16 Nov 2019

ރެޔަށްވުރެ އަނދިރި

ރެޔަށްވުރެ އަނދިރި

"މިއަންނަނީ." އަލީޝާ މަސައްކަތްކުރީ ޖާވީންގެ މޫނަށް ނުބަލާށެވެ. ބިރެއް ފެނގެން ތެޅިގަނެވުނުހެން އަލީޝާގެ ހަރަކާތްތައް އަވަހެވެ. ކޮޓަރިއަށް ވަދެ ދޮރުލައްޕާލާފައި އޭނާ އަތްޖައްސައިލީ މޭގައެވެ. އޭރު އޭނާގެ ހިތް އޭގެ ޖާގައިގައި ނޯވެވިގެން ތެޅިފޮޅެނީއެވެ. އޭނާ ހިންދިރުވައިލީ ގަދަކަމުންނެވެ. ރަނގަޅަށްވެސް އޭނާގެ އަރުވަނީ ހިކިފައެވެ.

އަލަމާރިން ރަޖައެއް ނަގައި ކޮޓަރިން ނިކުންއިރު ޖާވީން ހުރީ އެފިޔަވަޅުގެ މަތީގައެވެ. އަލީޝާ ފެނުމާއި އެކު އެދިމާލަށް ޖާވީން އައެވެ. އަލީޝާ ދިއްކުރި ރަޖައިގައި ހިފުމުގެ ބަދަލުގައި ޖާވީން ހިފީ އަލީޝާގެ އަތާއިއެކުގައެވެ. ކަރަންޓްޖެހި ސިހިފައި އަތް ދަމައިގަނެވޭހާ ބާރަށް އަލީޝާ އަތް ދަމައިގަތެވެ.

"ސޮރީ." ޖާވީންގެ އަޑަށް އަލީޝާ ބަލައިލިއެވެ. ދެލޯ ހަނިކޮށްލާފައި ޖާވީން ބަލާލިއިރު އެދެލޮލުގައިވަނީ މަސްތުކަމެކެވެ. އެއްޗަކަށް ދަހިވެތިވެފައި ބަލާ ފަދަ ބެލުމެވެ. މިފަހަރު އަލީޝާގެ ހިތް ރަނގަޅަށްވެސް އެދަލުގައި ޖެހުނެވެ. އޭނާގެ ހިތްވެސް ގޮވަނީ އެފަދަ އަރާމަކަށެވެ. އެހެން ޖިސްމެއްގެ ހޫނަކަށެވެ. ޖާވީންގެ އިނގިލިތައް އަލީޝާގެ ކޮލުގައި ޖައްސާލިއެވެ. ކަންފަތާއި އެކު އިސްތަށިގަނޑުގައި ފިރުމައިދިނެވެ. ޗާބީދީފައި ހުރި ބުދެއްފަދައިން އަލީޝާ ހުއްޓެވެ. މިވަގުތު އޭނާގެ ސިކުނޑީގައި ދެކޮޅުވެރިކަމެއް ނުވެއެވެ. އަމިއްލަ ޟަމީރު ވިސްނައިދިނީ އޭނާ މަޑުންހުރުމަށެވެ.

ޖާވީންގެ މޫނަށް ބަލަން ނުކެރިގެން ދެލޯ މަރާލެވުނެވެ. އޭނާގެ ކަރުގައި ޖާވީން ދޫޖައްސާލިއެވެ. ދުލުގެ ކޮޅުން ރޮނގެއް އަޅާލިހެންހީވިއެވެ. މުޅި ހަށީގައި ފިނީގެ ތޫފާނެއް ދުވެލިފަދައެވެ. ދެއަތުން ޖާވީންގެ މޫނުގައި އަތްޖައްސާލެވުނެވެ. ގަޔާއި ދުރުކޮށްލުމުގެ ބަދަލުގައި އޭނާއަށް ދައުވަތު ދެވުނީ އެކަންތައް ތަކުރާރުކުރުމަށެވެ. ޖާވީންގެ އަތްމައްޗަށް އަލީޝާ ނެގިކަން އެނގެއެވެ. ހިނގައިގެންކަން އެނގެއެވެ. ދެލޯ ހުޅުވައިނުލައި އޮއްވާ ސޯފާގައި ބުރަކަށިޖެހުނުކަން އެނގެއެވެ. ޖާވީންގެ ބަރުހަށިގަނޑާއި އޭނާ ފިތިގެން ދިޔައެވެ. ހަމުގެ ހޫނުކަމުން ހީފިލައިގެންދިޔައެވެ.

