12 Jul 2020

ވިލް ސްމިތުގެ އަންހެނުން ހޫނު ފެނަށް ވެއްޓިއްޖެ

އޯގަސްޓް އަލްސީނާ ބުނެފައި ވަނީ އޭނާ އާއި ޖެޑާގެ ދެމެދުގައި އޮތް "ގުޅުން" ވިލްއަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށާއި އެ ގުޅުން ބޭއްވީ ވެސް ވިލް ސްމިތުގެ ހުއްދައާ އެކު ކަމަށް

އޯގަސްޓް އަލްސީނާ ބުނެފައި ވަނީ އޭނާ އާއި ޖެޑާގެ ދެމެދުގައި އޮތް "ގުޅުން" ވިލްއަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށާއި އެ ގުޅުން ބޭއްވީ ވެސް ވިލް ސްމިތުގެ ހުއްދައާ އެކު ކަމަށް

By: Ifraz Ali

ހޮލީވުޑްގެ ހަފުތާގެ އެންމެ ބޮޑު ޚަބަރަކީ މި އެވެ؛ އެމެރިކާގެ އެކްޓަރު ވިލް ސްމިތުގެ އަންހެނުން، އެކްޓްރެސް ޖެޑާ ޕިންކެޓް ސްމިތު ކައިވެނިން ބޭރުން އެހެން ފިރިހެނަކާ ގުޅުމެއް ބޭއްވި ކަމަށް އެއްބަސްވެ، އޭނާގެ ފޭސްބުކް ޗެޓް ޝޯ "ރެޑް ޑޭބަލް ޓޯކް" ގައި ދެއްކި ވާހަކަތަކާ ގުޅިގެން ފޭނުން ރަތަށް އަރައި، އޭނާ ހޫނު ފެނަށް ވައްޓާލައިފި އެވެ. މި އެފެއާއެއް ޖެޑާ ހިންގާފައި ވަނީ އޭނާ އަށް ވުރެ 21 އަހަރު ހަގު، އެމެރިކާގެ ލަވަކިޔުންތެރިޔެއް ކަމަށްވާ އޯގަސްޓް އަލްސިނާއާ އެކު އެވެ. އެއީ މީގެ ފަސް ވަރަކަށް އަހަރު ކުރިންނެވެ.

ޖެޑާ މިކަމަށް އެއްބަސްވީ ވެސް ވިލްއާ އެކު ގެނެސްދިން މި ޝޯގެ އެންމެ ފަހުގެ އެޕިސޯޑުގައި ވާހަކަދައްކަމުންނެވެ. އެ ގުޅުން ހިނގި ކަމަށް ޖެޑާ ބުނީ ވިލް އާއި އޭނާއާ ދެމެދު މައްސަލައެއް ޖެހި، ދެމީހުން ދުރުގައި ތިބި ދުވަސްވަރެއްގައި ކަމަށެވެ.

ވިލް އާއި ޖެޑާ ކައިވެނި ކުރީ 1997 ވަނަ އަހަރު އެވެ. އެމީހުންގެ ކައިވެންޏަށް ދެ ކުދިން ލިބި އެ ކުދިންތައް ވަނީ ބޮޑެތިވެފައެވެ. މި ޝޯގައި ވާހަކަދައްކަމުން އެ ދެ ތަރިން ބުނެފައި ވަނީ ކުރިން ޖެހުނު މައްސަލަ ހައްލުކޮށް، އެ ދެމީހުން އަލުން މިހާރު ގުޅިފައިވާ ކަމަށެވެ. އަދި މައްސަލަތަކެއް ޖެހުނު ނަމަވެސް، އެ ދެމަފިރިން އެއް އިރެއްގައި ވެސް ވަރިއަކާ ހަމައަށް ގޮސްފައެއް ނުވެ އެވެ.

ވިލްގެ ދެމަފިރިން ބުނީ މި ޝޯގައި ޖެޑާގެ އެ "ނަހަމަ ގުޅުމުގެ" ވާހަކަތައް ދައްކަން ނިންމީ، ރެޕް ލަވަކިޔުންތެރިޔާ އަލްސިނާ، މިފަހުން ރޭޑިއޯ ޝޯއެއް ކަމަށްވާ "ދި ބްރެކްފާސްޓް ކްލަބް" އަށް ދިން އިންޓަވިއުއެއްގައި ދެއްކި ބައެއް ވާހަކަތަކާ ގުޅިގެން ބައެއް މީޑިއާތަކުން އޮޅުން އަރާ ގޮތަށް ޚަބަރު ފަތުރަމުންދާތީ އެކަމުގެ ހަގީގަތް ހާމަކުރުމަށްޓަކައި ކަމަށެވެ.

އަލްސީނާ ބުނެފައި ވަނީ އޭނާ އާއި ޖެޑާގެ ދެމެދުގައި އޮތް "ގުޅުން" ވިލްއަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށާއި އެ ގުޅުން ބޭއްވީ ވެސް ވިލްގެ ހުއްދައާ އެކު ކަމަށެވެ.

"މި ކަހަލަ ހާލަތެއްގައި މި ކަހަލަ ކަމެއް ކުރަން ހުއްދަ ދެވޭނީ ހަމައެކަނި އަހަރެންނަށް،" އެ ގުޅުން ބޭއްވީ ވިލްގެ ހުއްދައާ އެކު ކަމަށް ބުނުމަކީ ގޯހެއް ކަމަށާއި ނަމަވެސް އަލްސީނާ އެހެން އެ ބުނީ އެ ގުޅުން ބޭއްވި ދުވަސްވަރު އޭނާ އާއި ވިލްއާ ދެމެދު މައްސަލަ ޖެހި ދެމީހުން ވަކިވެގެން އުޅުނީމަ އަލްސީނާ އަށް ހީވި ގޮތް ކަމަށް ވެދާނެތީ ކަމަށް އެ ޝޯގައި ވިލްއާ ވާހަކަދައްކަމުން ޖެޑާ ބުންޏެވެ.

އޭރު ޖެހުނު މައްސަލަ ހައްލުކޮށް މިހާރު ދެމީހުން އުޅެމުން އަންނަނީ ވަރަށް އުފަލުގައި ކަމަށް ވެސް ޖެޑާ ބުންޏެވެ. އެކަމަކު ޖެޑާ ކަންތައް ކުރި ގޮތުންނާއި އަދި ޖެޑާ އޭނާގެ "ބޮޑު" ކުށް ދިފާއުކޮށް ވާހަކަދެއްކި ގޮތުން ފޭނުން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ. ސޯޝަލް މީޑިއާގައި ޖެޑާއަށް ފާޑުކިޔުންތައް ދަނީ އޮހެމުންނެވެ.

ހޮލީވުޑް

Popular