18 Aug 2017

އަބިނާވް ޝުކްލާގެ ހުވަފެން އެންމެ ފަހުން ހަގީގަތަކަށް

"އަކްސަރް 2" ގައި އަބިނާވް ފެނިގެން ދާނީ ބަތަލާ ޒަރީން ހާނާ އެކު.

"އަކްސަރް 2" ގައި އަބިނާވް ފެނިގެން ދާނީ ބަތަލާ ޒަރީން ހާނާ އެކު.

By: Ahmed Adhushan

އަބިނާވް ޝުކްލާއަކީ ޓީވީ ސިލްސިލާތައް ބަލާ މީހުންގެ މެދުގައި ފަރިތަ މޫނަކަށް ވާނެ އެވެ. އޭނާ ފެނިފައިވާ ބައެއް ސިލްސިލާތަކުގެ ތެރޭގައި "ދިޔާ އޯރް ހަމް ބާތީ"، "ހިޓްލަރު ދީދީ" އަދި "ޗޯޓީ ބަހޫ" ފާހަގަކޮށްލެވެ އެވެ.

ޓީވީ ސިލްސިލާތަކުގައި ކުރިން ވަރަށް ގަދައަށް މަސައްކަތް ކުރި ނަމަވެސް އަބިނާވް، 34، އެންމެ ފުރަތަމަ ވެސް ދުށް ހުވަފެނަކީ ބޮލީވުޑްގެ ލީޑިން އެކްޓަރަކަށްވުމެވެ. އެކަމަކު މޮޑެލިންގެ ދާއިރާ އިން ޓީވީ އެކްޓިން އަށް، ދާން ޖެހުނީ ބޮލީވުޑުން ރަނގަޅު ފުރުސަތެއް ނުލިބި އެވެ. ދެ ފިލްމެއްގައި އޭނާ ސަޕޯޓިން ރޯލެއް ކުޅުނެވެ. އެއީ 2014 ގައި ރިލީޒްވި "ޖެއި ހޯ" އާއި "ރޯ" ގަ އެވެ.

A post shared by Abhinav Shukla (@ashukla09) on

އަބިނާވް ޒަރީން އާއި ގޯތަމްއާ އެކު.

އޭގެ ތިން އަހަރު ފަހުން މިހާރު އަބިނާވް އަންނަނީ ލީޑިން އެކްޓަރެއްގެ ގޮތުގައި އޭނާގެ އެކްޓިން ހުނަރު ބޮޑު ސްކްރީން ދައްކާލަން ތައްޔާރުވަމުންނެވެ. އެއީ މިހާރު ރިލީޒް ކުރުމުގެ މަރުހަލާގައި އޮތް ރޮމޭންޓިކް ތުރިލާ "އަކްސަރު 2" އެވެ. އެ ފިލްމަކީ 2006 ގައި އިމްރާން ހާޝިމީ އާއި ޑީނޯ މޯރިއާ އަދި އުދިތާ ގޮސްވާމީ ލީޑް ރޯލް ކުޅުނު "އަކްސަރު" ގެ ސީކްއެލްއެކެވެ.

އާނަންތު މަހާދޭވަން ޑައިރެކްޓްކޮށްފައިވާ "އަކްސަރު 2" ގައި އަބިނާވް ފެނިގެން ދާނީ ޒަރީން ހާނާއި ޓީވީ އެކްޓަރު ގޯތަމް ރޯޑްއާ އެކުގަ އެވެ. މި ފިލްމްވެގެން ދާނީ އަބިނާވްގެ ވަރަށް "ހޫނު" މަންޒަރުތަކެއް ވެސް ފެނިގެން ދާނެ ފިލްމަކަށެވެ.

A post shared by Abhinav Shukla (@ashukla09) on

"އަކްސަރު 2" ގެ ފަސްޓްލުކް.

ފިލްމާ ބެހޭ ގޮތުން އޭނާ ބުނީ "އަކްސަރު 2" އަކީ މުޅިން ތަފާތު ވާހަކައެއް ކަމަށެވެ. އޭގެ ފުރަތަމަ ބަޔާއި ދެވަނަ ބައިގައި އެއްގޮތް ވާނީ ހަމައެކަނި ކެރެކްޓާތަކުގެ ނަން ކަމަށް ބުންޏެވެ. "އަކްސަރު" ގައި އިމްރާން ކުޅުނު ރިކީގެ ކެރެކްޓާ ކުޅެފައި ވަނީ އަބިނާވް އެވެ.

"ފިލްމާ ދޭތެރޭ ވަރަށް ހިތްހަމަޖެހިފައި މި ހުރީ." އޭނާ ބުންޏެވެ.

އަބިނާވް އަދި ބުނީ ފިލްމް ކުޅުނު ނަމަވެސް ޓީވީ މަސައްކަތް ވެސް ދޫކޮށްލުމުގެ ހިޔާލެއް ނެތް ކަމަށެވެ. އެހެންވެ ފުރުސަތު ލިބޭ ވަރަކުން ދެ ބައި ވެސް ކުރިއަށް ގެންދާނެ ކަމަށް ބުންޏެވެ.

A post shared by Abhinav Shukla (@ashukla09) on

އަބިނާވް ލޯބިވެރިޔާ އަދި ޓީވީ ބަތަލާ ރުބީނާއާ އެކު.

"މީގައި އެންމެ ފާހަގަކޮށްލަން ޖެހޭ ކަމަކީ މީގެ ދިހަ ވަރަކަށް އަހަރު ކުރިއަށް ޖެހިލާ ނަމަ ގަބޫލު ކުރެވިފައި އޮތީ ސިލްސިލާތައް ކުޅޭ މީހުން ފިލްމް ކުޅޭކަށް އެއްގޮތަކަށް ވެސް ކަމަކު ނުދާނެއޭ. އެހެންވެ އެ ފުރުސަތެއް ދޭކަށް ވެސް ބޭނުމެއް ނުވޭ،" އޭނާ ބުންޏެވެ. "އެކަމަކު އެ ވިސްނުން މިހާރު ބަދަލުވެއްޖެ."

އަބިނާވް ބުނީ ޓީވީ އާއި ފިލްމްތަކާ ދެމެދު ދެމިފައި އޮތް ރޮނގު މިހާރު ފަނޑުވެ، ހުނަރުވެރި އެކްޓަރުންނަށް މިހާރު ފުރުސަތުތައް ހުޅުވިފައިވާ ކަމަށެވެ. އެހެންވެ އެކަމާ ވަރަށް އުފާވާ ކަމަށް ބުންޏެވެ.

ބޮލީވުޑް ޓީވީ ސިލްސިލާ

Popular