20 Nov 2017

ޝަމްބެގެ އިންޓްރޯ: އަޖާއިބުކުރުވަނިވި ބެރުވެރިޔާ

މިއީ އުމުރުން 23 އަހަރުގެ އަހްމަދު ޝަމާމް ޝަރީފެވެ. އޭނާ އަކީ މިވަގުތު މާލެއިން ހޮވާލެވޭނެ އެންމެ ހުނަރުވެރި އެއް ޕާކަޝަނިސްޓެވެ

މިއީ އުމުރުން 23 އަހަރުގެ އަހްމަދު ޝަމާމް ޝަރީފެވެ. އޭނާ އަކީ މިވަގުތު މާލެއިން ހޮވާލެވޭނެ އެންމެ ހުނަރުވެރި އެއް ޕާކަޝަނިސްޓެވެ

By: Ahmed Nadym

ދެން މިހާރު އެންމެންނަކީ ވެސް ބެރުޖަހައި ނަށައި ލަވަކިޔާ މީހުންނެވެ. ވަކިން ހާއްސަކޮށް މިއަދުގެ ޒުވާނުންގެ މެދުގައި މި ހުނަރުވެރިކަން ބޮޑުވެފައި ޝައުގުވެރިކަމާއި ފޯރި ވެސް ގަދަ އެވެ. އެކަމަކު "އިންޓްރޯ" ގެ މި ފަހަރުގެ ޒުވާން ހޮވުމަކީ އަދި އެއަށް ވުރެން ވެސް ބޮޑު ޓެލެންޓެކެވެ. މި ހުނަރުވެރިއަކީ އަހުމަދު ޝަމާމް ޝަރީފެވެ. ރައްޓެހި ނަމަކީ ޝަމްބެ އެވެ.

އުމުރުން 23 އަހަރުގައި އޭނާ އަކީ މިވަގުތު މާލެއިން ހޮވާލެވޭނެ އެންމެ ހުނަރުވެރި އެއް ޕާކަޝަނިސްޓެވެ. ޕާކަޝަން ޖަހައި ކުޅޭ މިވަރުގެ އާޓިސްޓުންނަށް ބަލާއިރު އޭނާގެ ހުނަރުވެރިކަމަށް އޮތް ޑިމާންޑް ވެސް ވަރަށް ބޮޑުކަން ފާހަގަކޮށްލަން ޖެހެ އެވެ.

ޕާކަޝަން އިންސްޓްރްމަންޓްތަކަށް މިގޮތަށް ހާއްސަވުމުގެ ކުރިން ޝަމްބެ ވެސް އޭނާގެ މިއުޒިކް ކެރިއަރު ފެށީ އެހެން ގިނަ ޒުވާނުން ފަދައިން ބޮޑުބެރުގެ ތެރެއިންނެވެ. ބޮޑުބެރުގެ ބޮޑު އާއިލާއަކަށް ނިސްބަތްވާ މި ޒުވާނާގެ އެންމެ ބޮޑު އިންސްޕިރޭޝަނަކީ އޭނާގެ ބައްޕައެވެ.

ޝަމްބެގެ އިންޓްރޯ. --ވީޑިއޯ އަދި އެޑިޓިން: އަބްދުﷲ އައުރާފް / އަފްޝީން ނަސީރު

މިފަހަރުގެ "އިންޓްރޯ" ވެސް ކިޔުންތެރިންނާ ހަމަ އަށް ގެނެސްދެނީ އުރީދޫ އިންނެވެ. އުރީދޫ އާއި މިހާރު އޮންލައިން ގުޅިގެން "ދޯ" ގައި ގެނެސްދޭ މި ސެގްމަންޓަކީ މި ސިލްސިލާގެ ނުވަ ވަނަ އާޓިސްޓެވެ. ޒުވާން ހުނަރުވެރިންނަށް ހާއްސަކޮށްފައިވާ މި ސެގްމަންޓްގައި ގެނެސްދޭން ހަމަޖެހިފައިވާ އާޓިސްޓުންގެ އަދަދަކީ 12 އެވެ.

Popular