","caption":"","display":"center"},{"type":"paragraph","text":"މޫސަ ކޮވިޑް ވެކްސިން ޖަހަން ދިޔައީ މާފަންނު ސޯޝަލް ސެންޓަރުގައި ހުންނަ ވެކްސިން ދޭ ސެންޓަރަށެވެ. އެ ތަނަށް ވަދެ، ވެކްސިން ޖަހާ ނިމެންދެން އޭނާ ކުރި ހުރިހާ ކަމެއް ކިޔައިދިނީ މިނެޓެއްގެ ކުރު ޓިކްޓޮކް ވީޑިއޯއަކުންނެވެ. މިއީ އެހާ ވެސް ފަސޭހަ ކަމެކެވެ. މޫސަ މިކަން ކުރި ގޮތް ބަލަން ބޭނުން ނަމަ، ހެލްތު ޕްރޮޓެކްޝަން އެނެޖްސީ (އެޗްޕީއޭ) ގެ އޮފިޝަލް ޓިކްޓޮކުން އެ ވީޑިއޯ ބެލޭނެ އެވެ."},{"type":"sub heading","text":"މޫސަ ހަނދާންކޮށްދިން މުހިންމު ކަންކަން؛"},{"type":"paragraph","text":"- ބޭހެއް ކުރާ ނަމަ، ބޭސް ސިޓީ ގެންދިއުން"},{"type":"paragraph","text":"- އައިޑީކާޑު ގެންދިއުން"},{"type":"paragraph","text":"- ކިއު ނަންބަރެއް ނަގައިގެން، ނަންބަރު ޖެހެންދެން މަޑުކުރުން"},{"type":"paragraph","text":"- ވެކްސިން ސެންޓަރުގައި ތިބޭ އޮފިޝަލުންގެ އިރުޝާދަށް ތަބާވުން"},{"type":"tweet","embed_code":"

To provide you with the most up to date information on COVID-19 response and vaccination efforts and to reach a broader audience, we have launched our new @tiktok_us channel.

Please join via: https://t.co/zFF1zVmap3 pic.twitter.com/CWIkAGOZg0

— Health Protection Agency (@HPA_MV) February 13, 2021
","caption":"","display":"center"},{"type":"sub heading","text":"އަދި އެހެން ކަމެއް!"},{"type":"facebook post","embed_code":"
@hpa_mv

Bro

♬ Bro - Health Protection Agency
","caption":"","display":"center"},{"type":"paragraph","text":"ސައިކަލުގެ ހަރު ނުނައްޓާ ދުއްވާފައިދާ ތަން ފެނިއްޖެ ނަމަ، އެ ވެހިކަލެއްގައި އިން މީހަކަށް ގޮވައި \"ބްރޯ ހަރު\" ބުނުމަކީ އަހަރެމެން ކުރާ ވަރަށް ރަނގަޅު ކަމެކެވެ. އޭރުން ދުއްވަން އިން މީހާގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅުމުން ސަލާމަތްކޮށްދެވެނީ އެވެ. އެޗްޕީއޭ ޓިކްޓޮކުގައި އިން ދެ ވަނަ ވީޑިއޯގައި ވެސް އަންނަނީ ހަމަ މި ކަހަލަ ހާލަތެކެވެ. އެކަމަކު \"ބުރޯ ހަރޭ\" ކިޔާފައި ގޮވަން ބަލައިލި އިރު، އެ މީހާ އިނީ މާސްކު ދަތްދޮޅިއާ ހަމައަށް ތިރި ކޮށްލައިގެންނެވެ. އެންމެފަހުން އޭނާއަށް ފުރަތަމަ ބުނަން ޖެހުނީ \"ބުރޯ މާސްކު؟\" އެވެ."