***

"އަލީޝާ" ޖާވީންގެ އަޑަށް އަލީޝާއަށް ހުވަފެނަކުން ހޭލެވުނު ފަދައެވެ. އޭނާ ހުރީ އަދިވެސް އެހުރި ފިޔަވަޅުމަތީގައެވެ. ހޭލާ ހުއްޓާ އޭނާގެ ސިކުނޑި ވަށާލި ޚިޔާލުތަކުގެ ސަބަބުން އިރުކޮޅަކު އޭނާއަށް ހުވަފެނީ އާލަމެއްގެތެރޭގައި އުޅެވުނު ފަދައެވެ.

"ތިކޮޓަރީގައި ހުންނާނެ ރަޖާ." އަލީޝާ ބޭނުންވީ އޭނާގެ ހިތާއި އެއްކޮޅަށް ނަފްސު ބެހިގެން ދިޔަ ނުދީ ސާބިތުވުމެވެ.

"ހިނގާ ނަގައިދެން." ޖާވީންގެ އަޑުގައިވީ ސީރިއަސްކަމެވެ. ކުރިން ހުރި އަސަރެއް ނެތެވެ.

އެކޮޓަރި އާއި ދިމާލަށް އަލީޝާ ހިނގައިގަތީ އޭނާއަށް ނުރައްކަލެއް މެދުވެރިނުވޭތޯ ދުޢާކުރަމުންނެވެ. އެކޮޓަރީގެ އަލަމާރިތެރޭގައި ރަޖާ ހުންނާނެކަން އެނގެއެވެ. އެވަރު ޖާވީންއަށްވެސް އެނގެންވާނެއެވެ.

އަލީޝާގެ ފަހަތުން ޖާވީން އަންނަކަން އޭނާއަށް އެނގެއެވެ. އެކޮޓަރިއަށް ވަންއިރު ފިނިކަމުން ހީވަނީ ގަނޑުވެދާނެހެންނެވެ. ލޯހަނިކޮށްލާފައި އަލީޝާ ބަލައިލީ އޭސީއަށެވެ. އެންމެ ފުލްކޮށް އެހުރީ ޖައްސާފައެވެ. ފަންކާވެސް ހުރީ ޖައްސާފައެވެ. ޖާވީން އަކީ ކުޑަކުއްޖެއް ނޫނެވެ. އެވަރު ފިނިވާއިރު އެއިން އެންމެ އެއްޗެއް ނަމަވެސް ނިއްވާލަން ކިއެއް ހެއްޔެވެ؟ އަލަމާރި ތެރެއިން ރަޖާ ނަގައި އެނބުރުނުއިރު ޖާވީން ހުރީ ޓީޝާރޓްބާލައިގެންނެވެ.

"ތި ފިނިވެގެން އުޅޭ މީހާ؟" އެހެން ބުނެވުނީ ޖާވީންއާއި ދިމާލަށް ރަޖާ ހޫރާލަމުންނެވެ.

"ހީފިލާނީ މި ބާލައިގެންނު" ޖާވީން އެދިމާލަށް ނެގި ފުރަތަމަ ފިޔަވަޅާއި އެކު އަލީޝާއަށް ލޯ އަޅާލެވުނެވެ.

