20 Mar 2018

ސެލެބްރިޓީ ޑައިރީ: މުއާއާ ނުލައި ޝާޔަންގެ ވާހަކަ

މި ދެ މީހުން އެކުގައި އުޅުނުއިރު މިއީ އެ ބުނާ "ކަޕްލް ގޯލްސް" އެއް ހެން ހީވި ދެ ބައިވެރިންނެވެ.

މި ދެ މީހުން އެކުގައި އުޅުނުއިރު މިއީ އެ ބުނާ "ކަޕްލް ގޯލްސް" އެއް ހެން ހީވި ދެ ބައިވެރިންނެވެ.

By: Ahmed Nadym

އެކަމަކު އެކްޓަރު އަބްދުﷲ މުއާޒާ ނުލައި ހަގީގަތުގައި ޝާޔަން ޝާހިދުގެ ވާހަކައެއް މިހާރަކު ފުރިހަމައެއް ނުވާނެ އެވެ. ގިނަ ބަޔަކު ދަންނަ މަޝްހޫރު މޫނަކަށް ޝާޔަން ބަދަލުކޮށްލުމުގެ ފަހަތުގައި އޭނާގެ އަމިއްލަ ހުނަރުވެރިކަމާއި ބުރަ މަސައްކަތުގެ ބޮޑު ހިއްސާއެއް އޮތް މިންވަރަށް މުއާގެ ހިއްސާ ވެސް އެބައޮތޭ ބުނަން ޖެހެ އެވެ. ދެ މީހުން އެކުގައި އުޅުނުއިރު މިއީ އެ ބުނާ "ކަޕްލް ގޯލްސް" އެއް ހެން ހީވި ދެ ބައިވެރިންނެވެ.

އެކަމަކު ޝާޔަންގެ މިފަހަރުގެ ސެގްމަންޓް މުއާއާ ނުލަ އެވެ. ޝާޔަން މިއީ ވަރަށް ވެސް މިނިވަން ހިޔާލުގެ އަންހެން ކަނބަލެކެވެ.

1- ކައިވެންޏާ މެދު ދެކޭގޮތް. ރައްޓެހިވެގެން އުޅޭ މީހާއާ އަވަހަށް ކައިވެނިކުރުންތަ މީގައި ރަނގަޅީ ނުވަތަ ދެ މީހުން ރަނގަޅަށް ދަސްވާހާ ދުވަސް އެކުގައި ހޭދަކޮށްފަތަ އިންނަން ޖެހެނީ؟

ޝާޔަން: ތި ސުވާލަށް ޖަވާބު ދޭން ކޮށްލަން ބޭނުންވަނީ ސުވާލެއް. ކޮބައިހެއްޔޭ ދެ މީހުން ދަސްވީއޭ ބުނާނެ ޑިއުރޭޝަން އަކީ. އެގޮތަށް ވަކި ޑިއުރޭޝަނެއް އޮވޭ ހެއްޔޭ މީހަކު ދަސްވާން. އެއް އަހަރުވީމަ ނުވަތަ ދެ އަހަރު ވީމަ މީހަކު ދަސްވެދާނެއޭ. އަޅުގަނޑަކަށް ހީއެއް ނުވޭ މީހަކު ދަސްކުރަން ވަކި ޑިއުރޭޝަނަކަށް ޑިޕެންޑްވާން ޖެހޭ ކަމަކަށް. ފަސް އަހަަރު ނުވަތަ ތިން އަހަރު އެކުގައި އުޅުނަސް މީހެއްގެ ޕާސަނާލިޓީ އެނގޭކަށް މާ ގިނަ ދުވަހެއް ނުނަގާނެ. އެކަމަކު ފަސް އަހަރު އެކުގައި އުޅެފަ ނުވަތަ އެއް މަހު އެކުގައި އުޅެފަ އިންނަ މީހުން ވެސް އެބަތިބި ވަރަށް އަވަހަށް ރުޅިވެފައި. އޭގެ އަނެއްކޮޅުން ގިނަ ދުވަސްތަކެއް ވަންދެން އެކުގައި އުޅެފަ ވެސް.

