29 Nov 2020

ރޫމީ އާއި ޖަންނަތުގެ އެނގެން ހުރި ވާހަކަތައް

ޝެފެއްގެ ރޯލު ކުޅޭ ފުބޫ އަކީ ރޫމީ އަދި ފަޔާ ފައިޓަރެއްގެ ރޯލު ކުޅޭ މަޖޫއަކީ ޖަންނަތު

ޝެފެއްގެ ރޯލު ކުޅޭ ފުބޫ އަކީ ރޫމީ އަދި ފަޔާ ފައިޓަރެއްގެ ރޯލު ކުޅޭ މަޖޫއަކީ ޖަންނަތު

By: Ifraz Ali

އެކި ރަހައިގެ ކޮމެޑީ ފިލްމުތަކަށް ފަހު، ޑާކްރެއިން އެންޓަޓެއިންމަންޓުން މިހާރު މަސައްކަތް ފަށައިފައި ވަނީ މަޖާ ސީރީޒެއް ގެނެސްދިނުމަށެވެ. އެ މީހުންގެ ފުރަތަމަ ސިޓްކޮމް އެވެ. އަދި ރާއްޖޭގެ ދެ ވަނަ ސިޓްކޮމް ސީރީޒެވެ. މަރިޔަމް މަޖުދާ (މަޖޫ) އަދި އަބްދުﷲ ޝަފީއު (ފުބޫ) ލީޑު ކުޅޭ މި "ލައިޓް ހާޓެޑް" ސިޓްކޮމްގެ ޝޫޓިން ފަށައިގެން ކުރިއަށްދާތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ.

ފުބޫ އަކީ ރޫމީ އަދި މަޖޫ އަކީ ޖަންނަތެވެ.

View this post on Instagram

A post shared by Darkrainentertainment (@darkrainentertainment)

މި ސިޓްކޮމްގެ ޝޫޓިން ފަށައިގެން މިއަދާ ހަމައަށް މަސައްކަތް ކުރިއަށް ދިޔަ ގޮތުގެ ފޮޓޯތަކާއި ވީޑިއޯތައް އަދި އެހެން ބައެއް ޕޯސްޓުތައް ޑާކްރެއިންގެ އިންސްޓަގްރާމުން ފެންނަން އެބަހުއްޓެވެ. އެ ފީޑު ހާވާލައިގެން އަހަރެމެން މި އެއްކުރީ މި ސިޓްކޮމްއާ ބެހޭގޮތުން މިހާތަނަށް އެނގޭ ހުރިހާ މައުލޫމާތެކެވެ.

މިއީ ކިހިނެއްވާ ސިޓްކޮމްއެއް؟

ޑާކްރެއިން ކޮށްފައިވާ ޕޯސްޓެއް ބުނެފައި ވަނީ "ރޫމީ އާ ޖަންނަތު" އަކީ އާންމުކޮށް މުޖުތަމައު ގަބޫލުކުރާ ބޯދާ ވިސްނުންތަކާއި އަދި ވަކި ޖިންސަކަށް ނިސްބަތްވާތީ ނުވާނެ، ނުކުރެވޭނެ ކަންކަން ފާހަގަކޮށް، ބޭނުން ނަމަ ކޮންމެ ޖިންސެއްގެ މީހަކަށް ވެސް އެ ކަންކަން ކުރެވިދާނެ ކަން، މަޖާ އަދި ރަނގަޅު ގޮތަކަށް ދައްކައިދީ، މެސެޖުތަކެއް ދޭނެ ސިޓްކޮމްއެކެވެ.

View this post on Instagram

A post shared by Darkrainentertainment (@darkrainentertainment)

"ޑާކްރެއިން އިން ބޭނުންވަނީ އެކި ދާއިރާތަކުގައި މަސައްކަތްކުރާ އަންހެނުން ބާރުވެރިކުރުމަށް. އެއީ ޓީޗަރުން، ލޯޔަރުން، ގޭގައި ތިބޭ އަންހެނުން އަދި މިލިޓަރީގައި މަސައްކަތްކުރާ މީހުން ކަމުގައިވީ ނަމަވެސް، ފިރިހެނުންނެކޭ އެއްގޮތަށް އަންހެނުންނަށް ވެސް އެ ކަހަލަ ދާއިރާތަކުގައި ކުރިއަށް ދިއުމަށް ހިތްވަރުދިނުން،" އެ ޕޯސްޓުގައި ލިޔެފައިވެ އެވެ.

