ވީ މަރުވެފަ އެވެ. އެއީ ސްޓާ ވޯޒްގެ އެޕިސޯޑް "ރިޓާން އޮފް ދި ޖެޑައި" ގަ އެވެ. އޭނާ މަރުވިއިރު އުމުރަކީ 900 އަހަރެވެ.

މި ސީރީޒްގައި މިހާރު ދައްކަނީ ބޭބީ ޔޯޑާ ހުރި ތަނަކުން ހޯދައިގެން ރަހީނުކޮށްގެން ގެންނަ ހަވާލުކުރާ މެންޑަލޯރިއަންއަކާއި ބޭބީ ޔޯޑާގެ ދެމެދުގައި ހިނގާ ކަންތައްތަކެވެ. އެ ދެމީހުންގެ މެދުގައި އުފެދޭ ހާއްސަ ގުޅުމެއްގެ ސަބަބުން ބޭބީ ޔޯޑާ ހިމާޔަތްކުރުމަށް މެންޑަލޯރިއަން ކުރާ ކަންކަމެވެ.

ބޭބީ ޔޯޑާ ވާސަސް. ބޭބީ ގްރޫޓް

މިހާރު މީގެ ތެރެއިން އިތުރު ބަހުސެއް ވެސް ފެށިއްޖެ އެވެ. މާވެލްގެ "ގާޑިއަން އޮފް ދި ގެލެކްސީން" ގިނަ ބައެއްގެ ލޯބި ހޯދި ބޭބީ ގްރޫޓް އަށް ވުރެ، ބޭބީ ޔޯޑާ މާ "ލޯބި" ކަމަށް މީހުން ބުނަން ފެށީ އެވެ. އޭރު ބޭބީ ގްރޫޓަށް މީހުން ސަމާލުކަން ބޭބީ ޔޯޑާ އަށް ވެސް އެބަ ލިބެ އެވެ.

ޑިޒްނީ ސްޓާ ވޯސް

Popular