By: Aishath Mihna Nasih
ރޯދަވީއްލާ ވަގުތު ކެއުމަށް ހާއްސަ ބައެއް ކެއުންތައް ޒަމާންތަކެއް ވަންދެން އަހަރެމެންގެ ތެރޭގައި ވާރުތަމުން އައިސްފައި އެބަހުއްޓެވެ. ބަތްޕެން، ކަޅު ސައި، މަސްހުނި ، މަސްކުރޮޅި ފަދަ ބާވަތްތަކަކީ ދިވެހި ރަހަތަކަށް ލޯބިކުރާ ބައެއްގެ ސުފުރާމަތިން ރޯދަމަހުގެ ކޮންމެ ދުވަހަކު ވެސް ފެންނާނެ ބާވަތްތަކެވެ. މިއަދުގެ ރެސިޕީއަކީ މަސްކުރޮޅި އެވެ. ރެސިޕީ ހިއްސާކުރި ރިފޫ ބުނާ ގޮތުން މިއީ އޭނާއަށް ވަރަށް ހާއްސަ ރެސިޕީއެކެވެ.
"މި ރެސިޕީ އަކީ އަޅުގަނޑުގެ ވަރައް ހާއްސަ ރެސިޕީއެއް, މަސްކުރޮޅި އަކީ ހާއްސަކޮށް ބަތްޕެނާ އެކު ކާލަން ވަރަށް މީރު އެއްޗެއް, ރޮށި ނުވަތަ ބަތާ އެކު ވެސް މަސްކޮޅި އަކީ ކާލަން ހަމަ ވަރަށް މީރު އެއްޗެއް."
1 މަސް ނުވަތަ 2 ޖޯޑު ރާޅުކޮށް މުގުރާފަ ހުރި މަސް ( ހަރު މަހެއް ނަމަ ބޮޑެތިކޮށް ބޯކޮށް ކޮށާފައި)
ކުޑަ ކާއްޓެއް , ބޮޑު ނަމަ ކިބައެއް ( ބޯކޮށް އުކުއްލާފައި ބޮޑެތިކޮށް ކޮށާފައި)
ބޮޑު ފިޔަލެއް ( ބޮޑެތިކޮށް ކޮށާފައި)
2 ލޮނުމެދު ( ބޮޑެތިކޮށް ބުރިކޮށްފައި)
1/2 1 މޭޒުމަތީ ސަމްސާ ނުމުގުރާ އަސޭމިރުސް
2 1/1 މޭޒުމަތީ ސަމްސާ ނުމުގުރާ ދިރި
6 ހިކިމިރުސް ( ބުރިކޮށްފައި)
އަޖިނަމޮޓޯ ( އޮޕްޝަނަލް )
ކުޑަ ފެންފޮދެއް ( މަސްކުރޮޅި ކޮޅު މޮޑެލުމައް )
މަސްކުރޮޅި ތައްޔާރުކުރަނީ
ލުނބޯ , ލޮނު އަދި އަޖިނަމޮޓޯ ނޫން ހުރިހާ އެއްޗެއް މިކްސަރަށް އަޅާލުމަށް ފަހު ބޮޑުކޮށް ހުންނަ ވަރަށް މުގުރާލާށެވެ. ދެން ލޮނު އަޖިނަމޮޓޯ އަދި ލުނބޯ ހުތް ޖަހާލުމަށް ފަހު ކުޑަ ފެންފޮދެއް ޖަހާލައިގެން މޮޑެލާށެވެ.