11 Sep 2019

ތިބާ ކްލިނިކް ތިބާއާ ގާތަށް

ތިބާ ކްލިނިކް ތިބާއާ ގާތަށް

By: Aishath Maahaa

ޑިޕްރެޝަނާއި، އެންޒައިޓީ އާއި އާއިލީ މައްސަލަތަކުން މުޖުތަމައު ބަންޑުންވަނީ އެވެ. ނަފްސާނީ މި ބަލިތަކަށް މީހުން ހޭލުންތެރިކުރުވާ ފަރުވާކުރަން ހާއްސަ ކްލިނިކްތަކާއި ސެންޓަރުތައް ވެސް އެބަހުއްޓެވެ. ބައެއް މީހުންނަށް މިފަދަ ތަންތަން އެހާ ރައްޓެއްސެއް ނޫނެވެ.

ދެ ސައިކޮލިޖިސްޓުން ކަމަށްވާ ނަދާ ޝަރީފާއި، ޝުޒްނާ މަޖީދު އަދި ސައިކޯތެރަޕިސްޓް މުސްތަފާ ފާރޫގް ބޭނުންވީ ނަފްސާނީ ބަލިތަކަށް ހާއްސަ އަދި ބަލިމީހުންނާއި ރައްޓެހި މާހައުލެއްގައި ފަރުވާ ހޯދައިދޭށެވެ. މި ކްލިނިކްގައި ސައިކޮލޮޖިސްޓް ހަސާނާ ވެސް ބަލި މީހުންނަށް ފަރުވާދޭނެ އެވެ. މިމަހުގެ އަށް ވަނަ ދުވަހުގެ ރޭ "ތިބާ ސައިކޮލޮޖީ" ކްލިނިކް ހުޅުވީ އެ ބޭނުމުގަ އެވެ. އަދި ނަފްސާނީ ބަލިތަކާ ގުޅޭ ދިރާސާތައް ހަދައި އެކަމުގައި ރާއްޖެ އޮތް ހާލަތު ދެނެގަންނަން އޮތީ އަމާޒު ހިފާފަ އެވެ.

ތިބާ ސައިކޮލޮޖީއިން ދޭ ހިދުމަތްތަކުގެ ތެރޭގައި ތެރޭގައި ޑިޕްރެޝަނާއި އެންޒައިޓީއާ ގުޅޭ މައްސަލަތައް ހިމެނެ އެވެ. އޭގެ އިތުރުން އާއިލީ އަދި ދެމަފިރިންނަށް ހާއްސަ ކައުންސެލިން ދޭނެ އެވެ. އަދި ކޮގްނިޓިވް ބިހޭވިއާ (ސީބީޓީ)، އެކްސެޕްޓެންސް އަދި ކޮމިޓްމަންޓް ތެރަޕީ (އޭސީޓީ) އަށް ވެސް ފަރުވާ ދޭނެ އެވެ.

ހުރިހާ އުމުރަކަށް ހާއްސަ

ތިބާ ސައިކޮލޮޖީ ސެންޓަރަކީ ހުރިހާ އުމުރަކަށް ހާއްސަކޮށްގެން ހުޅުވި ކްލިނިކަށެވެ. ކުޑަކުދިންނަށް ހާއްސަ ސައިކޮލޮޖިސްޓެއް ވެސް މަސައްކަތްކުރެ އެވެ. އަދި ކޮންމެ ބަލި މީހަކާ އެކު ސެޝަންތަކުގައި އަދި ކޮންސަލްޓޭޝަންގައި އެއް ގަޑިއިރު ހޭދަކުރާނެ އެވެ.

"ކޮންމެ ކްލަޔަންޓަކަށް އެއް ގަޑިއިރު ހޭދަވާތީ ކޮންމެ ޑޮކްޓަރަކު ވެސް ދުވާލަކު ހަ ކްލަޔަންޓުން ނަގާނީ. ނަދާ، ޝުޒްނާ އަދި މަޖީދު ނަގާނީ ބޮޑެތި މީހުން. ހަސާނާ އެއީ ކުޑަކުދިންނަށް ހާއްސަ. އޭޑީއެޗްޑީ ނުވަތަ ލާނިން ޑިސްއެބިލިޓީ ހުންނަ ކުދިން ވެސް އަޅުގަނޑުމެން ރިފާކުރާނަން ހަސާނާއަށް،" ނަދާ ވިދާޅުވި އެވެ.