މި ސިޓްކޮމްގައި މަޖޫ ކުޅެނީ އެމްއެންޑީއެފްގައި މަސައްކަތްކުރާ ފަޔާ ފައިޓަރެއްގެ ރޯލެވެ. އަދި ފުބޫ ކުޅެނީ ޝެފެއްގެ ރޯލެވެ.

View this post on Instagram

A post shared by Darkrainentertainment (@darkrainentertainment)

ސްޓާ ކާސްޓެއް

އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓުކުރާ މި ސިޓްކޮމްގެ ކާސްޓަށް ބަލާ ނަމަ، ތިބީ ވަރަށް މަޝްހޫރު ތަރިންނެވެ. މަޖޫ އާއި ފުބޫގެ އިތުރުން ރޯނު ހަސަން މަނިކް، ޝީލާ ނަޖީބް، އަހްމަދު ސައީދު، މުހައްމަދު ފައިސަލް އަދި ޑާކްރެއިންގެ ކޮމެޑީތަކުން ކުރިން ފެނުނު އެކްޓަރުން ކަމަށްވާ، މާރިއާ ތުރެސާ އަދި އާދަމް ރިޒްވީ އެވެ. މި ހުރިހާ ތަރިން ވެސް ވަނީ މީގެ ކުރިން ކޮމެޑީ ރޯލުތަކުން ފެނިފަ އެވެ.

އައިޝަތު ފުއާދު ތައުފީގް އާއި އަހްމަދު ތޮލާލްގެ ވާހަކައަކަށް ގެނެސްދޭ މި ސިޓްކޮމްއަކީ މީޑިއާނެޓްގެ އޮރިޖިނަލްއެކެވެ.

View this post on Instagram

A post shared by Darkrainentertainment (@darkrainentertainment)

މަޖޫގެ ރޯލު ހާއްސަވާ ސަބަބު

ފަޔާ ފައިޓަރެއްގެ ރޯލު މި ސިޓްކޮމްގައި މަޖޫ ކުޅެނީ އަސްލު އެމްއެންޑީއެފްގެ ޔުނީފޯމްގައި އަދި އެ އިދާރާގެ ބެލުންތެރިކަމުގެ ދަށުން، ހުއްދަ ލިބިގެން ކަމަށް ވެސް ވެ އެވެ. މީގެ ކުރިން އާންމުކޮށް ލޯބީގެ ރޯލުތައް ކުޅުނު މަޖޫއަށް މިއީ ފަހަރެއްގައި ވަރަށް ޗެލެންޖިން ރޯލަކަށްވުން އެކަށީގެންވެ އެވެ.

View this post on Instagram

A post shared by Darkrainentertainment (@darkrainentertainment)

ޑާކްރެއިންގެ ޕޯސްޓުގައި ބުނާގޮތުން ޖަންނަތުގެ ކެރެކްޓާ ފައްކާކޮށްފައި ވަނީ އެންއެންޑީއެޕްގެ ކެރުންތެރިކަމާއި ހިތްވަރަށް ސާބަސްދިނުމުގެ ގޮތުންނާއި އަދި ޖިންސުގެ ހަމަހަމަކަމާއި އަދި އަންހެނުން ބާރުވެރިކުރުމަށް ކުރާ މަސައްކަތްތައް ބަލައިގަތުމުގެ ގޮތުންނެވެ.

"ޖަންނަތުގެ ރޯލަށް އަސްލު އެމްއެންޑީއެފް މީހެއްގެ ސިފަ ގެނެސްދިނުމަށްޓަކައި އެ އިދާރާގެ ފަރާތުން ލިބުނު އެހީތެރިކަން ވެސް ފާހަގަކޮށްލެވޭ،" އެމްއެންޑީއެފްއަށް ޝުކުރުއަދާކޮށް ލިޔެފައިވެ އެވެ.

ދިވެހި ފިލްމް އިންޑަސްޓްރީ ޑާކް ރެއިން އެންޓަޓެއިންމެންޓް

Popular