1 Dec 2019

By: Ifraz Ali

ޖުމައްޔިލް ނިމާލާއި މަރިޔަމް މަޖުދާ އަކީ ދިވެހި ސިނަމާގެ މި ޖީލުގެ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ނިއުމާ މުހައްމަދު ކަމަށް އެއް ބަޔަކު ނިންމައި، ތައްގަނޑުޖެހިތާ ފަސް ވަރަކަށް އަހަރު ވެއްޖެ އެވެ. މި ދެމީހުންގެ އޮން-ސްކްރީން ކެމިސްޓްރީ އެހާ ވެސް ދިމާވެ އެވެ.

މި ދެމީހުންގެ ކެމިސްޓްރީ މިފަހަރު ފެންނާނީ ސިންގަޕޫރްގެ "މަގުތަކުންނެވެ".

ޑާކްރެއިން އެންޓަޓެއިންމަންޓްގެ ތިން ފިލްމެއް އެކުގައި ކުޅުމަށް ފަހު، މިހާރު އެމީހުންނާ އެކު އިތުރު ފިލްމެއްގެ މަސައްކަތް މި ޖޯޑު އަންނަނީ ކުރަމުންނެވެ. އެއީ މި ނިމުނު ނޮވެމްބަރު މަހު ސިންގަޕޫރްގައި ޝޫޓިން ފެށި "ނޮވެމްބަރ" އެވެ. މި ވެސް ލޯބީގެ ފިލްމެކެވެ.

ޝޫޓިންގެ މަންޒަރުތައް ގަވާއިދުން ޑާކްރެއިންގެ ސޯޝަލް މީޑިއާ ޕޭޖުތަކުން ފެނެ އެވެ. މި ފޮޓޯތައް ބަލައިފައި ވެސް މި ޖޯޑަށް ހިތްދޫވެފައި ތިބި ފޭނުން ކެއްމަދުވާނެކަން ޔަގީނެވެ.

View this post on Instagram

A post shared by Darkrainentertainment (@darkrainentertainment) on

ފިލްމުގެ ކާސްޓާއި ކްރޫ ސިންގަޕޫރް އެއާޕޯޓްގައި. މިއީ އެމީހުން ޝޫޓިން އަށް ފުރި ދުވަސް. ޖުމައްޔިލް އާއި މަޖުދާ އެކު އެ ފެންނަނީ ފިލްމުގެ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) އާއި ކެމެރާމަން އަހްމަދު ޝިނާން.
View this post on Instagram

A post shared by Darkrainentertainment (@darkrainentertainment) on

ފިލްމުގެ ކްރޫ ސިންގަޕޫރުގައި. ޖުމައްޔިލްއާ މަޖުދާގެ އިތުރުން ފިލްމުގެ ޑައިރެކްޓަރު ޗިއްޕެ، ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) އަދި މޭކަޕް އާޓިސްޓް ސޭންޑީ، މި ފޮޓޯގައި އެބަ ތިބި. މި ފިލްމުގައި ހާއްސަ ފެނިލުމަކުން ފެންނާނެ ކުރީގެ ފިލްމީ ތަރި އިސްމާއިލް ވަޖީހު ވެސް އެބަހުރި.
View this post on Instagram

@darkrainentertainment #November

A post shared by Darkrainentertainment (@darkrainentertainment) on

ސިންގަޕޫރަށް ދާ ޓޫރިސްޓުންގެ މެދުގައި ވަރަށް މަގުބޫލު ތަނެއް ކަމަށްވާ ސިންގަޕޯ ރިވާ ކްރޫސްގައި ފިލްމުގެ މަންޒަރެއް ނަގަން ޖުމައްޔިލްއާ މަޖުދާ ހިނގާލައިފައި އަންނަނީ.
View this post on Instagram

A post shared by Darkrainentertainment (@darkrainentertainment) on

ފިލްމުގެ މަންޒަރުތަކެއް ސިންގަޕޫރްގެ ޗައިނާ ޓައުންގައި ނަގަނީ. މިއީ މިއަދު ނަގާފައިވާ މަންޒަރުތަކެއް.
View this post on Instagram

A post shared by Darkrainentertainment (@darkrainentertainment) on

ފިލްމުގެ ޝޫޓިންއަކަށް ފަހު ޖުމައްޔިލް އާއި މަޖުދާ އަދި ޑައިރެކްޓަރު ޗިއްޕެ ފޮޓޯއަކަށް މަޑުކޮށްލައިގެން.

އިސްމާއިލް ވަޖީހު އާއި އޭނާގެ ދަރިފުޅު ވެސް މި ފިލްމުގައި

މީގެ ކުރިން ވެސް ޑާކްރެއިންގެ ދެ ފިލްމަކުން ވެސް ހާއްސަ ފެނިލުމަކުން ވަޖީހު ފެނުނެވެ. އެއީ އެމީހުންގެ ކޮމެޑީ "މާމުއި" އަދި ރޮމޭންޓިކް ކޮމެޑީ "މިއީ ލޯތްބަކީ" އިންނެވެ. މިފަހަރު މި ފިލްމުގައި ވަޖީހާ އެކު އޭނާގެ ފިރިހެން ދަރިފުޅު ތަރީޝް އިސްމާއިލް ވެސް ފެންނާނެ އެވެ.