ތިބާ ސައިކޮލޮޖީ ސެންޓަރު: ބަލި މީހުންނާއި ރައްޓެހި މާހައުލެއް. -- ފޮޓޯ: ރައީސް އޮފީސް

ފުރަތަމަ ސެޝަނަކީ ތެރަޕީއެއް ނޫން

ނަދާ ވިދާޅުވީ ބައެއް ކްލައިންޓުން އެޕޮއިންޓްމަންޓު ހައްދާއިރު ސީދާ ތެރަޕީއަށް އެދޭ ކަމަށެވެ. އަދި ފުރަތަމަ ސެޝަނަކީ ތެރަޕީއެއް ކަމަށް ގިނަ މީހުންނަށް ހީވާ ކަމަށެވެ. ނަމަވެސް ތިބާ ސައިކޮލޮޖީ ކްލިނިކްގައި ފުރަތަމަ ސެޝަން ހާއްސަކުރާނީ ބަލައި ބަލިމީހާގެ މެޑިކަލް ހިޒްޓްރީ، ޑިވެލޮޕްމަންޓް ހިޒްޓްރީ އާ އެއްޗެހި ދެނެގަނެ ބަލިމީހާ ބޮޑަށް ދެނެގަންނަން ކަމަށެވެ.

"އިޓްސް ނޮޓް ވަޓް ކްލައިންޓް ވޯންޓްސް. އެކަމަކު ހިޒްޓްރީ ނަގާފަ އަޅުގަނޑުމެން ނިންމާނީ ކޮންކަހަލަ ތެރަޕީއެއްތޯ. އޭރަށް އެނގޭނީ ކޮން ތެރަޕީއެއްތޯ ވޯކް ކުރާނީ. ނޫނީ ވޯކް ނުކުރާނީ. މިސާލަކަށް ސީބީޓީ އަކީ ޑިޕްރެޝަނާއި އެންޒައިޓީއަށް އިފެކްޓިވް ތެރަޕީއެއް އެކަމަކު ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންނަށް އެ ތެރަޕީ އެހާ އިފެކްޓިވްއެއް ނޫން. އެމީހުންނަށް ވޯކް ކުރަނީ އެހެން ޓެކްނިކްސްތައް ވެސް ބޭނުންކޮށްގެން."

އެ ސެޝަންއަށް ފަހު އިތުރު ސެޝަންތައް ކުރިއަށް ގެންދަން އަދި ކުރިއަށް ގެންދާނެ މުއްދަތު ނިންމާނެ ކަމަށެވެ.

ކޮންމެ ސެޝަނެއްގެ އަގަކީ 500ރ، ދުރާލައި އެޕޮއިންޓްމަންޓް ހައްދަން ވާނެ

ތިބާ ސައިކޮލޮޖީ ސެންޓަރުން ދޭ ކޮންމެ ތެރަޕީ ސެޝަނެއްގެ އަގަކީ ވެސް 500ރ. އެވެ. އަދި ކޮންސަލްޓޭޝަންގެ އަގަކީ ވެސް 500ރ. އެވެ. އަދި އާސަންދައިގެ ހިދުމަތެއް ނުލިބެ އެވެ. ނަދާ ވިދާޅުވީ އާސަންދައިިގެ ހިދުމަތް ލިބޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނަދާ ވިދާޅުވީ ތިބާ ސައިކޮލޮޖީ ސެންޓަރުން ހިދުމަތް ހޯދަން ބޭނުން ނަމަ ދުރާލާ އެޕޮއިންޓްމަންޓް ހެއްދުން ބުއްދިވެރި ކަމަށެވެ. އެއީ ފަހުވަގުތު އެޕޮއިންޓްމަންޓް ހޯދަން އުޅެގެން ދަތިތަކާ ކުރިމަތިވެދާނެތީ އެވެ.