"އަހަންނަށް އެނގޭ އަލީޝާއަށް ނުނިދެނީ ކީއްވެގެންކަން... އަދި އޭގެ ހައްލުވެސް... މިއީ މާލެ އައިފަހުން އައި ސާޅީސް ވަނަ ރޭ، މިރޭ އަލީޝާ ހިތްހަމަޖައްސައިދޭނީ އަހަރެންކަމަށް އޭނަ ބުނި.. ފިރިމީހާގެ ފަރާތުން ކިތަންމެ ލޯތްބެއް ލިބުނަސް ހަޤީޤީ ހިތްހަމަޖެހުންވަނީ އަހަރެންގެ ފަރާތުން، އޭނަ ކައިރީ ނިދަން އޮތަސް އަލީޝާ ވިސްނީ އަހަންނާއި މެދު. އަހަރެންގެ ފިކުރުތަކުން އަލީޝާގެ ސިކުނޑި ފުރި ބާރުވެއްޖެ، ." ޖާވީން ދައްކާ ވާހަކަތައް އިވިފައި އޭނާއަށް ހީވީ މޭފަޅާފައި ހިތް ދަމައިގެންހެންނެވެ.

"ވަޓް ޔޫ މީން ޖާވީން؟ އަހަންނަށް ވާ ހުރިހާ ކަމެއް ކަލެއަށް ކިހިނެއްތަ އެނގުނީ؟" ހަޔާތުގައި އެންމެ ބިރުގެން ރެއަށް މިރޭ ވާނެއެވެ. ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ބުރަކަށި ފާރުގައި ޖެހި ފިތިގެން ދިޔައެވެ. ޖާވީން ހުއްޓުނީ އެންމެ ފިޔަވަޅެއްހާ ދުރުމިން ބަހައްޓާފައެވެ.

"ސްޕެލް އެކޭ އެއީ." ވައިއަޑުން ޖާވީން ބުނެލިއެވެ. ސިހުރާއި ހަސަދައިގެ ވޭނަށްވުރެ ބޮޑު ވޭނެއް މި ބިންމައްޗަކު ނުވެއެވެ. އޭގެ ސަބަބުން ފިނިކަން ލިބުނު ހިތެއް ނުވެއެވެ. އެކަމަކުވެސް އިންސާނުންނަކީ ފާޑެއްގެ ބައެކެވެ. ތިމާ އަށް ހުރިހާ އުފަލެއް މިންވަރު ކުރެއްވުމަށް އެދޭނީ އަނެއްމީހާގެ ހައްޤު އުނިކުރުމަށްފަހުގައެވެ.

"ކަލޭ އަހަންނަށް ކިހިނެއް ހެދީ؟'' އަލީޝާ ނިތްކުރިއާއި އެކު ބޮލު އިސްތަށިގަނޑުގައި އަތްޖައްސާލިއެވެ. ކޮޅަށް ހުރެވުނު ކަމަކު ދެފައި ތުރުތުރުލައި ހީވަނީ ދެންމެ ދެންމެ ހަށިގަނޑު ދެމިގެން ހިނގައިދާނެހެންނެވެ. ޖާވީން ހިނިއައިސް ހުރެ ކިޔައިދިނީ އަލީޝާއަށްޓަކައި އޭނާގެ ހިތް ބޭޣަރާރުވެ އެންމެ ނުބައިމަގު ޚިޔާރުކުރިގޮތެވެ. އަލީޝާއަށް ދިން ފެންފުޅީގެ ހަޤީޤަތެވެ. މިފަހަކަށް އައިސް އޭނާގެ ހަށިގަނޑަށާއި އުޅުމަށް އައި ބަދަލުގެ އަސްލަކީ އެއީކަމެވެ. އަދި އޭނާއަށް އަންނަ ބަދަލުތަކާއި މެދު ޖާވީން ފާރަވެރިވީ ވަރެވެ. އެގެއަށް ޖާވީން އައި އަސްލު ބޭނުމަކީ އެއީއެވެ.

