By: Nurah Rasheed
މި މަހު 18 އިން 28 އަށް ސްރީ ލަންކާގައި ބާއްވާ "ގިޓާ އެންޑް ފޯކް މިއުޒިކް ފެސްޓް 2018" ގައި، ރާއްޖޭގެ މަޝްހޫރު މެޓަލް ގިޓަރިސްޓް ޝަހީދް ލެގަސީ ޕާފޯމް ކުރާނެ އެވެ ސްރީ ލަންކާގެ ތިން ސިޓީއެއްގައި ހަ ޔުނިވާސިޓީއަކާއި ދެ ސެންޓަރެއްގެ ޝޯތައް ދޭނެ އެވެ. ވެރިރަށް ކޮލަމްބޯގައި ކުޅޭ ކޮންސަޓް އޮންނާނީ ރަޝިއާ އެމްބަސީގަ އެވެ.
ރާއްޖެ ތަމްސީލް ކޮށްދޭ ޝަހީދުގެ އިތުރުން މި ފެސްޓިވަލްގައި ރަޝިއާ ތަމްސީލް ކޮށްދެނީ ދެ ޕްރޮފެސަރުން ކަމަށްވާ ޔޫރި އަދި އަނާ އެވެ. މިދެ ޕްރޮފެސަރުންވަނީ ކްލެސިކަލް ގިޓާގެ ދާއިރާއިން އެކި ކަހަލަ އިންޓަނޭޝަނަލް އެވޯޑްތައް ވެސް ހޯދައިފަ އެވެ.
އިންޑިއާ ތަމްސީލް ކޮށްދޭން ބައިވެރިވަނީ އަދިތުޔަ ގާންދީ އެވެ. މީގެ އިތުރުން ފަލަސްތީން އަދި ޕާކިސްތާނުގެ ކުޅަދާނާ އާޓިސްޓުން ބައިވެރިވެ އެވެ.
ފެސްޓިވަލް ބަލަން ހިލޭ ވަދެވޭނެ އެވެ. އަދި މީގެ އިިތުރުން ހުރިހާ އާޓިސްޓުން ގުޅިގެން ސްރީ ލަންކާގެ އެލިއަންސް ފްރަންސެސްގައި ވޯކްޝޮޕްތަކެއް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ.