23 Mar 2018

ރޫޅައިއަޅައިލުމާއި ސްޓާ ކޮލިޓީ އާއި ފުލްޕެކޭޖް، ސަޅިއޭ!

ރޫޅައިއަޅައިލުމާއި ސްޓާ ކޮލިޓީ އާއި ފުލްޕެކޭޖް، ސަޅިއޭ!

By: Aishath Maaha

މޯލްޑިވިއަން އައިޑޮލްގެ ޖަޖިން ޕެނަލުން ފެންނަ ޖަޖުންނަކީ ކޮމެންޓު ކުރުމުގައި ޔުނިކް ބަސްތަކެއް ބޭނުންކުރާ ބައެކެވެ. އައިޑޮލްގެ ކޮންމެ ސީޒަނެއްގައި ވެސް ޖަޖުން އެކި ބަސްތައް ބޭނުންކޮށް އެބަސްތައް މަޝްހޫރުވެ ޖަޖުންނަށް ވެސް އިތުރު މަޝްހޫރުކަމެއް ލިބެ އެވެ.

އެގޮތުން މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަން ނިމުނު އިރު އެ ސީޒަންގެ ތިން ޖަޖުންގެ އާންމު ތިން ބަހެއް ވަރަށް ބޮޑަށް މަޝްހޫރުވި އެވެ. އެ ބަސްތަކަކީ މަރިޔަމް އުނޫޝާގެ "އޮބިނެސް ޓު ދަ މެކްސް" އާއި އަހްމަދު އިބްރާހިމް (އައްމަޑޭ)ގެ "ފަޅާލަބަލަ" އަދި އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ)ގެ "ތަފާތު" މި ތިން ބަހެވެ.

އައިޑޮލްގެ ދެ ސީޒަން ނިމި ތިން ވަނަ ސީޒަންގެ ވެސް އެންމެ ފޯރިގަދަ ހިސާބަށް މިހާރު އައިސްފައި ވާއިރު ޖަޖުން އާންމުކޮށް ބޭނުންކުރާ ބަސްތަކެއް މިވަނީ އާންމުވާން ފަށައިފަ އެވެ. ޓުވިޓާގައި ވެސް ގިނަ ބަޔަކު އަންނަނީ މި ބަސްތައް ބޭނުންކުރަމުންނެވެ.

އައްމަޑޭ. --

އެގޮތުން އެންމެ ބޮޑަށް ފާހަގަކުރެވުނު ބައެއް ބަސްތަކުގެ ތެރޭގައި ހިމެނެނީ "އިރާލަބަލާށޭ" އަދި "ރޫޅާއަޅާލީ" އެވެ. މިއީ ޖަޖު އައްމަޑޭ، ލަވައެއް ކިޔާލަ ބަލާށޭ ބައިވެރިންގެ ގާތުގައި ބުނަން މީގެ ކުރިން ބޭނުންކުރަމުން އައި "ފަޅާލަ ބަލާށޭ"ގެ ބަދަލުގައި ބޭނުން ކުރަން ފަށާފައިވާ ބަސްތަކެކެވެ. އޭގެ އިތުރުން "ސްޓާ ކޮލިޓީ" އަދި "ފުލް ޕެކޭޖް" ވެސް މިހާރު އެބަ ވައިގައި ހިފަ އެވެ.

އުނޫޝާ

"އޮބިނެސް ޓު ދަ މެކްސް" އާ އެކު އުނޫޝާ ބޭނުންކުރަމުން އަންނަ "އަމައިޒިން" އަކީ ވެސް ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ ބަހެކެވެ. އަދި "ވަރަށް ކަމުދޭ" ވެސް މި ފަހަކަށް އައިސް އެބަ މަޝްހޫރުވެ އެވެ.

ދެން އޮތީ ޒާރާ ބޭނުންކުރަމުން އަންނަ "ސަޅި" އާއި "ތި ލަވަ ސަޅި އޭ" ނުވަތަ "ތި ކިޔާލީ ސަޅިކޮށްނޭ" އެވެ.

އަދިވެސް ސަޅި ބަސްތައް އަންނާނެ ކަމަށް ބަލަން ހިނގާށެވެ.

މޯލްޑިވިއަން އައިޑޮލް މޯލްޑިވިއަން އައިޑޮލް ސީޒަން 3

Popular