"މިރެއަށްފަހު އަލީޝާގެ ހިތުން އަހަރެން ފިޔަވައި އެހެން ފިރިހެނެއްގެ ޚިޔާލުވެސް ނުހުންނާނެ." ޖާވީން އަތް ޖައްސައިލީ އަލީޝާގެ ކޮނޑުގައެވެ. އޭނަގެ މެޔާއި ދިމާލަށް ގެންނަން އުޅުނެވެ. އޭގެކުރިން އަލީޝާ ދެއަތުން އޭނާގެ މޭގައި އަޅާ ކޮއްޕާލީއެވެ. ނިކުންނަން ދުއްވައިގަންނަން އުޅުމުން ޖާވީންގެ އަތުތެރޭ ހައްޔަރުވިއެވެ.

އެނދާއި ދިމާލަށް އަލީޝާ ކޮއްޕައިލީ ރަހުމެއް ނެތިއެވެ. މިރޭ މި ނުލަފާ ފިރިހެނާގެ ސަބަބުން ވެއްޔާއި މޮޑެވިގެންދާނީ އޭނާގެ އަބުރާއި ފިރިމީހާގެ އިތުބާރެވެ. ސިހިސިހި އޮއްވާ ޖާވީންގެ ޖީބުން ނެގީ ކަޓަރެވެ. އަލީޝާގެ ސިކުނޑިއަށް ވަގުތުން އައީ ފައިނާންގެ އުފަންދުވަހުގެ ރޭ ދިމާވި މީހާގެ މަތިންނެވެ.

"އެރޭ، އެރޭވެސް އައީ ކަލޭތަ؟" ކަޓަރާއި ދިމާލަށް ބަލަހައްޓައިގެން ހުރެފައި އަލީޝާ ބުނެލިއެވެ. އޭނާ ހުރީ އެސްފިޔަޖަހާލަންވެސް ބިރުންނެވެ. ފަޅި ސިކުންތެއްގެ ތެރޭ ޖާވީން ކުރާނީ ކޮން އަނިޔާއެއްކަމެއް ނޭނގޭތީއެވެ. އޭނާގެ ދެލޯ ފުރިގެން ދިޔައެވެ. އޭނާގެ ދެފައިގައި ހިފާ ޖާވީން ދަމައިގަތީ އޭނާގެ ގަޔާއި ކައިރިއަށެވެ. ޖާވީން ސިފަވީ ބަނޑުހައިވެފައިވާ ސިންގާއެއް ފަދައިންނެވެ. އަލީޝާ ލައިގެން ހުރި ޓީޝާރޓްގައި ޖާވީން ހިފިއެވެ. މިވަގުތު ހިތްވަރު އެލުވާލުމުގެ ބަދަލުގައި އަލީޝާ ތެދުވެއްޖެއެވެ. ޖާވީން ކޮއްޕާލެވުނެވެ. މިފަހަރު އޭނާ އުޅުނީ ކޮޓަރިން ނިކުންނާކަށް ނޫނެވެ. އޭގެ ބަދަލުގައި މޭޒުމަތީ އޮތް ބަރު ނަގައި ޖެހީ ޖާވީންގެ މޫނުމަތީގައެވެ.

***

"އައި އެމް ސޯ ސޮރީ އެލީ." މާނިއު މޭގައި އަލީޝާ ގެނެސް ޖައްސާލަމުން ބުނެލިއެވެ. އޭނާއަށް އިޙްސާސްވީ ފަރުވާކުޑަކަމެވެ. އޭނާގެ އިހުމާލުން ވީ ކަމެއްގެ ގޮތުގައެވެ. އޭނާގެ ގާތުގައި ޖާވީންގެ ވާހަކަ ވާރިޝް އޮތީ ބުނެފައެވެ. އެވަރުންވެސް އެއް ފުރާޅެއްގެ ދަށަށް ޖާވީން އާއި އެކު އަލީޝާ ދޫކޮށްލެވުނީ އެކަންކަމާއި ނުވިސްނައެވެ. އެ ދަރަޖައަށް ޖާވީން ވެއްޓިދާނެކަމަށް އޭނާ ހީވެސް ނުކުރެއެވެ.

