30 Mar 2023

ދޯ ރެސިޕީ: ބަޓަ ޗިކަން

މީރު ބަޓަ ޗިކަންގަޑެއް ގޭގައި ތައްޔާރުކޮށްލުމަކީ ހާދަ ބޮޑު ނަސީބެކެވެ. ނޫން ނަމަ ކާހިތްވާ ކޮންމެ ފަހަރަކު ޖެހޭނީ ކޮންމެވެސް ރެސްޓޯރެންޓަކަށް ބޮޑު އަގުގައި އޯޑަރު ކުރާށެވެ. "ފުޑްނަސް ބައި ސާ" ގެ ބަދިގެއިން މިއަދު އަހަރެމެންނާ މި ހިއްސާކުރަނީ ބަޓަ ޗިކަން ރެސިޕީއެވެ. ރެސިޕީއަށް ބަލާއިރު މިއީ މާކަ އުނދަގޫ މަސައްކަތެެއް ހެނެއް ހިއެއް ނުވެއެވެ. އަޖުމަ ބަލާލާށެވެ.

ބޭނުންވާ ތަކެތި

4 ބޯންލެސް ކުކުޅު ބްރެސްޓް (ކުދިކޮށް ކޮށާފައި)، 1 ސައިސަމުސާ ރީނދޫ، 200 ގުރާމު ބަޓަރު 2 ސައިސަމުސާ އަސޭމިރުސް، 1 ބޮޑު ފިޔާ (ތުނިކޮށް ކޮށާފައި)، 1 މޭޒުމަތީ ސަމުސާ ޖިންޖަރ-ގާލިކް ޕޭސްޓު، 5 ލޮނުމެދު (ތުނިކޮށް ކޮށާފައި)، 2 ސައިސަމުސާ ލޮނުމިރުސް ހަވާދު (ބަޓާ ޗިކަން މަސާލާ) 1 ދަޅު ޕީލްޑް ޓޮމާޓޯ (400 ގުރާމު)، 2 ސައިސަމުސާ ދިރި، 2 ދަޅު ޓޮމާޓޯ ޕޭސްޓް (70 ގުރާމުު) 2 ސައިސަމުސާ ލޮނު، 1 ޕެކެޓު ކުކިން ކްރީމް (200 މިލިލީޓަރު)، 10 ގުރާމު ކޮރިއެންޑާފަތް (އޮޕްޝަނަލް) 1 ގިތެޔޮ މިރުސް (4 ފަޅިކޮށްފައި)، ½ ސައިސަމުސާ ހަކުރު

View this post on Instagram

A post shared by FoodnessBySaa (@saa_samaahath)

އިންސްޓަގްރާމް: ފުޑްނަސް ބައި ސާ

ތައްޔާރު ކުރާނެގޮތް

އެންމެ ފުރަތަމަ ތަވާގައި ބަޓަރުގެ ދެބައިކުޅަ އެއްބައި (100 ގުރާމު) ހޫނުކޮށްލާށެވެ. އެއަށްފަހު ފިޔާ، ލޮނުމެދު، ގިތެޔޮމިރުސް ކޮޅު އެޅުމަށްފަހު ހާކާލާށެވެ. ދެން 1 ސައިސަމުސާ ލޮނު، ދިރި، އަސޭމިރުސް، ލޮނުމިރުސް ހަވާދު އެޅުމަށް ފަހު މީރުކޮށްލާށެވެ. ދެން ޕީލްޑް ޓޮމާޓޯ އާއި ޓޮމާޓޯ ޕޭސްޓް އެޅުމަށް ފަހު ކައްކާލާށެވެ. އެއަށް ފަހު ހަކުރު ކޮޅު އަޅާފައި ރަހަ އެއްވަރުކޮށްލާށެވެ.

މަތީގައި ބުނެދެވިފައިވާ ސޯސްގަނޑު ހިހޫވުމުން މިކްސަރުގައި ގިރާލައި ހިމުން ކޮށްލާށެވެ.

ސޯސްގަނޑު މިކްސްޗަރަށް އޮއްސާލުމަށްފަހު ހަމަ އެ ތަވާގައި (ނުދޮވެ) ބާކީހުރި ބަޓަރު ކޮޅު ހޫނުކޮށްލާށެވެ. އެއަށްފަހު ލޮނު، ކުކުޅުމަސް ކޮޅު އަޅައި ގަދަގިނީގަ ހަނާކޮށްލާށެވެ. ދެން ގިނިމަޑުކޮށްފައި ކުކުޅު މަސްކޮޅު ތެރެއަށް 1 ސައިސަމުސާ ލޮނު، ދިރި، އަސޭމިރުސް، ލޮނުމިރުސް ހަވާދު، ރީނދޫ އަދި ޖިންޖަރ-ގާލިކް ޕޭސްޓު އެލުމަށްފަހު މީރުކޮށްލާށެވެ. ދެން މިކްސްޗަރުގައި ހުރި ސޯސްގަނޑު އޮއްސާލުމަށްފަހު ކައްކާލާށެވެ. ދެން ކުކިން ކްރީމް އެޅުމަށްފަހު ބޮކިއަރަންދެން ކައްކާލުމަށްފަހު އުނދުން ނިވާލާށެވެ. ދެން ގާނިޝް ކޮށްލަން ކުޑަ ކުކިން ކްރީމްކޮޅަކާއި ކޮރިއެންޑާ ފަތްކޮޅު ބުރުވާލާށެވެ.

ރެސިޕީ

Popular