6 Dec 2017

ރާޅުބޯއީގެ ވާހަކަ ވަރަށް ކުރުކޮށް

ރާޅުބޯއީގެ ވާހަކަ ވަރަށް ކުރުކޮށް

By: Nurah Rasheed

އަހުމަދު ނަޒީހޭ ބުނެގެން ނޭނގިދާނެ އެވެ. މިއީ "ރާޅު ބޯއީ" އެވެ. އެންމެ 19 އަހަރުގައި އޭނާގެ އަޑު ގަދަވެގެން ދިޔައީ މިދިޔަ އަހަރު އޮތް ރާއްޖޭގައި އަލަށް ބޭއްވި މޯލްޑިވިއަން އައިޑަލްގެ ޝޯއާ އެކުގަ އެވެ. އެކަމަކު އޭނާ މި ޝޯ އަށް ދިޔައީ ލަވަކިޔުމުގެ ތެރޭގައި އުޅެފައެއް ނޫނެވެ. އުޅުނީ މޫދުގަ އެވެ. ދަނީ ރާޅަށެވެ. އެކަމަކު މޯލްޑިވިއަން އައިޑަލް އަށް ފަހު ލަވަ އިސްވެ ރާޅު ފަސްވީ އެވެ.

މޯލްޑިވިއަން އައިޑަލްގައި ބައިވެރިވެ ގަދަ 10 އާ ހިސާބުން ވަކިވާން ޖެހުނަސް އޭނާ އަކީ އެންމެ މަގުބޫލު އެއް އަޑެވެ. ފޭސްބުކާއި އިންސްޓަގްރާމް ގައި 20،000 އަށް ވުރެ ގިނަ ފޭނުންނާ އެކު އައިޑަލް އަށް ފަހު ވެސް ރާޅު ބޯއީ އެ ދަނީ ކުރިއަށެވެ.

When we were young✌🏿 • • • • #topvocalist #whenwewereyoung #teamraalhu #raalhuboy #hotvoices #vocalist #singing #passion #music #musicislife #adelecover

A post shared by Ahmed Nazykh (@a.nazeek) on

މޯލްޑިވިއަން އައިޑަލްގައި ނަޒީހުގެ ފުރަތަމަ ކިޔާފައި ވަނީ، ލަވަ ކިޔުން މީގެ އެތައް އަހަރެއް ކުރިން ހުއްޓާލާފައި ވިޔަސް އަދިވެސް އެންމެ މަގުބޫލު އަލީ ރަމީޒްގެ "ވާތީ މަ ކައިރީގާ" އެވެ. މޯލްޑިވިއަން އައިޑަލްގެ ޖަޖުން އެ ލަވަޔާ އެކު ނަޒީހަށް ތައުރީފު އޮއްސާލި އެވެ. ނަޒީހުގެ އަޑުގެ ޖާދޫގައި އެތައް ބަޔަކު ޖެހޭނެ ކަމަށާއި ޝޯއިން ވަކިވެގެން ދިޔަ ކަމުގައި ވިޔަސް އެންމެންގެ ލޯބި ލިބޭނެ ކަމުގެ ޔަގީންކަން ދިނެވެ.

ރަނގަޅު ހިސާބަކުން މުބާރާތް ނިންމާލަން ޖެހުނު އިރު "ރާޅު ބޯއީ" ގެ ގޮތުގައި މަޝްހޫރު ވެފައި ވިޔަސް އޭނާގެ ދުވަސް މިހާރު ނިމިގެން ދަނީ މޫދަކު ނޫނެވެ. ކޮންމެ ދުވަހަކުވެސް ހެނދުނު ނަޒީހު އުޅެނީ ލަވަ ކިޔުމާއި މިއުޒިކްގެ ތެރޭގަ އެވެ. އައިޑަލް ޝޯއާ އެކު ދަސްވި ހުނަރުތައް ފަރިތަކުރުމުގަ އެވެ.

Learn to love yourself first , then comes the next #happyfriday

A post shared by Ahmed Nazykh (@a.nazeek) on

އާއިލާގެ ހަތަރު ކުދިންގެ ތެރޭގައި ހުރި ހަމައެކަނި ފިރިހެން މެންބަރު ކަމަށްވާ ނަޒީހު އުޅެނީ ގެސްޓް ހައުސް ވިޔަފާރީގެ މައި ރަށް ކަމަށްވާ ކ. މާފުށީގައި އާއިލާއާ އެކުގަ އެވެ. އާއިލާއިން ހިންގަމުން އަންނަ ގެސްޓް ހައުސްއެއްގައި އޭނާ އަކީ މުހިންމު އެހީތެރިއެކެވެ. އެއީ ނަޒީހު އާމްދަނީއެއް ހޯދަން ކުރާ ކަމެއް ނޫނެވެ. ބޭނުންވަނީ ބައްޕަގެ މަސައްކަތުގައި ލުއިކޮށްދޭށެވެ.

ނަޒީހަކީ އެއް އިރެއްގައި ގެސްޓް ހައުސްގެ ގައިޑެކެވެ. ގެސްޓުން ގޮވައިގެން ޑައިވިން އަށާއި ސްނޯކްލިން އަށް ގޮސް އުޅެ އެވެ. ބައެއް ފަހަރު ވެއިޓަރުކަން ވެސް ކުރި އެވެ. ނަމަވެސް މޯލްޑިވިއަން އައިޑަލް އަށް ފަހު މިހާރު ހަފުތާއަކު ތިން ރޭ ގެސްޓް ހައުސްގައި އޭނާ އަންނަނީ ގެސްޓުންނަށް ޝޯތައް ދެމުންނެވެ. މާލޭގެ ބައެއް ކެފޭތަކާއި ޓީވީ ޝޯތަކުގައި ވެސް ލަވަ ކިޔައިދެ އެވެ.

A post shared by Ahmed Nazykh (@a.nazeek) on

ލަވަ ކިޔުމުގައި ކުރިއަށް ދެވޭނެ ގޮތެއް ރާއްޖޭގައި ނެތް ކަމަށް ގަބޫލުކޮށްގެން ހުރި ނަޒީހަށް މިހާރު އެކަމާ ވަކިވެވޭކަށް ނެތެވެ. މިހާރު އަންނަނީ އޭނާގެ ފުރަތަމަ ސޯލޯ ލަވަ މި މަހުގެ 22 ވަނަ ދުވަހު ރިލީޒްކުރަން ތައްޔާރުވަމުންނެވެ. ލަވައިގެ ނަމަކީ "ރާޅޭ" އެވެ.

Popular