ހޮސްޕިޓަލުގައި އިނދެފައި މާނިއު އައީ އަލީޝާ ގުޅައިގެންނެވެ. އޭނާ ބޭނުންނަމަ އެގެއިން ޖާވީންގެ ހަށިގަނޑާއި ފުރާނަ ވަކިކޮށްލެވުނީހެވެ. އެކަމަކު އެހެން ހަދައިފިނަމަ ޖާވީންއަށް އެދެވުނީ އަދަބެއް ނޫނެވެ. އޭނާއަށް އަމިއްލަ ނަފްސު އިސްލާހްކުރަން ފުރުޞަތު ނުދީ މަރުގެ ރަހަ ދެއްކުމަކީ އޭގެ ހައްލެއް ނޫނެވެ. ޖަލުގައި އުމުރު ދުވަހު ހޭދަކުރުމުން ޖާވީންގެ ހިތުން ނުބައިކަން ފޮހެވިދާނެއެވެ. ބަލި އެނދުގައި އޮވެގެން އިމާދު ކިޔައިދިނީ އެއްވެސް ދަރިއަކު ބައްޕަގެ ފުށުން އިވެން ނޭދޭ ވާހަކަ ތަކެކެވެ. ބަލި އެނދުގައި އޮންނައިރު އިމާދުއަށް އެކި އުދަނގޫވަމުން ދިޔަ ކަން އޭނާ ހާމަކުރިއެވެ. ފަރީލާގެ ސޫރަ ފެންނަ ކަމަށް ބުނެއެވެ. އިމާދުއަށް އަންނަ ބަދަލުތައް ފެނިފައި މާނިއު ހަނދާނަށް އައީ އޭނާއަށްވެސް އޭރު ވީ އުދަނގޫތަކުގެ މަތިންނެވެ.

ދާއޫދު އާއި ބައްދަލުކުރަން މާނިއު ދިޔައީ އިމާދު ކިޔާވަރުންނެވެ. ދާއޫދުގެ ކައިރީ އާދޭސްކޮށްގެން އިމާދު އަށް ޖެހިފައިވާ އުދަނގޫތައް ފިލުވައިދިނުމަށް އެދުނެވެ. ދާއޫދުގެ ފަރާތުން މުޅި އާއިލާގެ އެންމެނަށްވެސް އެ އުދަނގޫތައް ތަހައްމަލުކުރާކަން އެނގިގެން ދިޔައެވެ.

"އޭނާ ސިހުރު ހެދީ ތި އާއިލާ އެކުގައި ދުއްވާލަން، ކަލޭގެ އަންހެނުން އޭނާއަށް ހިތްޖައްސުވަން، މުދާތައް ނެތިކޮށްލަން، "ދާއޫދުގެ ކައިރީ އެއީ ކާކުތޯ މާނިއު އެއްސެވެ.

"އެއީ އިމާދުގެ ދަރިއެއް." މާނިއު ބަލައިލީ ވާރިޝްގެ މޫނަށެވެ. އެދެބެއިންގެ ތެރޭގައި އެފަދަ ކަމަކާއި ކައިރިވާނެ މީހަކު ނެތެވެ. "ޖާވީން" ދާއޫދު ބުނެލިއެވެ. އެއީވެސް އިމާދުގެ ދަރިއެއްކަން ދާއޫދު ބުންޏެވެ. އޭނާ ހެދި ސިހުރުތައް ވަޅުލާފައި ހުރި ތަންތަނަށް ދަންދެން ދާއޫދު ކިޔައިދިނެވެ. އެ ހަފްތާގައި ދާއުދު އާއި އެކު ވާރިޝް ފުރައިގެން ދިޔައީ އަލީޝާގެ ރަށަށެވެ. ޤަބުރުސްތާނުގައި ހުރި އެއްޗެހި ނަގައި ބާތިލްކުރިއެވެ.