}],"section_tag":{"id":105,"slug":"lifestyle","dhivehi":"ލައިފްސްޓައިލް","english":"Lifestyle","pivot":{"article_id":87105,"tag_id":105}},"datetime_formats":{"dho":"18 Feb 2021"},"og_image":{"type":"ogimage","public_file":"thaana_og/2021/02/18/94b706d20275541d278416af41f3b6e642dc06aa.png","featured":0},"stat":{"id":90087,"article_id":87105,"comments":2,"visits":7304,"created_at":"2021-02-18 13:08:59","updated_at":"2021-02-24 22:31:45","reactions":0},"pivot":{"tag_id":13539,"article_id":87105}},{"id":85852,"headline":"ކޮވިޑް-19 ވެކްސިން ނުޖަހަންވީ މީހުންނާއި ސަބަބު","sub_headline":null,"short_headline":"ކޮވިޑް-19 ވެކްސިން ނުޖަހަންވީ މީހުންނާއި ސަބަބު","latin_headline":"Covid-19 Vaccin Nujahan vi meehunnaai sababu","summary":null,"guest_author":null,"status_id":5,"user_id":225,"created_at":"2021-01-24 11:49:36","updated_at":"2021-01-26 12:25:28","hide_author":0,"publish_at":null,"deleted_at":null,"datetime":"2021-01-26 12:24:28","detail_layout_id":1,"version_id":214344,"coverage_type_id":1,"featured_tag_id":13539,"author_location":null,"disable_comments":0,"activate_ticker":0,"short_url":"https://dho.mv/health_12982/85852","disable_feelings":0,"locked_by_id":null,"locked_at":"2021-01-26 12:25:24","product_id":2,"liveposts_updated_at":null,"featured_media":{"type":"photo","photo_id":"293491","caption_id":"","version_no":"3","version_id":"761637","caption_updated":"0","display":"block","featured":"1","proxy_file_url":"https://s3-ap-southeast-1.amazonaws.com/mihaaru.static/proxies/2021/01/26/293491_1_bcafbde306927299d811bfd2abc8a5edacc6f788.jpg","photo":{"public_file":"photos/2021/01/26/293491_3_bcafbde306927299d811bfd2abc8a5edacc6f788.jpg","photo_credits":"","photographer":"Aminath Ibrahim","profile_id":12,"color":"#867c78","orientation":"square","dimensions":[100,100]},"caption":null,"have_main_youtube":false},"youtube_main":false,"media_json":[{"type":"photo","photo_id":"293491","caption_id":"","version_no":"3","version_id":"761637","caption_updated":"0","display":"block","featured":"1","proxy_file_url":"https://s3-ap-southeast-1.amazonaws.com/mihaaru.static/proxies/2021/01/26/293491_1_bcafbde306927299d811bfd2abc8a5edacc6f788.jpg","photo":{"public_file":"photos/2021/01/26/293491_3_bcafbde306927299d811bfd2abc8a5edacc6f788.jpg","photo_credits":"","photographer":"Aminath Ibrahim","profile_id":12,"color":"#867c78"},"caption":null},{"type":"ogimage","public_file":"thaana_og/2021/01/26/e567fe1727ee38ac0f9288ad4b8bbb813055595d.png","featured":0}],"body_json":[{"type":"paragraph","text":"އަހަރެމެން