16 Jan 2018

އެންމެ ސަޅި ފަސް ފިލްމު: ޑައިރެކްޓަރު ނަހޫގެ ހޮވުން

ނަހޫ އަކީ ބެލުންތެރިން ރޮއްވަން މަޝްހޫރު ޑައިރެކްޓަރެކެވެ. އޭނާގެ މި ލިސްޓަކީ ފަހަރުގައި އޭނާ ރޮއްވާލި ފަސް ފިލްމެވެ.

އެންމެ ސަޅި ފަސް ފިލްމު: ޑައިރެކްޓަރު ނަހޫގެ ހޮވުން

ނަހޫ އަކީ ބެލުންތެރިން ރޮއްވަން މަޝްހޫރު ޑައިރެކްޓަރެކެވެ. އޭނާގެ މި ލިސްޓަކީ ފަހަރުގައި އޭނާ ރޮއްވާލި ފަސް ފިލްމެވެ.

By: Ahmed Nadym

ޑައިރެކްޓަރު ފާތިމަތު ނަހުލާ އަކީ ދިވެހި ސިނަމާގައި އެންމެ ނުފޫޒުގަދަ އެއް ޑައިރެކްޓަރެކެވެ. އަދި ޔަގީނަށް ވެސް އެންމެ ވިޔަފާރި ރަނގަޅު ފިލްމު ޑައިރެކްޓަރަކީ މިއީ އެވެ. އޭނާ ގެނެސްދިން ދިވެހި ފިލްމެއް މިހާތަނަށް ފްލޮޕްވެފައި ނުވާއިރު ކޮންމެ ފިލްމަކީ ވެސް އެ ދުވަސްވަރަކާ ދިމާކޮށް ރިކޯޑްތަކެއް މުގުރި ފިލްމުތަކެވެ. ވަކިން ހާއްސަކޮށް އަންހެން ޑައިރެކްޓަރުން މަދު ދިވެހި ސިނަމާގައި އޭނާ ތަކުރާރުކުރަމުން އަންނަ ކާމިޔާބީތައް ފާހަގަކޮށްލެވެ އެވެ.

އެކަމަކު ދެން މި އޮތީ ނަހުލާގެ ކާމިޔާބީގެ ލިސްޓެއް ނޫނެވެ. ތިރީގައި މި އޮތީ އޭނާ ބެލި ފިލްމުތަކުގެ ތެރެއިން އޭނާ އަށް އެންމެ ކަމުދިޔަ ފިލްމުތަކުގެ ތެރެއިން ޓޮޕް ފައިވެވެ. ނަހޫ އަކީ ބެލުންތެރިން ރޮއްވަން މަޝްހޫރު ޑައިރެކްޓަރެކެވެ. އޭނާގެ މި ލިސްޓަކީ ފަހަރުގައި އޭނާ ރޮއްވާލި ފަސް ފިލްމެވެ.

1- ދަ ނޯޓްބުކް

ނިކް ކެސޭވްޓީޒްގެ މި ފިލްމަކީ ކިޔުންތެރިންގެ މެދުގައި މަގްބޫލު ރޮމޭންޓިކް ޓްރެޖެޑީ ވާހަކަލިޔުންތެރިޔާ ނިކޮލަސް ސްޕާކްސްގެ އެންމެ މަޝްހޫރު އެއް ވާހަކައަށް އުފައްދާފައިވާ ފިލްމެކެވެ. މިއީ އަންހެން ކުދިންގެ މެދުގައި މަގްބޫލް އެކްޓަރު ރަޔަން ގޮސްލިން ދުނިޔެ އަށް މަޝްހޫރުކޮށްލި ފިލްމެވެ. އޭނާއާ އެކު މި ފިލްމުން ފެނިގެންދާ ކޯސްޓާރަކީ ރޭޗަލް މެކްއޭޑަމްސް އެވެ.

ދަ ނޯޓްބުކް ޓްރެއިލާ

ނަހޫ ބުނަނީ އޭނާ އަށް މި ފިލްމު އެންމެ ކަމުދިޔައީ އޭގެ ލަވްސްޓޯރީ ކިޔައިދީފައިވާ ގޮތުންނެވެ. ފިލްމުގައި ދައްކުވައި ދެނީ އުމުރުން ދުވަސްވެފައިވާ ދެ މީހެއްގެ ރަންޒަމާނުގައި ހިނގާފައިވާ ލޯބީގެ އަސަރުގަދަ ހާދިސާތަކެކެވެ.

2- ޓައިޓޭނިކް

ނަހޫ އަށް އެންމެ ކަމުދާ ފިލްމުތަކުގެ ތެރޭގައި ރޮމޭންސާ ގުޅުން ބޮޑު ފިލްމުތައް ގިނަވުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. ނަހޫގެ އިސްޓައިލަކީ ވެސް މިއީ އެވެ. އެންމެ ކަމުދިޔަ ފިލްމުތަކުގެ ތެރެއިން ދެން އޭނާގެ ހޮވުމަކީ ޖޭމްސް ކެމަރަންގެ ރިކޯޑްބްރޭކިން މޫވީ "ޓައިޓޭނިކް" އެވެ.