2- މީހަކު ޕްރޮޕޯޒްކުރި ގޮތާއި އެއްބަސްވިގޮތާއި ރަންކީ ގޮތް ކިޔައިދީބަލަ؟

ޝާޔަން: އަޅުގަނޑުގެ އަމިއްލަ ޕާސަނަލް ލައިފްގެ ވާހަކައެއް ނޫން. އެކަމަކު ކޮންމެ އަންހެން ކުއްޖަކު ވެސް ބޭނުންވާނެ ވަރަށް މެމޮރަބްލް މެރިޖް ޕްރޮޕޯސަލްއެއް ލިބެން. އެކަމަކު ރައިޓް ޕާސަންއެއްގެ ފަރާތުން އެވަރުގެ ހާއްސަ ކަމެއް ނުކޮށްދިނަސް އެ މީހަކު އިންނަން އެހުން އެކަން ވެގެންދާނެހެން ހީވަނީ ވަރަށް ހާއްސަ ކަމަކަށް.

3- ކައިވެނި ޕާޓީއަށް ބޮޑުކޮށް ހޭދަކުރުންތަ މުހިންމީ ނުވަތަ ހަނީމޫނަށް ބޮޑުކޮށް ހޭދަކުރުންތަ މުހިންމީ؟

ޝާޔަން: ބޮޑަށް ރަނގަޅީ ކައިވެނި ޕާޓީއަށް އެހާ ބޮޑު ޚަރަދެއް ނުކުރިއްޔާމު. އެކަމަކު އަލަށް އެ ލިބޭ ފެމިލީ އާއި އަމިއްލަ ފެމިލީ އެކުވެލައިގެން ކޮންމެވެސް ވަރެއްގެ ގެދަރިންއެއް ބޭއްވުން މުހިންމު. އެކަމަކު ހަނީމޫނަށް ބޮޑުކޮށް ހޭދަކޮށްގެން އެކުގައި އެ ހޭދަކުރާ ވަގުތުތައް މާ ހާއްސަވާނެހެން ހީވަނީ.

4- ވަރަށް ލޯބިން އެކުގައި އުޅެފައި، އިނދެގެން އުޅެފައި ވަރަށް އަވަހަށް ވަކިވެގެންދާތަން މިހާރު ފެނޭ. ޒަމާނީ ލޯބީގައި ޖެހޭ އެންމެ ބޮޑު މައްސަލައަކީ ކޮބައިތަ؟

ޝާޔަން: ހީވަނީ ބޮޑަށް ސޯޝަލް މީޑިއާހެން މައްސަލައަކީ. ކުރީގައި ނަމަ މިގޮތަކަށް ނޫން ފްރެންޑުންނާ ދިމާވަނީކީވެސް. އަސްލަށް ގޮސް މީހުންނާ ދިމާވަނީ. އެކަމަކު މިހާރު މީހަކާ ދިމާނުވެ މާ ގިނަ ދުވަހަަކު ހުންނާކަށް ވެސް ނުޖެހޭ. ކޮންމެ މީހަކާ ވެސް ކޮންމެ ދުވަހަކު ހަމަ ވާހަކަ ދައްކާލެވިދާނެ. އެހެންވީމަ ބައެއް މީހުންނަށްވާގޮތަކީ ކުރީގެ ރިލޭޝަންޝިޕްތަކުގައި އުޅުނު މީހުންނާ ވެސް ވާހަކަ ދެއްކެނީ. ގިނަ މީހުން ވެސް ބުނަނީ އާންމުކޮށް މައްސަލައެއް ޖެހޭ ނަމަ މައްސަލައެއް ޖެހިފައި މި ހުންނަނީ ސޯޝަލް މީޑިއާގެ ތެރެއިން ކަމެއް ދިމާވެގެންނޭ.

ހަމައެކަނި ސޯޝަލް މީޑިއާއެއް ވެސް ނޫން. އޭގެ އިތުރުން ޓްރަސްޓް އަކީ ވެސް ވަރަށް ބޮޑު މައްސަލައެއް. މިސާލަކަށް ކޮންމެ މީހަކާ ވާހަކަ ދެއްކިޔަސް ދެ މީހުންގެ ދެމެދުގައި އޮންނަ ޓްރަސްޓް އޮވެއްޖެއްޔާމު އެއްވެސް ކަމަކަށް އަސަރެއް ނުކުރާނެ.