އެންމެން އިންތިޒާރުކޮށްގެން ތިބި ކޮވިޑް-19 ވެކްސިން މިހާރު ލިބިއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ މި ވެކްސިންއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، އާންމު ހާލަތަކަށް ރުޖޫއަވުމަށް ވީހާވެސް ގިނަ ބަޔަކު ވެކްސިން ޖެހުމަށް ހިތްވަރުދީފަ އެވެ. އެކަމަކު ސިއްހީ މާހިރުންނާއި ޑޮކްޓަރުންގެ ނަޒަރުގައި، އިހަށް ވެކްސިން ނުޖަހައި މަޑުކޮށްލަން ޖެހޭ ބައެއް މީހުން އެބަ ތިއްބެވެ. އެހެންވީމާ، މި ހިމަނާލަނީ ކޮވިޑް ވެކްސިން ޖެހުމަށް އެންމެ ރަނގަޅު މީހުންނާއި ވެކްސިން ޖަހަން ރަނގަޅު ނޫން މީހުންނާއި އެއާ ގުޅޭ އެހެން ބައެއް ވާހަކަ ތަކެވެ."},{"type":"sub heading","text":"ފުރަތަމަ ވެކްސިން ޖަހަން ޖެހޭ މީހުން"},{"type":"paragraph","text":"އެންމެ ރަނގަޅު ގޮތަކީ، އުޒުރެއް ނެތް ނަމަ ހުރިހާ އެންމެން ވެސް ވެކްސިން ޖެހެން އޮތް އެންމެ އަވަހަކަށް އެކަން ކުރުމެވެ. ހާޑް އިމިއުނިޓީއެއް ކަށަވަރު ވާނީ ވީހާ ވެސް ގިނަ ބަޔަކު ވެކްސިން ޖަހައިގެންނެވެ. އޭރުން ސިއްހީ އެކި ސަބަބުތަކާ ހެދި ވެކްސިން ޖެހެން ނެތް މީހުންނަށް ވެސް ރައްކާތެރިކަން ޔަގީންވާނެ އެވެ. އަދި އެމީހުންގެ ފަރާތުން ވައިރަސް ފެތުރި މީހުން ބަލިވުމުގެ ޗާންސު ވެސް ކުޑަވާނެ އެވެ. ހާޑް އިމިއުނިޓީއެއް ހޯދުމަކީ އެންމެންނަށް ފައިދާ ވާނެ ގޮތެވެ. ސަބަބަކީ ކޮންމެ މީހަކީ ވެކްސިން ޖަހަން ޝަރުތު ހަމަވާނެ މީހެއް ނޫނެވެ. މި އޮތީ އާއިލާ އާއި ގާތް މީހުންގެ ތެރޭގައި ވެކްސިން ޖަހަން ފިޓު ނޫން މީހަކު ހުރި ނޫންތޯ ޔަގީންކުރާނެ ގޮތެވެ."},{"type":"sub heading","text":"ކޮވިޝީލްޑް ވެކްސިން ރައްކާތެރިތަ؟"},{"type":"paragraph","text":"އޮކްސްފޯޑް-އެކްސްޓްރާޒެނެކާ ވެކްސިން އިންޑިއާގައި އުފައްދަނީ އެ ގައުމުގެ އެންމެ ވަރުގަދަ ވެކްސިން ކުންފުނި، ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ އިންނެވެ. ވެކްސިން ކޮވިޝީލްޑް އުފައްދަނީ، އާދައިގެ ރޯގާ ޖައްސާ \"އެޑިނޯވައިރަސް\" މޮޑިފައިކޮށްގެން ކޮރޯނާ ވައިރަސްއާ އެއްގޮތް ކޮށްގެންނެވެ- އެކަމަކު މިއިން ބައްޔެއް ނުޖެހޭނެ އެވެ."},{"type":"paragraph","text":"ބަލި މީހެއްގެ ގަޔަށް ކޮވިޝީލްޑް ވެކްސިން ޖެހުމުން، ކޮރޯނާވައިރަސް އަށް ހަމަލާދޭ އެންޓިބޮޑީސް އުފައްދަން ދިފާއީ ނިޒާމު އަވަހަށް ހަރަކާތްކުރަން ފަށަ އެވެ."},{"type":"paragraph","text":"މިއީ 4-12 ހަފްތާގެ މުއްދަތަކަށް ފައްތައިގެން ދޭ ދެ ޑޯޒުގެ ވެކްސިނެކެވެ. ކޮވިޑް 19 އަށް އުފެއްދި އެހެން ބައެއް ވެކްސިން ތަކާއި ހިލާފަށް މި ވެކްސިން 2-8 ޑިގްރީ އާ ދެމެދުގެ ފިނި ހޫނުމިނެއްގައި ރައްކާތެރިކަމާއެކު ގެންގުޅެވޭނެ އެވެ. އާދައިގެ ފްރިޖެއްގައި ވެސް މި ވަރަށް ފިނިހޫނުމިން ސެޓުކޮށްލެވޭނެ އެވެ. އެހެން ވެކްސިން ތަކަށްވުރެ އެކި ގައުމުތަކަށް ބަހަން މި ވެކްސިން ފަސޭހަވާ އެއް ސަބަބަކީ ވެސް މިއެވެ."