***

އިމާދުގެ ހާލު ރަނގަޅުވެ މާނިއު ކުރި ހުރިހާ ސުވާލުތަކަށް އިމާދު ޖަވާބު ދިނެވެ. އޭނާގެ މުދާތައް ބަހާއިރު ޖާވީންއަށް ބައެއް ދޭން ވަސިއްޔަތްކުރީ އޭނާގެ ދަރިއަކަށްވާތީއެވެ. ޝަރުއީގޮތުން އެއްވެސް ލިޔެކިޔުމަކުން އެނގެން ނެތުމުން އޭނާ ނެތް ދުވަހަކުން ވާރިސުންނަށް ބަހާއިރު ޖާވީން ގެ ހައްޤު އުނިވާނެތީ އޭނާ އެހެން ވަސިއްޔަތްކުރީއެވެ. އެއީ ޖާވީން ބިރު ދައްކައިގެން ކުރިކަމެކެވެ. އެ ވަސިއްޔަތް އިމާދު އުވާލިއެވެ.

ހޮސްޕިޓަލްއަށް ވަދެފައި އަލީޝާ ގެއަށް ދާން ނިކުތެވެ. އޭނާ މަޑުކުރީ މާނިއު ނިކުންނަންދެންނެވެ. އަލީޝާގެ ނަމުން ގޮވާލި އަޑު އަހާފައި އޭނާ އެނބުރުނވެ. އޭނާއަށް ފެނުނީ އެކުގައި ތިބި ފައިނާން އާއި އިމްލީއެވެ. އެއީ އެއްއިރެއްގައި އެންމެ ގާތް އެކުވެރިންނެވެ.

"ފުރުމުގެ ކުރިން އަލިޝާ ދެކިލަން ބޭނުންވާތީ އައީ." އިމްލީ އިސްވެ ވާހަކަދެއްކިއިރު އެއަޑުގައިވަނީ މާޔޫސްކަމެވެ. އޭނާއަށް އައިސްފައިހުރި ބަދަލު ފެނިފައި އަލިޝާ ހިތަށް އަސަރުކުރިއެވެ. ކުރިއަށްވުރެ ހިކިފައި ދެލޯވަނީ އަޑިވެފައެވެ. އެކަމަކު އޭނާގެ ބަނޑު ރަނގަޅަށް ފާހަގަވެއެވެ. އިމްލީގެ ފަހަތުގައި ހުރި ފައިނާންވެސް ހުރީ އުފާވެރިކަން ގެއްލިފައިވާ މީހެއްފަދައިންނެވެ.

"އައި ވިލް މިސް ޔޫ." އަލިޝާ އައިސް އިމްލީގެ ގައިގައި މަޑުމަޑުން ބައްދާލިއެވެ. އިމްލީގެ ފަހަތުގައި ހުރި ފައިނާންގެ މޫނަށް އަލީޝާއަށް ބަލައިލެވުނެވެ. ފައިނާން އާއި މޫނު ހަމަކުރާނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. ބައްޕަގެ މަރާއި މެދު އުފެދުނު ޝައްކުތަކުގެ ސަބަބުން އޭނާއަށް ބުނެވުނު ބަސްތަކުގެ މަތިން ހަނދާންވުމާއި އެކު އިސްޖަހައިލެވުނެވެ.

"އަހަރެމެން ދުވަހަކު ބައްދަލުނުވިއަސް ބޭނުންވަނީ ހިތް ސާފުވެފައި އޮތުން." އިމްލީ ބުނެލިއެވެ. އެއަށް ދޭނެ ވަކި ޖަވާބެއް އަލީޝާއަކަށް ނުވިސްނުނެވެ. ފައިނާން އެމީހުންނަށް ފުރަގަސްދީ ދުރަށް ހިނގައިގެންތަން ފެނިފައި އިމްލީ ހިފީ އަލީޝާގެ އަތުގައެވެ.

"އަހަރެމެން މިއީ އެންމެ ކުޑައިރުންފެށިގެން އެކުވެރިން، އިތުބާރުކުރިން، ވީއިރު ފައިނާން އަލީޝާގެ ބައްޕަ މަރާލަފާނެކަމަށް ކީއްވެ ޤަބޫލުކުރީ؟ އޭނަ ހުރީ ވަރަށް ދެރަވެފައި، ތަކުރާރުކޮށް ބުނި ކަން ހިނގިގޮތް، " އިމްލީ ގެ ބޭނުމަކީ އަލީޝާ އާއި ފައިނާންގެ ދެމެދުގައި އޮތް ޝައްކުތައް ފިލުވައިދިނުމެވެ.