ޓައިޓޭނިކް ޓްރެއިލާ

ލިއަނާޑޯ ޑިކެޕްރިއޯ އާއި ކޭޓް ވިންސްލެޓް މުޅި ދުނިޔެ އަށް މަޝްހޫރުކޮށްލި މި ފިލްމަކީ ފިލްމު ނުބަލާ މީހުން ވެސް ހިތުދަސް ފިލްމެކެވެ. މިއީ މިހާތަނަށް ބޮކްސް އޮފީސް ތާރީޚު ދުށް އެންމެ ވިޔަފާރި ރަނގަޅު އެއް ފިލްމެވެ.

3- ހަމް ދިލް ދޭ ޗުކީ ސަނަމް

މިއީ ބޮލީވުޑްގެ ލަވް-ޓްރޭންގަލް ފިލްމުތަކަށް ބަލާއިރު އެންމެ މަޝްހޫރު އަދި އެންމެ ގިނަ ބަޔަކަށް ކަމުދިޔަ އެއް ލޯބީގެ ފިލްމެވެ. ސަންޖޭ ލީލާ ބަންސާލީގެ ކެރިއަރުގެ ކުރީކޮޅުގައި އޭނާ ގެނެސްދިން މި ފިލްމުގެ ތަރިންނަކީ ސަލްމާން ޚާން އާއި އަޖޭ ދޭވްގަން އަދި އައިޝްވާރިޔާ ރާއީ އެވެ. މިއީ ހަމަ ހިތްތައް ކުދިކުދިކޮށްލާހާ އަސަރުގަދަ ލޯބީގެ ފިލްމެކެވެ.

ހަމް ދިލް ދޭ ޗުކީ ސަނަމް

4- ދިލް

އަނެއްކާވެސް ރޮމޭންޓިކް ޑްރާމާއެކެވެ. އިންދްރަ ކުމާރު ޑައިރެކްޓަރެއްގެ ގޮތުގައި ބޮލީވުޑަށް ނުކުތް މި ފިލްމަކީ އާމިރު ހާން ވެސް ބޮލީވުޑުގައި ތަރިއަކަށް ބަދަލުކޮށްލި ފިލްމުތަކުގެ ތެރެއިން މުހިންމު ފިލްމެކެވެ. އާމިރުއާ އެކު ދެން މި ފިލްމުން ފެނިގެންދަނީ މާދުރީ ޑިކްޝިޓް އެވެ. މިއީ 90ގެ ކުރީކޮޅު އިންޑިއާ އާއި މުޅި ދެކުނު އޭޝިއާގައި ވެސް ވަރަށް ބޮޑަށް މަޝްހޫރު ވެގެންދިޔަ ރޮމޭންޓިކް ޑްރާމާއެކެވެ.

ދިލް ގެ ޓްރެއިލާ

5- އަކޭލޭ ހަމް އަކޭލޭ ތުމް

ޑައިރެކްޓަރު މަންސޫރު ހާން އަކީ ނަހުލާގެ ފިލްމީ ހަޔާތުގެ ބޮޑު އިންފްލުއެންސެކޭ ބުނެވިދާނެ އެވެ. ގަޔާމަތުސޭ ގަޔާމަތު ތަކް އާއި އަކޭލޭ ހަމް އެކޭލޭ ތުމް ފަދަ ފިލްމުތަކަކީ ނަހުލާގެ ފެވަރިޓް ފިލްމުތަކުގެ ލިސްޓުގައި ގިނަ ތަރި ލިބޭ ފިލްމުތަކެވެ. އެގޮތުން ބަލާއިރު ވެސް ނަހޫ ބުނަނީ އަކޭލޭ ހަމް އަކޭލޭ ތުމް އަކީ އޭނާގެ ލޯބީގެ ވާހަކަ އަށް ބަލާއިރު މާ ބޮޑަށް ކަމުދާ ފިލްމެއް ކަމަށެވެ.

މި ފިލްމުގެ ތަރިންނަކީ އާމިރު ހާނާއި މަނީޝާ ކޮއިރަލާ އެވެ. މި ފިލްމަކީ ދެމަފިރިއެއްގެ ޒަވާޖީ ހަޔާތް ރޫޅި އޭގެ ނޭދެވޭ އަސަރު ދަރިފުޅަށާއި ދެން ތިބޭ މީހުންނަށް ކުރާ ގޮތް ދައްކުވައިދޭ އަސަރުގަދަ ފިލްމެކެވެ.

ދިވެހި ޑައިރެކްޓަރުން ދިވެހި ފިލްމް ފާތިމަތު ނަހުލާ

Popular