View this post on Instagram

A post shared by Darkrainentertainment (@darkrainentertainment) on

ޖުމައްޔިލް އަދި މަޖުދާއާއެކު ވަޖީހުގެ ދަރިފުޅު ތަރީޝް. އަދި ސިންގަޕޫރްގެ އެކްޓްރެސް ޝެރޮން. މި ދެމީހުން ވެސް މި ފިލްމުން ފެންނާނެ.
View this post on Instagram

A post shared by Darkrainentertainment (@darkrainentertainment) on

ޖުމައްޔިލް އާއި މަޖުދާއާ އެކު ކުރީގެ ފިލްމީ ތަރި އިސްމާއިލް ވަޖީހް ފިލްމު ޝޫޓިންގައި. މިއީ ޝޫޓިންގެ ތިން ވަނަ ދުވަސް.

ހާއްސަ ފެނިލުންތަކުން އަދިވެސް އިތުރު މީހުން

ސިންގަޕޫރްގައި މަންޒަރުތައް ނަގަން ފެށުމުގެ ކުރިން މާލެ އާއި ލ. އަތޮޅު އަދި ކ. ތުލުސްދޫގައި ވެސް މި ފިލްމުގެ މަންޒަރުތަކެއް ނެގި އެވެ. އެ ޝޫޓިންތަކުން ވެސް މި ފިލްމުގައި ހާއްސަ ފެނިލުންތަކުން ފެންނާނެ ބައެއް މީހުން ވަނީ ފެނިފަ އެވެ.

އޭގެ ތެރޭގައި ލަވަކިޔުންތެރިޔާ މޭނާ ހައްސާނާއި ޝަލަބީ އިބްރާހިމާއި ދިވެހި ބަހުގެ އުސްތާޒް އަބްދުﷲ ސޯދިގް (ސޯދުބެ) ގެ އިތުރުން ޓީވީ ހޯސްޓް މޫސާ ވަސީމް ވެސް ހިމެނެ އެވެ.

View this post on Instagram

A post shared by Darkrainentertainment (@darkrainentertainment) on

ދިވެހި ބަހުގެ އުސްތާޒް އަބްދުﷲ ސޯދިގް (ސޯދުބެ) އާއެކު ފިލްމުގެ ޑައިރެކްޓަރު ޗިއްޕެ، ޕްރޮޑިއުސަރު މޮގާ، ވާހަކަ އަދި ސްކްރީންޕްލޭ ލިޔުނު އައިޝަތު ފުއާދު ތައުފީގް އަދި މޫސާ ވަސީމް.
View this post on Instagram

A post shared by Darkrainentertainment (@darkrainentertainment) on

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ފިލްމުގެ މަންޒަރުތައް ނެގި ދުވަހު ޖުމައްޔިލް އާއި މަޖުދާއާ އެކު ޝަލަބީ. ޝަލަބީ ވެސް މި ފިލްމުގައި ހާއްސަ ފެނިލުމަކުން ފެންނާނެ.
View this post on Instagram

A post shared by Darkrainentertainment (@darkrainentertainment) on

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ފިލްމުގެ މަންޒަރުތައް ނެގި ދުވަހު މަޖުދާއާ އެކު މޭނާ ހައްސާން. މޭނާ ހައްސާން ވެސް މި ފިލްމުގައި ހާއްސަ ފެނިލުމަކުން ފެންނާނެ.
View this post on Instagram

A post shared by Darkrainentertainment (@darkrainentertainment) on

ފިލްމުގެ ކާސްޓާ ކްރޫ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މަންޒަރުތަކެއް ނެގި ދުވަހު. ފިލްމުގައި ހާއްސަ ފެނިލުންތަކުން ފެންނާނެ މޫސާ ވަސީމް އާއި ޝަލަބީ އިބްރާހިމް އަދި މޭނާ ހައްސާން ވެސް މި ފޮޓޯގައި އެބަ ތިބި.

މިއީ ސިންގަޕޫރްގައި ޝޫޓްކުރާ ދެ ވަނަ ދިވެހި ފިލްމެވެ. ކުރިން ޝޫޓްކުރީ މީގެ އަހަރުތަކެއް ކުރިން ފަރިވާ ސްޓޫޑިއޯ އިން ގެނެސްދިން ފިލްމު "ދެ ފިރި" އެވެ. "ނޮވެމްބާ" ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. ފިލްމު ގެނެސްދޭ ތައްޔާރު ވަނީ އަންނަ އަހަރަށެވެ.

ދިވެހި ފިލްމް ޑާކް ރެއިން އެންޓަޓެއިންމެންޓް

Popular