"ހަމަ ހުރެފައި ފައިނާން އިންނާކަށް އެއްބަހެއް ނުވާނެ. އަހަރެންގެ ބައްޕަ މަރުވެފައި އޮތީކީ ހާޓްއެޓޭކެއް ޖެހިގެންނެއް ނޫން، އެމަރުގެ ހަޤީޤަތް އެއްވެސް މީހަކަށް ނޭނގޭ." އަލީޝާ ހިތްހަމަނުޖެހުނެވެ.

"ހަމަ ހުރެފައި އޭނަ އެއްބަސްވީކަމަށް ކާކު ބުނީ؟ އޭނަ އިނީ ޖާވީންގެ ދަރިއަކަށް ބަލިވެ، އެހެންވެ އެކަން ފޮރުވަން އިނީ، " އިމްލީގެ އަޑު އަލީޝާގެ ކަންފަތާއި ހަމަޔަށް ފޯރީ ހޮނު ގުގުރިއެއް ފަދައިންނެވެ. އޭނާ ސިހިފައި އިމްލީގެ މޫނަށް ބަލާލިއެވެ. "އެކަމަކު އޭނާގެ ނަޞީބުވެސް ދެރައީ، އަހަރެމެންގެ ނަޞީބުގައި އޮތީ މިހެން، މިއީ އަހަރެމެންނަށް އުޅެވުނު ގޮތް،. އަބަދުވެސް އުޅެމުން އައި ގޮތް، ކައިވެންޏަކީ ކިހާ ބޮޑު ނިއުމަތެއްކަން އެނގުނީ އަލީޝާ މީހަކާއި އިންނަން އުޅުނު ހިސާބުން، އަހަރެމެންވެސް ބޭނުންވީ މާލޭގެ ގެދޮރު ހުރި މީހުން، " އިމްލީ އަޑުގައިވީ ހިތްދަތިކަމެވެ.

ހަޔާތަކީ ދަތުރެކެވެ. އަދި ކޮންމެ ދުވަހަކީ ތަފާތު ފިލާވަޅެއް ނަގައިދޭ ދުވަހެކެވެ. ދުނިޔެއަކީ ކެހިވެރި ދަލެކެވެ. އޭގައި އިމްލީ އާއި ފައިނާންއަށް ޖެހެވުނެވެ. އެންމެ ރަނގަޅު ގޮތް ނޭނގޭތީއެއް ނޫނެވެ. ވަގުތީ އުފަލަށް ޣާފިލުވެވުނު ވަރުންނެވެ.

"ފައި." އަލީޝާ ގޮވާލުމުން ފައިނާން ބަލާލިއެވެ. އޭނާ ދުރުގައި ހުރެ ރޮމުން ދިޔަކަން އެނގުނީ ބަލާލިވަގުތު ކޯތާފަތް ފޮހެލީމައެވެ. އަލީޝާ ގޮސް ފައިނާން ގެ ގައިގައި ބައްދާލިއެވެ. އެކުވެރިންނާއި މެދު އޭނާގެ ހިތުގައި ހަމްދަރުދީވިއެވެ.

"އަހަންނަށް މަޢާފްކުރާވަރަށްވުރެ ބޮޑު ކަމެއް އަހަރެން އަލީޝާއަށް ސިއްރުކުރިން." ފައިނާން މަޑުމަޑުން ބުނެލިއެވެ.

