12 Sep 2017

ނެށުންތެރިޔަކަށް ނުވިނަމަ އެރީހީ ރުކަށް، ދިޔައީހީ ރާޅަށް

"ދޯ"ގެ އޮރިޖިނަލް މި ސެގްމަންޓްގައި ކިޔައިދެނީ ހުނަރުވެރިންގެ ނޭނގޭ ހުނަރުވެރިކަމެވެ. ފުރަތަމަ މި ގެނެސްދެނީ ނެށުންތެރިޔަ ސުނީތާ އަލީ އެވެ.

"ދޯ"ގެ އޮރިޖިނަލް މި ސެގްމަންޓްގައި ކިޔައިދެނީ ހުނަރުވެރިންގެ ނޭނގޭ ހުނަރުވެރިކަމެވެ. ފުރަތަމަ މި ގެނެސްދެނީ ނެށުންތެރިޔަ ސުނީތާ އަލީ އެވެ.

By: Ahmed Nadheem

"ނުވިނަމަ" އަކީ ހަފުތާއަކު އެއް ފަހަރު ގެނެސްދޭން މިހާރުގެ ޓީމުން އުފައްދާފައިވާ "ދޯގެ އޮރިޖިނަލް ސެގްމަންޓެކެވެ." މީގައި ގެނެސްދޭނީ އާދަޔާހިލާފު މަޝްހޫރު ކަމަކާއި މަގްބޫލުކަމެއް އާންމުންގެ މެދުގައި ހޯދައި ހިތްތަކަށް ވާސިލުވެފައިވާ ހުނަރުވެރިންގެ އަހަރެމެންނަށް ނޭނގޭ ހުނަރާއި ހުވަފެންތަކުގެ ވާހަކަ އެވެ.

އުރީދޫއާ ގުޅިގެން ގެނެސްދޭ މި ސެގްމެންޓުގެ މި ހަފުތާގެ ހޮވުމަކީ ކުޅަދާނަ ނެށުންތެރިޔާ ސުނީތާ އަލީ އެވެ. ސުނީތާ މަޝްހޫރު ނެށުންތެރިޔަކަށް ނުވި ނަމަ ދިވެހިންގެ އެންޓަޓެއިންމަންޓުގެ ޑެއިލީ ޑޯޒުން ނިކަން ބޮޑުބައެއް އުނިވީހެވެ. މުނިފޫހިފިލުވުމުގެ ދާއިރާގައި އޮތް ނުލާހިކު ބޮޑު ހުސްކަމެއް މި ވަނީ ސުނީތާގެ ދިގުދެމިގެންދާ ޑާންސް ސްޓެޕްތަކަކުން ފުރައި ފަޅުފިލުވާލަދީފަ އެވެ.

އއ. އުކުޅަހަށް އުފަން ސުނީތާ ނެށުންތެރިޔަކަށް ބަދަލުކޮށްލީ 1995 ވަނަ އަހަރު މާލޭގައި ބޭއްވި "ގެލެކްސީ ޝޯއެއް"ގެ ތެރެއިންނެވެ. އޭގެ ކުރިން ސުނީތާ އަކީ ނަށަން ލަދުގަތް މީހެކެވެ. ނަށަން ޝައުގުވެރިވި އަންހެނެއް ވެސް ނޫނެވެ. އެ ހުރިހާ ލަދަކާއި އަމިއްލަ އީގޯ އެއްފަރާތް ކޮށްލާފައި އޭނާ އެ ދުވަހު ގެލެކްސީގެ މި ޝޯއަކަށް އަރައި ނެށީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟

ސުނީތާގެ ވާހަކަ

ލަވައަކަށް ނަށަން ހަމަޖެހިފައިވީ އަންހެން ކުއްޖާ ނެތިގެން އެ ކުއްޖާގެ ބަދަލުގައި ސްޓޭޖަށް އަރާނެ މީހަކު ނުލިބިގެން އުޅެނިކޮށް އެ ރޯލު ފުރާލަދޭންވީ ނޫން ހެއްޔޭ ކިޔާފައި ގޮސް މީހަކު ސުނީތާ އަށް އާދޭސްކުރުމުންނެވެ. އެ ދުވަހުން ފެށިގެން ސުނީތާ އަހަރެމެން ހެއްވަމުން ރޮއްވަމުން ފޫހިފިލުވައިދެމުން އަންނައިރު ވެސް އަހަރެމެންނަށް އޭނާގެ އާދަޔާހިލާފު މި ކެރިއަރުން ނޭނގި އޮތް ސިފައަކީ މިއީ އެވެ.

ސުނީތާގެ ހިތުގައި އިމެއް ނެތެވެ. މި ބޮޑު ހިތައިގެން އޭނާ އަބަދުވެސް އެންމެ ބޭނުންވީ އެހެން މީހުންނަށް އެހީވާށެވެ. މީހަކު ކަމަކު ބުނެފި ނަމަ އޭނާގެ ފެންވަރުން އަބަދުވެސް އެ މީހަކަށް އެހީތެރިވެދޭށެވެ. އޭނާގެ ނެށުމުގެ ހަޔާތް ވެސް ފެށުނު ސަބަބަކީ މިއީ އެވެ.

އެހެންވީމަ ނެށުންތެރިޔަކަށް ނުވިނަމަ ސުނީތާވުން ގާތީ ކޮން ކަހަލަ މީހަކަށްކަން ލަފާކޮށްލަން މިހާރު އެނގޭނެ ހެއްޔެވެ؟ ރާޅާއެޅުންތެރިޔަކަށް ނޫނެވެ. ރާވެރިއަކަށް ވެސް ނޫނެވެ.

އެކަމަކު މި ވީޑިއޯގައި އޭނާގެ އެ ހުރިހާ ހުވަފެނެއްގެ ވާހަކަ ކިޔައިދޭނެ އެވެ.

Popular