},{"type":"paragraph","text":"މިހާރު ދުނިޔޭގެ ބައެއް ގައުމުތަކުގައި ދޭން ފަށާފައިވާ ފައިޒާ އިން އުފެއްދި ވެކްސިން ރައްކާކުރެވެނީ -70 ޑިގްރީ ފިނީގަ އެވެ. ރާއްޖެ ނުވަތަ އިންޑިއާ ފަދަ ހޫނު ގައުމަކަށް މި ވެކްސިން ގެންނަ ނަމަ ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ވެސް މިއީ އެވެ."},{"type":"paragraph","text":"އޮކްސްފޯޑު-އެކްސްޓްރާޒެނެކާ ވެކްސިނުން ރައްކާތެރިކަން ކަށަވަރުކުރުމަށް މިހާތަނަށް ކޮށްފައިވާ ދިރާސާތަކުން ފުރަތަމަ ހާފް ޑޯޒް ދީ، އެއަށް ފަހު ފުލް ޑޯޒު ދިނުމުން ބަލިން ދިފާއުކޮށްދޭ ނިސްބަތް 90 ޕަސެންޓަށް އިތުރުވެ އެވެ."},{"type":"paragraph","text":"އެހެންވީމާ، އެންމެ ރަނގަޅު ގޮތަކީ ވެކްސިންއާ ބެހޭ ގޮތުން ސޯޝަލް މީޑިއާ އިން ފެންނަ އެކި ވާހަކަތައް ބަލައި ކިޔުމުގެ ބަދަލުގައި އެޗްޕީއޭ އާއި ރަސްމީ އެހެން އިދާރާތަކުން ދޭ ހަބަރުން އަޕްޑޭޓް ހޯދުމެވެ."},{"type":"sub heading","text":"މާބަނޑު މީހުންނާއި ކިރުމައިންނާއި ބަލިވެއިންނަ މީހުން ކިޔާލަން!"},{"type":"paragraph","text":"ކޮވިޑް-19 ވެކްސިން ޓެސްޓުކުރުމުގައި މާބަނޑު މީހުން ހިމަނާފައެއް ނުވެ އެވެ. ލިބެން ހުރި ޑޭޓާތަކުން މާބަނޑު މީހުންނަށް މި ވެކްސިކުން ގެއްލުމެއް ނުވަތަ ނުރައްކަލެއް އޮތްކަން ޔަގީނެއް ނުވެ އެވެ. ނަމަވެސް މާބަނޑު މީހުންނާއި ކިރުމައިން ވެކްސިން ޖެހުމަށް ބާރުއަޅާ ވަރަށް އެކަމާ ގުޅޭ ދިރާސާތަކެއް ހެދިފައެއް ނެތެވެ."},{"type":"paragraph","text":"ކޮވިޑް-19 ވެކްސިން ގައި ބޭނުންކޮށްފައިވަނީ މެސެންޖާ (އެމްއާރްއެންއޭ) އެވެ. މީގެ މާނަ އަކީ މި ވެކްސިނުގައި ޕްރޮޓީން އުފައްދަން ސެލްތަކަށް އެހީތެރިވެދޭ ޖެނެޓިކް މާއްދާއެއް ހިމެނިފައިވުމެވެ. މިހެންވެ، ސިއްހީ މާހިރުންގެ ނަޒަރުގައި މި ވެކްސިނުގެ ސަބަބުން މައިމީހާ އަށް ވެސް، އަދި ބަނޑުގައި އޮންނަ ދަރިފުޅަށް ވެސް ނުރައްކަލެއް ނެތެވެ. އެމެރިކާގެ ސީޑީސީން ވެސް ބުނެފައިވަނީ މިގޮތަށެވެ."},{"type":"paragraph","text":"ބައެއް ސިއްހީ މާހިރުންގެ ނަޒަރުގައި ތިން ސަބަބަކާ ހެދި، މާބަނޑު މީހުންނާއި ކިރުމައިން ވެކްސިން ޖެހުމަކީ އެއްގޮތުން ފައިދާ ހުރިކަމެކެވެ. ފުރަތަމަ ކަމަކީ، ވެކްސިނުން މައިމީހާ ރައްކާތެރިކޮށްދެ އެވެ. ދެން، ވެކްސިންގެ މާއްދާތައް ދަރިފުޅުގެ ފޫޅުދަނޑި އަށް ވާސިލުވުމުގެ ޗާންސެއް ނޯވެ އެވެ. އަދި ވެކްސިން ޖެހުމުން މައިމީހާގެ ހަށިގަނޑުގައި ދިފާއީ ސެލްތައް އުފައްދާނަމަ އެ ސެލްތައް ދަރިފުޅަށް ވާސިލްވެ އޭގެ ސަބަބުން ކުއްޖާގެ ދިފާއީ ނިޒާމު ވަރުގަދަ ވުމަށް އެހީވެދޭނެ އެވެ."