އެއީ ކޮންކަމެއްތޯ އަލީޝާ އަހާލިއެވެ. " އަލީޝާގެ ބައްޕަ ނިޔާވީ އަހަރެންގެ ކާފަގެ ސަބަބުން، އަސްލު އެއީ ކާފައަށް ހެދުނު އެންމެ ބޮޑު ގޯސް، ކާފަގެ ކައިރިއަށް ތައްޔިބު ދިޔައީ އަހަރެންނާއި އިންނަން އޮތް ރޭ، ކައިވެނި ދެމެހެއްޓުމަށް ކަމެއް ކޮށްލަދޭށޭ ބުނަން. ކާފަ ހުރީ އަހަރެން ދެކެ ރުޅި އައިސް، އަލީޝާ ބައްޕަ ދެކެވެސް، އެހެންވެ ކައިވެނި ހުއްޓުވޭނެ ގޮތެއް ވޭތޯ ކާފަބެލީ، ކާފައަށް ހެދުނީ ގޯސްކޮށް، އެވާހަކަ ކާފަ ބުނީ އަހަރެން ރޮއި ހިތާމަކޮށް ހަދަނިކޮށް، ގޭ އެއްވެސް މީހަކަށް ނޭނގޭނެ އަހަރެން ބަނޑުބޮޑުކަމެއް، " ފައިނާން ކިޔައިދިނެވެ. އަލީޝާ ހިތުން އެމީހުންނާއި މެދު އޮތް ބުރަކަން ފިލައި ދިޔައެވެ. އެކަމަކު ފައިނާންގެ ކާފައަށް އޭނާ ދުވަހަކުވެސް މަޢާފެއް ނެތެވެ. އޭނާގެ ބައްޕަ އަކީވެސް ދުނިޔޭގެ ކެހިވެރިކަމުގެ ދަލުގައި ޖެހުނު މީހެކެވެ. އެހެންނަމަ މިއަދު ބައްޕަ ދުނިޔޭގައި ހުރީހެވެ.

***

އެވަބާއިން ސަލާމަތްވާން ހަތަރު މަހެއްހާ ދުވަސްނެގިއެވެ. ސިހުރު ބާތިލްކުރިއިރު އަލީޝާއަށް ރަނގަޅަށް ނުވެސް ނިދެއެވެ. ރުގްޔާ ކުރިއިރު އޭނާގެ ހަށިގަނޑުގައި ވަރަށް ވޭންހުއްޓެވެ. ދެވަނަ މީހަކަށް އެ ވޭނުގައި އުޅުނީ އިމާދެވެ. މުޅިއަކުން އޭނާ ރަނގަޅެއް ނުވިއެވެ. މަރު ދުވަހާއި ހަމަޔަށް އޭނާއަށް އުދަނގޫވާނެކަމަށް ދާއޫދު ބުންޏެވެ. މާނިއުއަށް ފެނުނު ބިރުވެރި ހުވަފެންތަކަކީވެސް ހަމައެކަނި ނަފްސާނީ ބަލިމަޑުކަމެއް ނޫނެވެ. އެއީ އިމާދު މުދާ ހޯދުމަށް ހެދި ސިހުރުގެ ސަބަބުން ޖެހުނު އުދަނގުލެކެވެ. އެކަންވެސް ދާއޫދު ރަނގަޅު ކޮށްދިނެވެ.

ޖާވީންއަށް ޖަލުގައި ދުވަސްތައް ހޭދަކުރަންޖެހުނެވެ. އޭނާގެ މައިންބަފައިން މުސްކުޅިވެފައިވާ ދުވަހުއެވެ. ޖައުހަރު އާއި ހަމީދާއަކަށް ހަމަޖެހުމެއް ނުލިބުނެވެ. އެކައިވެނި ރޫޅީގެން ނުދިޔަ ނަމަވެސް އެމީހުން އުޅުނީ ނަމެއްގައެވެ. ލޯތްބަކީ ގަދަކަމުން ހޯދޭ އެއްޗެއް ނޫނެވެ. އަދި މުދަލަކީ ރޫހާނީ ބާރަކުން ހޯދޭ އެއްޗެއްވެސް ނޫނެވެ. ނިއުމަތް ދެއްވަނީ މާތްﷲ. އެކި މީހުންނަށް އެކި މިންވަރަށެވެ. -- ނިމުނީ --

ދިގު ވާހަކަ

Popular