"ހަތަރު މީހުން ވޯކް މިކުރަނީ. ކޮންމެ މީހަކު ވެސް ނަގާނީ ދުވާލަކު ހަ ކްލައިންޓުން. އޭގެތެރޭގައި ރެގިއުލާ ކްލައިންޓުން ތިބޭނެ. އެމީހުން ތިބޭނީ ކުރީބައިގައި ނަގާފަ. އެހެންވީމަ އެދުވަހުން އެދުވަހަށް ނުލިބިދާނެ. އެކަމަކު އެންމެ އާލިއަސްޓް ޓައިމް ދޭނަން"

ތިބާ ސައިކޮލޮޖީ ސެންޓަރު: އެންމެ އިސްކަމެއް ދޭ އެއް ކަމަކީ ސްޓޭންޑާޑް ހިފެހެއްޓުން. -- ފޮޓޯ: ރައީސް އޮފީސް

"ސެޝަންތައް އަޅުގަނޑުމެން ހަދާނީ ރެގިއުލާ ކްލައިންޓުންނަށް ހަމަ ފަސޭހަ ގޮތަކަށް. އެއީ ރެގިއުލާކޮށް ނަގާނަމަ. އަދި އެބައާދޭ އެހެން މައްސަލައެއް. އެޓައިމް ދީފަ އެބަ ކެންސަލްކުރޭ ނިއު ކްލައިންޓްސް ގިނަ ފަހަރަށް. ނިއު ކޮންސަލްޓޭޝަނަކަށް ޓައިމްދީފަ އޮއްވަ ކެންސަލް ކުރީމަ ވަރަށް އުނދަގޫވޭ"

ބަލިމީހުންނާ ގުޅޭ މާހައުލެއް

"މި ކްލިނިކް ނަދާމެން ހުޅުވި އެއް ބޭނުމަކީ މިއީ. ކްލައިންޓުންނާ ވީހާ ވެސް ފްރެންޑްލީ އެންވަޔަރަމެންޓެއްގައި ފަރުވާދޭން. ގިނަ ކްލިނިކްތައް މި ހުންނަނީ މެޑިކަލް މޮޑެލް. އެކަމަކު ނަދާމެން ބޭނުންވަނީ ކްލައިންޓުން ވަރަށް ރިލޭކްސިން އެންވާރަމެންޓެއް. އެ ކޮމެންޓް އެބަހުރި ލިބިފަ ވެސް. އެ މީހުން އިމްޕްރޫވްވެސް ވާނެ."

ސެޝަންތަކުގެ މެދުތެރެއިން ސަޔާއި ކޮފީ ފަދަ އެއްޗެހި ވެސް ފޯރުކޮށްދެނީ ވީހާ ވެސް އެކުވެރި މާހައުލެއް ކްލައިންޓުންނަށް ފޯރުކޮށްދެން ކަމަށް ނަދާ ވިދާޅުވި އެވެ.

"މިކަހަ ކުދިކުދި ކަންތައްތައް ކްލައިންޓުން ހެޕިލީ ގަބޫލުކުރޭ. ތަފާތުކޮށް ކްލައިންޓުން އެންމެ ހިތްހަމަޖެހޭ ކަހަލަ އެންވާރަމެންޓެއް ހޯދައިދޭން ބޭނުންވަނީ."

އިންޓަނޭޝަނަލް ސްޓޭންޑާޑް ހިފަހައްޓަން މަސައްކަތްކުރޭ

ނަދާ ވިދާޅުވީ ތިބާ ސައިކޮލޮޖީ އިން އަބަދުވެސް އިންޓަނޭޝަނަލް ސްޓޭންޑާޑް ހިފަހައްޓާ އެތިކްސް އަށް ފޮލޯކުރާނެ ކަމަށެވެ. އަދި ތެރަޕީތަކާއި ކޮންސަލްޓޭޝަންތައް ނަގާނީ ރެޖިސްޓާޑް ސައިކޮލޮޖިސްޓުން ކަމަށެވެ.

"އޭގެ މާނައަކީ މާސްޓާޒް ލެވެލް މީހުންނޭ ތިބޭނީ. ޑިގްރީ ހަދައިގެން ތިބޭ ކުދިން ވެސް ވިތު ސުޕަވިޒަން އޮބްޒަވޭޝަންތަކަށް ދާނެ ކުޑަކުދިންގެ. އޯވަރޯލްކޮށް ނުދެން އަދި ކޮންސަލްޓޭޝަން އަދި ތެރަޕީއަކަށް ވެސް. ދޭ ކާންޓް ޑޫ ޑިގްރީ ލެވަލްގައި. އެކަހަލަ ތަފާތުތައް އެބައާދޭ. އެންމެ މުހިންމީ މި ސްޓޭންޑަޑާއި އެތިކްސް ފޮލޯކުރުން. ކޮލިޓީ ހިދުމަތެއް ދެވޭނީ ވެސް އޭރުން."

Popular