5- އެކުގައި އުޅޭ ބައިވެރިޔާއާ މައްސަލަ ޖެހޭހެން ހީވާ ނަމަ ނުވަތަ މައްސަލައެއް ޖެހިއްޖެ ހާލަތެއްގައި އަމަލުކުރާ ގޮތް ކިޔައިދީބަލަ؟

ޝާޔަން

ޝާޔަން: މައްސަލައެއް ޖެހޭނީ ކޮންމެވެސް ކަމަކާތާދޯ. އެހެންވީމަ އެ ކަމަކަށް ވާހަކަ ދައްކާނީ. ދެ ފަރާތުން ވެސް ވާހަކަ ދައްކައިގެން އެ ކަމެއް ހައްލުކުރެވޭތޯ ބަލަނީ ޝާޔަންވެއްޖެއްޔާމު އަވަހަށް. ވަރަށް ބަލަން އެ މައްސަލައެއް ދިގުދަންމާ ނުލެވޭތޯ. އެދުވަހުން އެދުވަހަކަށް އެ ކަމެއް ހައްލުކުރަން. އެ މައްސަލައެއް ހައްލުކޮށްފައި ހަމަޖެހިލައިގެން ނިދާލެވޭތޯ ބަލަން ވަރަށް.

6- ޒަވާޖީ ހަޔާތުގައި ކަންކަން ނިންމައި ބަސް ބުނުމުގެ އިހްތިޔާރާއި ބާރު އަމިއްލަ އަށް އޮންނަނީ ކިހާ ވަރަކަށްތަ؟

ޝާޔަން: އަންހެނޭ ކިޔާފައި ވަކި ތަފާތު ގޮތެއް އޮވެގެން ނުވާނެ. މިޒަމާނުގައި ގިނައިން ފެންނަނީ ވެސް ވޯކިން ކަޕްލްސް. އަންހެން މީހާ ވެސް ފިރިހެން މީހާ ވެސް ވޯކްކުރާނެ. ދެން ކޮންމެ ގޮތެއްވިޔަސް ފިރިހެން މީހާގެ ދައުރު ބޮޑުވާނެ. އެކަމަކު ކަންކަން ނިންމާއިރު ދެ މީހުންގެ ހިޔާލާ އެކުގައި ނަގާ ޑިޒިޝަނެއްވެއްޖިއްޔާމު އެކަން ވެގެންދާނީ ދެ މީހުންގެ ރިލޭޝަންޝިޕް ވެސް ސްޓްރޯންވާން އެޅޭ ފިޔަވަޅަކަށް. ވަކި މީހަކު ބޭނުންވާ ގޮތަކަށް ނޫނޭ ކަންކަން ނިންމަން ޖެހޭނީ.

7- ވަރިވުމުގެ ވިސްނުން އަންނަން ޖެހޭ ހިސާބަކީ ކޮބައި ކަމަށް ގަބޫލުކުރަނީ؟

ޝާޔަން: ވަރިވުމަކީ ދަ ލާސްޓް ތިންގް. ރިލޭޝަންޝިޕެއްގައި އެއްވެސް ގޮތެއް ނެތިގެން އެންމެ ލާސްޓް ޑިޒިޝަންއަށޭ ވަރި ވާން ޖެހޭނީ. ވަރި ވެގެން ނުވާނެ ފުރަތަމަ ކަމަކަށް ހަދައިގެން. ވަރިވެއްޖެ ނަމަ އޭގެ މާނަ އަކީ ދެ ވަނަ ފަހަރަށް ދެ މީހުން އަލުން އިނުމުގެ ސަބަބެއް ވެސް އޮވެގެން ނުވާނެއޭ. އެހާވަރަށް ޔަގީންވެފައޭ ވަރިވާން ޖެހޭނީ.

8- ބޭވަފާތެރި، އަނިޔާ ލިބޭ ރިލޭޝަންޝިޕްތަކުގައި ބައެއް މީހުން އުމުރު ދުވަސް ހޭދަކުރާތަން ވެސް ފެނޭ. ސަލާމަތްވާން އުނދަގުލީތަ ނުވަތަ ނުކުންނަން ބޭނުންނުވަނީތަ؟

