4 Aug 2020

By: Ifraz Ali

ކޮރޯނާވައިރަސްގެ ނުރައްކާ އިތުރަށް ބޮޑުވެ، ރާއްޖޭގައި މި ބަލި ޖެހޭ މީހުންގެ އަދަދު ލޮކްޑައުންގެ ދުވަސްވަރަށް ވުރެ ވެސް މިހާރު ވަނީ އިތުރުވެފަ އެވެ. ޒަރޫރީ ކަމަކު ނޫނީ ބޭރަށް ނުގޮސް، އަމިއްލަ ލޮކްޑައުނެއްގައި ގޭގައި ތިބުން މިހާރު ވަރަށް ބުއްދިވެރި އެވެ. ގިނައިރު ގޭގައި ތިބެން ޖެހުނަސް ފޫހިފިލުވޭނެ ތަފާތު ގޮތްތައް، ގާތްގަނޑަކަށް ތިން މަސް ދުވަހަށް ދެމިގެންދިޔަ ލޮކްޑައުން ތެޜޭގައި އަހަރެމެން ދަސްކުރީމެވެ. މި ބަލި ހަމައަކަށް އެޅެންދެން އެކަން އާދައަކަށް ހަދަން ހިނގާށެވެ. -- އެގޮތުން ކުރެވޭނެ އެއް ކަމަކީ ފިލްމާއި ސީރީޒްތައް ބަލައިލުމެވެ. ސިނަމާތައް ބަންދުކޮށްފައި އޮތް ނަމަވެސް، ކޮންމެ ދުވަހަކު ވެސް ސްޓްރީމިން ޕްލެޓްފޯމްތަކުން އާ ފިލްމާއި ސީރީޒްތައް އަންނަނީ ދޫކޮށްލަމުންނެވެ.

އެންމެ ފަހުން ބެލި، އަލަށް ނިކުތް ފިލްމުތަކުގެ ތެރެއިން އެންމެ ރީތި ކަމަށް ފާހަގަވި ބައެއް ފިލްމުތަކުގެ ޓްރެއިލާ ލިސްޓެއް މިއޮތީ އެވެ؛ ސީރީޒްތަކުގެ ލިސްޓެއް މާދަމާ ދޭނަމެވެ.

ބޭޑް ބޯއީސް ފޯ ލައިފް

"ބޭޑް ބޯއީސް ފޯ ލައިފް" ގެ ޓްރެއިލާ / މި އެކްޝަން ކޮމެޑީ ނެޓްފްލިކްސް އިން ސްޓްރީމް ކުރެވޭނެ.

ދި ވޭ ބެކް

"ދި ވޭ ބެކް" ގެ ޓްރެއިލާ / މި ސްޕޯޓް ޑްރާމާ ސްޓްރީމް ކުރެވޭނީ އެމެޒަން އިން.

ރާތު އަކޭލީ ހޭ

"ރާތު އަކޭލީ ހޭ" ޓްރެއިލާ / މި މާޑާ މިސްޓްރީ ނެޓްފްލިކްސް އިން ބެލޭނެ.

ޝާލީ

"ޝާލީ" ޓްރެއިލާ / އެލިޒެބަތު މޮސް އުޅޭ ތުރިލާ ބެލޭނީ ހުލޫ އިން.

ފަސްޓް ކައު

"ފަސްޓް ކައު" ގެ ޓްރެއިލާ / އެމެޒަން އިން ބެލޭނެ

ނެވާ ރެއަލީ ސަމްޓައިމްސް އޯލްވޭސް

"ނެވާ ރެއަލީ ސަމްޓައިމްސް އޯލްވޭސްގެ ޓްރެއިލާ" ގެ ޓްރެއިލާ / އެމެޒަން އިން ބެލޭނެ

ޔާރާ

"ޔާރާ" ގެ ޓްރެއިލާ / މި ކްރައިމް ޑްރާމާ އަކީ ޒީފައިވްގެ އޮރިޖިނަލްއެއް.
އެމޭޒަން ޓީވީ ސިލްސިލާ ފިލްމު

Popular