ފާޑުފާޑުގެ ކާއެއްޗެހި، ދޭތެރެ ދޭތެރެއިން ޓިކްޓޮކުގައި ޓްރެންޑުވެ އެވެ. މިފަހަރު ވައިގައި ހިފައިގެން މިއުޅެނީ އަހަރެމެން ވެސް އާންމުކޮށް ކައި އުޅޭ ޗިޕްސް، ޗޮކްލެޓާ އެކީ ކެއުމަށެވެ.
ފާޑުފާޑުގެ ކާއެއްޗެހި، ދޭތެރެ ދޭތެރެއިން ޓިކްޓޮކުގައި ޓްރެންޑުވެ އެވެ. މިފަހަރު ވައިގައި ހިފައިގެން މިއުޅެނީ އަހަރެމެން ވެސް އާންމުކޮށް ކައި އުޅޭ ޗިޕްސް، ޗޮކްލެޓާ އެކީ ކެއުމަށެވެ.
މި ތައްޔާރުކުރުމަށް ބޭނުންވަނީ ޗިޕްސް ދަޅަކާއި ޗޮކްލެޓެވެ. އެކި ފްލޭވާގެ ޗިޕްސް ދަޅު ބޭނުންކުރެވިދާނެ އެވެ. އެކަމަކު އެންމެ ގިނައިން މީހުން ބޭނުންކުރަނީ ރަތް ޗިޕްސް ދަޅެވެ. އަދި އޭގެ ތެރެއަށް އެ މީހަކު ބޭނުން ވައްތަރެއްގެ ޗޮކްލެޓު މެލްޓްކުރުމަށް ފަހު މުޅި ދަޅު ފުރެންދެން ކަހަލަ ގޮތަކަށް ޗޮކްލެޓްތައް އަޅާލަ އެވެ.
ދެން ފްރިޖަށް އެ ލައިގެން އެއްކޮށް ގަނޑުކޮށްލަނީ އެވެ. ގަނޑުވުމުން، ޗިޕްސް ދަޅުގެ ކަރުދާސް ބައި ކަފާލައިގެން އެ ނެގިދާނެ އެވެ. އޭރުން އެ ހުރީ މިހާރު ވައިގައި ހިފައިގެން މި އުޅޭ "ޕްރިންގްލްސް ޗޮކްލެޓް ބްލޮކް" ތައްޔާރުކުރެވިފަ އެވެ.
އެ ތައްޔާރުކުރުމަށް ވައިޓް ޗޮކްލެޓް ވެސް ބޭނުންކުރެވިދާނެ އެވެ.
ސޯޝަލް މީޑިއާގައި ބޭރުގެ އެކި ކޮންޓެންޓް ކްރިއޭޓަރުން އަންނަނީ މި ތައްޔާރުކޮށް ޓްރެންޑުގައި ބައިވެރިވަމުންނެވެ.
އޭގެ އިތުރުން ބައެއް މީހުން ދަނީ އެއްކޮށް ދަޅުގެ ތެރެއަށް ޗޮކްލެޓް އަޅައިގެން ގަނޑުކުރުމުގެ ބަދަލުގައި މެލްޓްކޮށްފައިވާ ޗޮކްލެޓުގެ ތެރެއަށް ލައިގެން ޗިޕްސްގައި އެއްކޮށް ޗޮކްލެޓް ހާކައިގެން ފިނިކޮށްގެން ވެސް ކަމުންނެވެ.
މިއިން ކޮންމެ ގޮތަކަށް ހެދިޔަސް ޓްރެންޑުގައި ބައިވެރިވި ގިނަ މީހުން ބުނަނީ އޭގެ ރަހަ ތަފާތުވެފައި މީރު ކަމަށެވެ.
ގޮތް ބަލައިލަން މިކަން ކޮށްލަން ރަނގަޅު ނޫން ހެއްޔެވެ؟