19 Jan 2022

By: Ahmed Jaishan

އުމުރުން ދުވަސްވާ ވަރަކަށް އިންސާނާގެ ހަންގަނޑަށް ބަދަލުތައް އަންނާނެ އެވެ. މިއީ ސަލާމަތް ވެވޭނެ ކަމެއް ނޫނެވެ. ނަމަވެސް އާންމުކޮށް ކޮށް އުޅޭ ކަންތައްތަކުގެ ސަބަބުން ނުވަތަ ސިއްހަތާ ގުޅޭ އާދަތަކުގެ ސަބަބުން ހަންގަނޑަށް ބޮޑެތި ގެއްލުން ލިބި އުމުރަށް ވުރެ މުސްކުޅި ކަމަށް ދައްކާނެ އެވެ.

ހަންގަނޑަށް ބޮޑެތި ގެއްލުން ލިބޭ ބައެއް އާދަތަކަކީ އާންމުކޮށް ކުރާ ކުދިކުދި ކަންކަމަށް ވެސް ވެދާނެ އެވެ. އިންސާނާގެ ހަށިގަނޑާ މެދު އަމަލުތައް ބަހައްޓާ ގޮތް، އިންސާނާގެ ހަންގަނޑުން ފެންނަން ހުންނާނެ އެވެ.

އަރިއަކަށް ނުވަތަ ބަންޑުން ނިދުން

.

މިއީ އާންމުކޮށް މީހުން ނިދައި އުޅޭ ދެ ޕޮޒިޝަން އެވެ. އެމެރިކާގެ ނެޝަނަލް ސްލީޕް ފައުންޑޭޝަނުން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި 66 ޕަސެންޓު މީހުންނަކީ އަރިއަށް އޮވެގެން ނިދަން އާދަވެފައިވާ މީހުންނެވެ. މިކަމުން އެނގެނީ މިގޮތަށް އަރިއަކަށް އޮވެގެން ނިދުމަކީ ވަރަށް އާންމު ޕޮޒިޝަނެއް ކަމެވެ. ނަމަވެސް މި ޕޮޒިޝަންގައި މައްސަލައެއް އެބަ އޮތެވެ.

އަރިއަކަށް އޮވެގެން ނިދާ މީހުންގެ ހަނގަނޑު ޖެހިފައި އޮންނަނީ އެއް ފަޅިއަށް ކަމަށް ވާތީ ކޮންމެވެސް ވަރަކަށް ހަންގަނޑު ދެމެން މެދުވެރިވެ އެވެ. ނަތީޖާއެއްގެ ގޮތުން، ކޮންމެވެސް ވަރަކަށް ހަންގަނޑުގައި ރޫ ޖެހެން މެދުވެރި ވާނެ އެވެ. މިކަމުގެ ސަބަބުން މާ ބޮޑަށް ރޫ އެރުމަށް މެދުވެރި ނުވި ނަމަވެސް ކޮންމެވެސް ވަރެއްގެ އަސަރެއް ހުރެ އެވެ.

މާ ގިނައިން ކަސްރަތު ކުރުން

.

ކަސްރަތު ކުރުމަކީ އިންސާނާ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެހެން މުހިއްމު ކަމެކެވެ. ނަމަވެސް އެއްވެސް ކަމަކީ މާ ގިނައިން ކުރުން ރަނގަޅު ކަމެއް ނޫނެވެ. އާންމުކޮށް ކަސްރަތުކޮށް ނުވަތަ ހަށިގަނޑަށް ނުކަތާ ވަރަށް ކަސްރަތު ނުކޮށް "ރެގިއުލާ" ލިމިޓެއް ކަނޑައަޅައިގެން ކަސްރަތު ކުރާ ނަމަ ހަންގަނޑަށާއި ހަށިގަނޑަށް ފައިދާ ކުރާނެ އެވެ. އެކަމަކު އަބަދު މާ ގިނައިން ކަސްރަތުކުރާ ނަމަ އެކަމުގެ ސަބަބުން ހަށިގަނޑު ގިނަ ވަގުތު "ސްޓްރެސް މޯޑް"ގައި ހޭދަ ކުރެ އެވެ. ދެން ވާގޮތަކީ މި ސްޓްރެސްގެ ސަބަބުން ކޯޓިސޮލް ބޭރުވަނީ އެވެ. އެ ކޯޓިސޮލް އަކީ އިލާސްޓިން އާއި ކޮލަޖެން ހަލާކުވެ އެވެ. މިއީ ހަންގަނޑު ރައްކާތެރިކޮށް ދުޅަހޮޔެކަންމަތީގައި ހުރުމަށްޓަކައި މުހިއްމު ދެ ޕްރޮޓީން އެވެ. މި ޕްރޮޓީން އަށް ގެއްލުން ވާނަމަ ހަނގަނޑު ހިކި ރޫޖެހުމަށް މެދުވެރިވެ އެވެ.

މާ ގިނައިން ސްކްރީނަށް ބެލުން

.

ބޭނުންކުރާ ހުރިހާ އެއްޗެއް ވެސް ޓެކްނޮލޮޖީއާ އެކު އެޑްވާންސް ވަމުން އަންނާތީ ތަފާތު އެކި ސްކްރީނަށް ކޮންމެ ދުވަހަކު ބަލާ މިންވަރު ވެސް އަންނަނީ އިތުރުވަމުންނެވެ. ތަފާތު އެކި ކަހަލަ ސްކްރީންތަކަށް ކޮންމެ ދުވަހަކު ނުބަލައެއް ވެސް ނުވެ އެވެ. ނަމަވެސް ސްކްރީންތަކުގެ ސަބަބުން ހަންގަނޑަށް ވެސް ގެއްލުންވެ އެވެ.

ސްކްރީންތަކުން ތަފާތު އެކި ކަހަލަ އިންފްރާ ލައިޓް އާއި ހައި އެނާޖީ ވިޒިބަލް ލައިޓް (އެޗްއީވީ) ދޫކުރެ އެވެ. މި ލައިޓްތަކަށް ބަލަން ގިނަ އިރު އިންނަ ކަމަށްވާ ނަމަ އޭގެ ސަބަބުން ހަންގަނޑަށް ކޮންމެވެސް ވަރަކަށް އޭގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެކެވެ. ނަތީޖާއެއްގެ ގޮތުން ހަންގަނޑުގައި ރޫޖެހުމަށް މެދުވެރި ވެ އެވެ. އެހެންވެ، ސްކްރީން ބޭނުންކުރާ ވަރު ކޮންމެ ދުވަހަކަށް ވެސް ކޮންމެވެސް ވަރަކަށް ލިމިޓް ކުރުން މުހިންމުވެ އެވެ.

ސިއްހަތު ސިއްހަތާއި ރައްކާތެރިކަން

Popular