},{"type":"paragraph","text":"ރާޢްޖެއަށް ގެންނަ އެކްސްޓްރާޒެނެކާ ވެކްސިން އުފައްދާ ޔޫކޭގެ ވެކްސިން އެންޑް ޖޮއިން ކޮމިޓީ (ޖޭސީވީއައި) އިން ވަނީ، މާބަނޑު މީހުންގެ ތެރެއިން ސިއްހީ ބޮޑެތި މައްސަލަތައް ހުންނަ މީހުން ވެކްސިން ޖެހުމުގެ ކުރިން ޑޮކްޓަރުގެ ލަފާ ހޯދަން އިލްތިމާސްކޮށްފަ އެވެ. މީގެ ތެރޭގައި ގުނަވަނެއް ބަދަލުކޮށްފައިވާ މީހުން، ނޭވާލާ ނިޒާމުގެ ބައްޔެއް ހުންނަ މީހުން، ލޭގެ ބައްޔެއް ހުންނަ މީހުން، ދިފާއީ ނިޒާމު ބަލިކަށިވާ ފަދަ ބޭހެއް ބޭނުންކުރާ މީހުން، ހިތުގެ ބަލި ހުންނަ މީހުން، ކިޑްނީ ބަލި ހުންނަ މީހުންނާއި ޑައިލިސިސް ހަދާ މީހުން ހިމެނެ އެވެ."},{"type":"paragraph","text":"މީގެ އިތުރުން ފްރޮންޓް ލައިންގައި މަސައްކަތްކުރާ މާބަނޑު މީހުން ވެސް ވެކްސިން ޖެހުމުގެ ކުރިން ސަމާލުވާން ޖެހޭ ކަންތައްތަކެއް ހުރެ އެވެ. ސަބަބަކީ މި މީހުންނަކީ ކޮވިޑް 19 ޖެހުމުގެ ޗާންސް ބޮޑު މީހުންނެވެ."},{"type":"paragraph","text":"ޖޭސީވީއައި އިން މިހާރު ވަނީ ވެކްސިން ޖެހުމުން ކިރުމައިންނަށް ނުރައްކަލެއް ނެތްކަން ވެސް ހާމަކޮށްފަ އެވެ."},{"type":"sub heading","text":"ކޮވިޑްޖެހިފައިވާ މީހުން، ބަލި ރަނގަޅުވަންދެން މަޑުކޮށްލަންވާނެ!"},{"type":"paragraph","text":"ކޮވިޑް ޖެހިފައި ހުއްޓާ ވެކްސިން ނުޖެހޭނެ އެވެ. ބަލީގެ އަލާމާތްތައް ފިލައި، ބަލި ރަނގަޅުވަންދެން މަޑުކޮށްލަން ޖެހޭނެ އެވެ. ގާތްގަނޑަކަށް 90 ދުވަސް ވަންދެން ވެކްސިން ނުޖަހައި މަޑުކޮށްލަންޖެހޭނެ އެވެ. ކުރިން ކޮވިޑް ޖެހި، ބަލި ރަނގަޅުވެފައި ތިބި މީހުންނަށް ވެކްސިން ޖެހޭނެ އެވެ."},{"type":"sub heading","text":"ދިފާއީ ނިޒާމު ބަލިވާ ފަދަ ބޭސް ބޭނުންކުރާ މީހުންނާއި ސްޓެރޮއިޑް ބޭނުންކުރާ މީހުން"},{"type":"paragraph","text":"ސްޓެރޮއިޑް ބޭނުންކުރާ މީހުންނަށް ވެކްސިން ޖެހޭނެކަން ނުވަތަ ނޫންކަން ޔަގީންކުރެވޭނީ ވެކްސިންގެ ބާވަތަށާއި ސްޓެރޮއިޑް ބޭޏުންކުރާ މުއްދަތު އަދި އެމީހެއްގެ ހުރި ސިއްހީ މައްސަލަތަކަށް ބެލުމަށްފަހު އެވެ. އެހެންކަމުން ވެކްސިން ޖެހުމުގެ ކުރިން ޑޮކްޓަރަށް މިކަންކަން އަންގައި ލަފާ ހޯދަންވާނެ އެވެ. ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި އިމިއުނޯ ސަޕްރެސެންޓް ބޭނުންކުރާ މީހުން ވެސް ވެކްސިން ޖަހާ ނަމަ، އެކަން ހުރަން ވާނީ ސިއްހީ ލަފާ ހޯދައިގެންނެވެ."},{"type":"sub heading","text":"އުމުރުން 16 ނުފުރޭ ކުދިން"},{"type":"paragraph","text":"ވެކްސިންގެ ތެސްޓުތަކުގައި 16 އަހަރުން ދަށުގެ ކުދިން ބައިވެރިކޮށްފައެއް ނުވެ އެވެ. އެހެންކަމުން މި އަށްވުރެ ހަނގު ކުދިންނަށް ވެކްސިން ނުޖަހާނެ އެވެ."