13 Oct 2021

By: Ahmed Jaishan

މި ދުވަސްވަރު ހުރިހާ ދިވެހިން ވެސް ދައްކާނީ ފުޓްބޯޅަ ވާހަކަ އެވެ. ރާއްޖޭގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގެ ފޯރި ގަދަވެ ގައުމީވަންތަކަމުގެ ޖޯޝް އިތުރުކޮށްދޭ އެއް ކަމަކީ މިއުޒިކެވެ. މެޗުތައް ރާއްޖޭގައި ކުޅޭތީ މިފަހަރު ފޯރި އިތުރުކޮށްލަން އަޑުއަހާލެވޭނެ ގިނަ ލަވަތައް އެބަހުއްޓެވެ.

ރާއްޖެ ކުޅޭ މެޗުތައް ބަލަން ދިވެހިން އެތައް ގަޑިއިރެއް ވަންދެން ޓިކެޓު ގަންނަން ކިޔޫގައި ތިބެނީ ވަރަށް ކެތްމަދު ވެފަ އެވެ. މިފަހަރު ސާފް ޗެމްޕިއަންޝިޕް އާ ދިމާކޮށް ގިނަ ލަވަތަކެއް ވަނީ ނެރެފަ އެވެ. މިއ އޭގެ ކުޑަ ޕްލޭލިސްޓެކެވެ.

1. އޯ ވަޒަން (ކަވާ) – އައިޝަތު ޖުނީ

މިއީ މުޅި ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން ވެސް މިއަހަރު އެންމެ މަގުބޫލުވި ލަވައަށް ވުން އެކަށީގެންވެ އެވެ. ދިވެހިން ލޯބިކުރާ "އޯ ވަޒަން" ލަވައިގެ ރެންޑިޝަންއާ އެކު ޖުނީ އަށް އެތައް ބައެއްގެ ލޯބި ލިބެމުންނެވެ. މި ލަވަ ކިޔާފައިވަނީ ސާފް ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތުގަ އެވެ.

2. މަގޭ މަހަލްދީބް (ތީމް ލަވަ) – އައިޝަތު ޖުނީ

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ލޯންޗުކޮށްފައިވަނީ "މަގޭ މަހަލްދީބް" ސްލޯގަންއާ އެކުގަ އެވެ. އެ ނަމުގައި ނެރުނު ތީމް ލަވަ ކިޔާފައިވަނީ ޖުނީ އެވެ. މި ލަވައިގެ މިއުޒިކަކީ ދިވެހި ރަހަތައް ހިމެނޭ މިއުޒިކެކެވެ.

3. މީ އެ ފަހަރޭ – ސިމްބޮލިކް ރިކޯޑްސް

ސިމްބޮލިކް ރިކޯޑްސްގެ އާޓިސްޓުން ގުޅިގެން ކިޔާފައިވާ މި ލަވައަކީ ސާފް ޗެމްޕިއަންޝިޕްގެ ފޯރި އެންމެ ގަދައަށް ފެނިގެންދާ އެއް ލަވަ އެވެ. އެ ލަވަކިޔާފައިވާ އާޓިސްޓުންގެ ތެރޭގައި މާޓު، ލިމިޓްސް، ބޭ، ޒިޔާ، ޓޯއި، ރައިޑޭ، އަރޭ އަދި ޝިފު ހިމެނެ އެވެ.

4. މަގޭ މަހަލްދީބް – ޑިޓިއުން ބޭންޑް

މިއީ "މަގޭ މަހަލްދީބް" ލަވައިގެ ތަފާތު ރެންޑިޝަން އެވެ. ތީމް ލަވައާ ހިލާފަށް ޑިޓިއުން އިން ކިޔާފައިވާ މި ލަވައަކީ އަޕްބީޓް ލަވައެކެވެ.

ސާފް ޗެމްޕިއަންޝިޕް

Popular