ޝާޔަން: ބައެއް ފަހަރު ވާގޮތަކީ އެކަހަލަ ރިލޭޝަންޝިޕެއްގައި އުޅޭ މީހަކަށް ބިރުވެރިކަން އޮންނަނީ އެމީހެއްގެ ކިބައިން ސަލާމަތްވާން މަސައްކަތްކުރާއިރު. ދުރުވެއްޖެއްޔާމު އަނެއްކާވެސް އެމީހެއްގެ އުނދަގޫ ޖެހޭނެއޭ ބައެއް ކުދިން ހީކުރަނީ. އެކަމާ ބިރުން އުޅޭ މީހުން ވެސް އުޅޭ. އެހެންވީމަ ދުރުވާން ވެސް އުނދަގޫވޭ. ދެން ފެނޭ ކުދިންނަށްޓަކައި ވެސް ބައެއް މީހުން ތިބޭތަން. އެކަމަކު ކުދިން ތިއްބޭ ކިޔާފައި އެބިއުސިވް ރިލޭޝަންޝިޕެއްގައި ހުންނާކަށް ނުޖެހޭނެ އަސްލު އަޅުގަނޑު ދެކޭ ގޮތުގައި. ކުއްޖަކަށް އެންމެ ރަނގަޅުވާނީ އެ ކުއްޖާގެ މަންމަ އާއި ބައްޕަ އެކުގައި އުޅުން. އެކަމަކު އެބިއުސިވް ރިލޭޝަންޝިޕްގެ އަސަރު ކުއްޖާ އަށް ކުރާ ނަމަ އެއަށް ވުރެ ރަނގަޅުވާނެ ދެ މީހުން ވެސް ސެޕަރޭޓްވެގެން ދެ މީހުން ވެސް ހެޕީ ލައިފެއްގައި އުޅޭތަން ކުއްޖާ އަށް ފެނުން.

9- ދުވަހަކުވެސް ރިލޭޝަންޝިޕެއްގައި އެފަދަ އަނިޔާއެއް ނުވަތަ ކެއްސެއް ލިބިފައިވޭތަ؟

ޝާޔަން: ތިޔަކަށް ނޭނގޭ ދޭނެ ޖަވާބެއް.

10- ވަރިވުމަށް ފަހު ނުވަތަ ލޯބިވެރިޔަކާ ރުޅިވުމަށް ފަހު ގެޓްއޯވާވާން ކިހާ ވަގުތެއް ބޭނުންވާ މީހެއްތަ ތިއީ؟

ޝާޔަން: ބްރޭކަޕަކީ އީޒީ ކަމެއް ނޫން ޝާޔަންއަކަށް. ވަރަށް އުނދަގޫކަމެއް އެއީ ގެޓް އޯވާ ވާން. އެކަމަކު އަމިއްލަ ލައިފް އެހެން ކަންކަމާ އެކު ބިޒީކޮށްލީމަ، އެކަމަކާ ދޭތެރޭ އެހާ ބޮޑަކަސް ނުވިސްނީމަ ވަގުތާ އެކު ހީލްވެގެންދޭ. އެކަހަލަ ގޮތަކަށް ދިމާވަނީ. އެންމެފަހުން މީހާ އެޖަސްޓްވާނެ އެކުގައި އުޅެން ވެސް. އެކަމަކު ނުބުނާނަން އެހާ ފަސޭހައިން ގެޓްއޯވާވެއެކޭ.

11- އަލުން ރިލޭޝަންޝިޕަކަށްދާއިރު ވިސްނާ ކަންކަމަކީ ކޮބާ؟

ޝާޔަން: އިން މައި ކޭސް، އެންމެ ބޮޑު ޕްރިއޯރިޓީއެއް ދޭނީ ދަރިފުޅަށް. އެ ކުއްޖާ އަށް ދެރައެއް ލިބޭނެ ގޮތަކަށް އެއްވެސް ރިލޭޝަންޝިޕަކަށް ނުދާނަމޭ. ދެން ޑިވޯސްއަކަށް ފަހު ނަމަ ވަރަށް ބައިވަރު އެކްސްޕީރިއަންސް ލިބިފައި ދޯ ހުންނާނީ ކިހިނެތްވީމަކަން ރިލޭޝަންޝިޕެއް ވޯކްނުކުރާނީ. އެހެންވީމަ އެ މައްސަލަތަކަށް ބަލައިގެން ދާނީ.

12- އަވަހަށް ކުދިން ހޯދައިގެން ކުދިންނަށް ވަގުތު ދޭންތަ ބޭނުންވަނީ ނުވަތަ އަމިއްލަ ކެރިއަރަށް ވަގުތު ދީފައި ކުދިން ހޯދަންތަ ބޭނުންވަނީ؟

