20 Feb 2019

By: Shamila Ibrahim

ރާޅު މަރިޔަނބުގެ ނަމުން މަޝްހޫރުވެ، އައިޑޮލްގައި ވިދާލި މަރިޔަމް މައީޝާ (މައީ) ތައްޔާރުވަމުން އަންނަނީ މިއުޒިކްގެ ބޮޑު ޕްލެޓްފޯމެއްގައި ޕާފޯމް ކުރާށެވެ. އެއީ އިންޓަނޭޝަނަލް ފެންވަރުގެ ފުރަތަމަ މިއުޒިކް ކޮލަބޮރޭޝަނަށް ސްރީލަ ންކާއަށް ފުރަން ތައްޔާރުވަނީ އެވެ.

މޯލްޑިވިއަން އައިޑޮލްގެ ސީޒަން ތިނަކުން ލޯބި ހޯދި، 22 އަހަރުގެ މައީ ބުނީ މިއުޒިކާ ގުޅުން ހުރި ސަޕްރައިޒް ޕްރޮޖެކްޓެއް ވެސް ވަރަށް އަވަހަށް އާންމުކުރަން ނިންމާފައިވާ ކަމަށެވެ. މިއުޒިކުގެ ދުނިޔެއިން މި ތަރި ގެއްލުނީކީ ނޫނެވެ.

މިފަހަރު މި ގެނެސްދެނީ މައީއަށް އެންމެ ރީތި ފަސް ލަވައިގެ ލިސްޓެކެވެ. މި ލިސްޓްގައި އިނގިރޭސި ލަވަތައް ގިނައިން ހިމެނީ ކުޑައިރުއްސުރެ އެ ލަވަތަކާއި އަލްބަމްތައް އިވި، ދިވެހި ލަވަތަކަށްވުރެ ބޮޑަށް ބޭރު ލަވަތަކަށް ހިތްޖެހިފައިވާތީއެވެ.

1. ސްމޫތު އޮޕަރޭޓާ - ޝާޑޭ

ލިސްޓްގެ އެންމެ ކުރިއަށް މައީ ލީ މި ލަވައެވެ. އޭގެ އެއް ސަބަބަކީ މި ލަވަކިޔައިފައިވާ ލަވަކިޔުންތެރިޔާ ޝާޑޭގެ ލަވަތަކުން މައީ ލަވަ ކިޔަން ބޭނުންވާ ސްޓައިލް ފެންނާތީއެވެ. ލަވައިގެ ދުނިޔޭގައި ޝާޑޭއަކީ ވަރަށް ބޮޑު އިންސްޕިރޭޝަނެއް ކަމަށް ވެސް ބުންޏެވެ.

2. ބޮހޭމިއަން ރެޕްސަޑީ - ކްއީން

މައީ ބުނީ އޭނާއަށް މި ލަވަ ރީތިވީ މި ލަވައިގެ "ހާޓް ޓަޗިން" މިއުޒިކާ ލިރިކްސްގެ ސަބަބުން ކަމަށެވެ.

"މިއީ ޓެކްނިކަލީ މިއުޒިކަށް ވިސްނަންޏާ ހަމަ ވަރަށް މޮޅު ލަވައެއް. މި ގޮތަށް މި ލަވަކިޔަން މިކަހަލަ ބްރިލިއެންޓް އައިޑިއާއެއް އައީ ކިހިނެއްބާ އޭ ވެސް ހިތަށް އަރާ"

3. ޒީރޯ ޑިގްރީގެ ލަވަތައް

ޒީރޯ ޑިގްރީގެ މަގުބޫލްކަން މައީމެންގެ ކުޑައިރު ވެސް ބޮޑުކަމަށް ބުންޏެވެ. އަދިވެސް އެ ބޭންޑުގެ ލަވަތަކުން ހިތްތަކާ ކުޅެލައެވެ.

"ޒީރޯ ޑިގްރީގެ ހުރިހާ ލަވަތަކެއްވެސް ހަމަ ވަރަށް ރީތި. އެމީހުން (ނާޝިދު) ކިޔާފަ ހުރި އިނގިރޭސި ލަވަތައްވެސް ހަމަ ޕާފެކްޓް. އެއީ އޭރު މައީގެ ސްޓައިލްގައި އިވުނު ދިވެހި ލަވަތަކަކީވެސް"

4. ޕިންކް ފްލޮއިޑްގެ ހުރިހާ އަލްބަމެއް

މި ބޭންޑްގެ ވަކި އަލްބަމްއެއް ސްޕެސިފިކް ނުކޮށް، މައީ ބުނީ އޭނާއަށް މީ ވަރަށް ގާތް ބޭންޑެއް ކަމަށެވެ.

ބޭންޑްގެ ހުރިހާ އަލްބަމް ތަކަކީވެސް މައީގެ ފޭވަރިޓްސްއެވެ. މިއުޒިކްގެ ގޮތުން މީ ހަމަ އެއްވަނައެވެ.

5. ބޮބް މާލީގެ ހުރިހާ ލަވަތަކެއް

މިއީވެސް މައީގެ ފޭވަރިޓް އާޓިސްޓެކެވެ. ބޮބްގެ ހުރިހާ ލަވައެއް ޝާމިލްކޮށްލަމުން ލިސްޓުގެ ނިންމާލީ ބޮބްގެ ހުރިހާ ލަވައަކަށް ތައުރީފް ކުރަމުންނެވެ.

"އަދިވެސް ބޮބްގެ މިއުޒިކް އަހަރެމެން އެންމެންގެވެސް ހިތުގައިވަނީ ތާޒާ ކަންމަތީ"

މައިޝާ (ރާޅު މަރިޔަނބު)

Popular