},{"type":"sub heading","text":"މި ހުރިހާ ވާހަކަތަކުން އެނގުނީ ކޮން ކަމެއް؟"},{"type":"paragraph","text":"މިހާތަނަށް ލިބިފައިވާ ހުރިހާ މައުލޫމާތަކަށް ބަލާއިރު، ކޮވިޑް 19 އަކީ ގާތްގަނޑަކަށް ހުރިހާ ބޮޑެތި މީހުންނަށް ރައްކާތެރި ވެކްސިނެކެވެ. ވެކްސިން ޖެހުމުގެ ކުރިން ޑޮކްޓަރުންގެ ލަފާ ހޯދަންޖެހޭ މީހުންނަކީ މާބަނޑު މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ދިފާއީ ނިޒާމަށް އަސަރު ކުރާ ބޭހެއް އެއްޗެއް ބޭނުންކުރާ މީހުންނެވެ."},{"type":"paragraph","text":"ބޭހަކަށް އެލާޖިކް ވާނަމަ ވެސް ވެކްސިން ޖެހުމުގެ ކުރިން ޑޮކްޓަރަކާ މަޝްވަރާކުރަންވާނެ އެވެ."},{"type":"paragraph","text":"ކޮވިޑް 19 ޖެހިފައި ހުރި މީހަކަށް ވެކްސިން ނުޖެހޭނެ އެވެ. އެންމެ ރަނގަޅު ގޮތެއް ކަމަށް ބެލެވެނީ، ބަލިން ރަނގަޅުވުމަށްފަހު 90 ދުވަސް މަޑުކުރުމަށްފަހު ވެކްސިން ޖެހުމެވެ."},{"type":"paragraph","text":"ހަކުރު ބައްޔާއި ތެލަސީމިއާ އާއި ފަދަ ސިއްހީ މައްސަލަތައް ހުންނަ މީހުންނަށް ވެސް ވެކްސިން ޖެހޭނެ އެވެ."},{"type":"paragraph","text":"މި ގައިޑްލައިންތަކަށް ކުދިކުދި ބަދަލު އައުން އަދިވެސް އެކަށީގެންވެ އެވެ. އަދި ވެސް ދިރާސާތަކާއި ތަހުލީލުތައް ދަނީ ކުރިއަށެވެ."},{"type":"paragraph","text":"އެންމެ މުހިއްމު ކަމަކަށް، ވެކްސިން އާ ގުޅޭގޮތުން އެކި އެކި ތަންތަނުން ފެންނަ ސާބިތު ނުހިފޭ ހަބަރުތައް ނުކިޔުމަކީ މުހިއްމުކަމެކެވެ."}],"section_tag":{"id":12982,"slug":"health_12982","dhivehi":"ސިއްހަތު","english":"Health","pivot":{"article_id":85852,"tag_id":12982}},"datetime_formats":{"dho":"26 Jan 2021"},"og_image":{"type":"ogimage","public_file":"thaana_og/2021/01/26/e567fe1727ee38ac0f9288ad4b8bbb813055595d.png","featured":0},"stat":{"id":88926,"article_id":85852,"comments":8,"visits":8937,"created_at":"2021-01-26 12:24:45","updated_at":"2021-02-24 22:11:18","reactions":0},"pivot":{"tag_id":13539,"article_id":85852}}],"from":1,"last_page":1,"next_page_url":null,"path":"https://dho.mv/covid_vaccine","per_page":16,"prev_page_url":null,"to":2,"total":2}; var slug = "covid_vaccine"; var icons = {"people":"ic-people","baiscope":"ic-movies","music":"ic-music","style":"ic-fashion","technology":"ic-technology","health":"ic-health","food":"ic-food","story":"ic-story","lifestyle":"ic-parenting","default":"ic-article"}; var pageTitle = "COVID vaccine"