ޝާޔަން: އެކި މީހުންގެ ޖަވާބު މީގައި ތަފާތުވެދާނެ. އެކަމަކު ޝާޔަން ގަބޫލުކުރާ ގޮތުގައި ނަމަ ފުރަތަމަ ކެރިއާގައި ވަކި ހިސާބަކަށް ދާން ކަނޑައަޅައިގެން ފަހުން ކުދިން ހޯދިއްޔާމު އެ ކުއްޖާ އަށް ވަގުތު ދޭން ވެސް މާ ފަސޭހަވާނެ. އެކަމަކު ކުއްޖަކު ހޯދައިގެން ކިޔަވަން ނުވަތަ ކެރިއާއެއް ބިލްޑްކުރަން އުޅެންވެއްޖެއްޔާމު ކުއްޖާ އަށް ދޭން ޖެހޭ ޓައިމް ވެސް ނުދެވިފަ އޮންނާނީ ގިނަފަހަރަށް. ދެން އަނެއްކޮޅުން ކުއްޖަކު ލިބުމަކީ މީހެއްގެ ކެރިއާ ހުއްޓުމަކަށް އަންނަން ޖެހޭވަރުގެ ކަމެއް ވެސް ނޫން. ކުއްޖާ އަށް ރަނގަޅަށް ވަގުތު ދެމުން ވެސް ކެެރިއާ ބިލްޑްކުރެވިދާނެ.

13- އަންހެނުން ބަލިވެއިނުމުން ނުވަތަ ކުދިން ލިބުމުން އެހާ ގިނަ ފިރިހެނުން އެމީހުންނަށް ބޭވަފާތެރިވަނީ ކީއްވެގެން ކަމަށް ގަބޫލުކުރަނީ؟ ފޫހިވަނީތަ އަނބިމީހާދެކެ؟ ބާ ވަނީތަ؟

ޝާޔަން

ޝާޔަން: ކުދިން ލިބުނީމަ ކުއްޖާ ވަރަށް އިމްޕޯޓެންޓްވޭ ދެ މީހުންގެ ރިލޭޝަންޝިޕްގައި ވެސް. އެކަމަކު އޭގެ ކުރިން ދެ މީހުން އެކަނި ދޯ ކަންތައްތަކާ ވިސްނާނީ. ނުވަތަ ދެ މީހުން ވިސްނަން ޖެހޭނީ ދެ މީހުންނާ މެދުގައި އެކަނި ކުރިން. އެކަމަކު ކުއްޖަކު ލިބުނީމަ ފޯކަސް ބޮޑަށް ދާނީ ކުއްޖާއަށްހެން ހީވަނީ. އެހެންވެގެން ގޮސް ދެ މީހުންގެ ރިލޭޝަންޝިޕަށް ދޭން ޖެހޭ ޓައިމްގެ މަތިން ހަނދާންނެތެނީހެން ހީވަނީ ގިނަފަހަރަށް. އެކަމަކު އޭތި ބެލެންސް ކުރަން އެނގިއްޖެ ނަމަ ރަނގަޅުވާނެ ހީވަނީ. ދެން ބާވުމާއި އާވުން އެއީ ވިސްނުމުގެ މައްސަލައެއްހެން އަޅުގަނޑަށް ހީވަނީ. ލޯބިވާ މީހަކަށް ބަލެއް ނުވާނެ ދުވަހަކުވެސް.

14- ކުދިން ލިބުނީމަ އެންމެ ރަނގަޅު ގޮތަކީ މަންމަ ވަޒީފާއަކަށް ނުގޮސް ގޭގައި މަޑުކޮށްލުންތަ ނުވަތަ ކުއްޖާގެ މާމައަކާ ނުވަތަ މެއިޑަކާ ދަރިފުޅު ހަވާލުކޮށްފައި ޖޮބުގައި އުޅުންތަ؟

ޝާޔަން: ދިރިއުޅުމުގެ މިހާރުގެ ހާލަތްތަކަށް ބަލައިފި ނަމަ ދެމަފިރިން ވެސް މަސައްކަތްކުރަން ޖެހޭ ގޮތަކަށް އުޅެން ޖެހިފައި މި ވަނީ. މާލޭގައި ނަމަ ކުލި ދައްކައި އެހެން ޚަރަދުތަކާ އެކު ދިރިއުޅުން ނުވޭ އެހާ ފަސޭހަ ކަމަކަށް ގިނަ ކަޕްލްސްތަކަށް. އެހެންވީމަ އަސްލު ކެރިއާގައި ވަކި ހިސާބަކަށް ދެވުނީމަ ކުއްޖަކު ހޯދުން ވެސް މުހިންމީ. ދެން ސުވާލަކީ ކުއްޖާ ހަވާލުކުރާނީ މެއިޑަކާތޯ ނުވަތަ މާމައާތޯ. އަސްލު އެއިން އެކަކާ ވެސް ހަވާލުނުކޮށް ދެމަފިރިން ރަނގަޅަށް ވަގުތު ބަހާލައިގެން ވެސް ދަރިފުޅު ބެލިދާނެ.

Popular