17 Jul 2017

ކައިވެންޏަށް ފަހު މީރާ ގެއްލުނީތަ؟

ޔަގީނަށް ވެސް ފާލިހު އާއި މީރާގެ ބްރޭކެއް ނޫނެވެ. ލަވަ އާއި މިއުޒިކާއި މަސައްކަތުން ބްރޭކެކެވެ. ދެން އުފެދޭ ސުވާލަކީ މިއީ އެވެ. މީރާ އަނެއްކާ ފާލިހުގެ ދަރިއަކަށް ބަނޑުބޮޑީ ހެއްޔެވެ؟

ޔަގީނަށް ވެސް ފާލިހު އާއި މީރާގެ ބްރޭކެއް ނޫނެވެ. ލަވަ އާއި މިއުޒިކާއި މަސައްކަތުން ބްރޭކެކެވެ. ދެން އުފެދޭ ސުވާލަކީ މިއީ އެވެ. މީރާ އަނެއްކާ ފާލިހުގެ ދަރިއަކަށް ބަނޑުބޮޑީ ހެއްޔެވެ؟

By: Ahmed Nadheem

ލަވަކިޔުންތެރިޔާ މީރާ މުހައްދަކީ އެއް ދުވަސްކޮޅެއްގައި އެންމެ ގަދަ އަށް ޚަބަރު އުފެއްދި އެންމެ މަޝްހޫރު މޫނެވެ. އެކަމަކު އައިޑޮލްގެ ތަރި އަބްދުﷲ ފާލިހުއާ ކައިވެނިކުރި ހިސާބުން ފަލަސުރުހީ އަށް އަރައި ވެއްޓިގެން ދިޔަގޮތަށް ގޮސް މީރާ ފާޑަކަށް ގެއްލިއްޖެ އެވެ.

ކަވާ ސޯންގްސް އަޑުއަހާ ފަރާތްތައް މިކަމަށް ހެކިވާނެ އެވެ. އެންމެ ބޮޑަށް މީރާ މިސްވެގެން އުޅެނީ އޭނާގެ ހިތްގައިމު ކަވާ ލަވަތަކަށް މަރުދޭ މީހުންނެވެ. އެކަމަކު މީރާގެ އާ ލަވަތަކެއް އަޑުއަހާލަން ނުލިބުމަކީ ހަގީގަތުގައި ދިވެހި މިއުޒިކުގެ އިސްޓޭޖަށް ވެސް ފޫހިކަމާއި ފަޅުކަމެއް ވެރިކޮށްލާހާ ދެރަ ކަމެކެވެ.

މި ވާހަކައެއް މީރާ އަށް ގުޅައިގެން ކިޔައިދިނީމަ އޭނާ ކިޔައިދިނީ އަދި މާ ބޮޑު ވާހަކައެކެވެ. -- މީރާ އުޅެނީ ބްރޭކެއް ނަގައިގެންނެވެ.

މީރާ މުހައްމަދު

ޔަގީނަށް ވެސް ފާލިހު އާއި މީރާގެ ބްރޭކެއް ނޫނެވެ. ލަވަ އާއި މިއުޒިކާއި މަސައްކަތުން ބްރޭކެކެވެ. ދެން އުފެދޭ ސުވާލަކީ މިއީ އެވެ. މީރާ އަނެއްކާ ފާލިހުގެ ދަރިއަކަށް ބަނޑުބޮޑީ ހެއްޔެވެ؟ -- ޝައުގުވެރިނުވާންވީ ސަބަބެއް ނެތެވެ. މީރާ އާއި ފާލިހަށް ކުއްޖަކު ލިބޭ ނަމަ އެ ކުއްޖަކު ވާނީ ދިވެހި މިއުޒިކު އާ އުސްމިނަކަށް ގެންގޮސްދޭނެ ކަމެއްކަމާ މެދަކު ސުވާލެއް ވެސް ނުއުފެދެ އެވެ.

"މަ ހަމަ ގޭގައި މިހުރީ،" ރާގަކަށް ދަމާލާފައި ސަމާސާއަކަށް ހަދާލައިގެން މީރާ ބުނެލީ މިހެންނެވެ.

އެކަމަކު ސަޕްރައިޒްތަކެއްގެ ވާހަކަ ވެސް އޭނާ ބުންޏެވެ.

މީރާ އާއި ފާލިހް.

"ބްރޭކެއް ނަގައިގެން މި އުޅެނީ. އެކަމަކު މިދެން އެއްކޮށް ބްރޭކެއް ނެގީކީނުން. ކުޑަކޮށް މަޑުޖައްސާލައިގެން ތިބީ ހަމަ. އާ ސަޕްރައިޒްތަކެއް އެބަހުރި ޔަގީނަށް ވެސް ކުރިއަށް،" ހަނީމޫނުން އައިގޮތަށް އަދިވެސް ބްރޭކުގައި ތިޔަ އުޅެނީ ކައިވެނީގެ ސެލެބްރޭޝަންސްތައް ނިމުމަކަށް ނާންނާތީއޭ ބުނެ ދޯއެއް ޖަހާލުމުން ހޫނއެއް ޖަހާލާފައި މީރާ ބުނީ މިހެންނެވެ.

އެހެންވީމަ މީރާ އާއި ފާލިހު އެމީހުންގެ ޕާސަނަލް ބްރޭކުން އެނބުރި އަންނަންދެން މަޑުކޮށްލަމާ ހިނގާށެވެ.

Popular