15 May 2022

ޖީބަށް ދަތިނުވެ ސްޓައިލް ބަދަލުކޮށްލާނެ ގޮތެއް

By: Ahmed Jaishan

ގިނަ މީހުންނަކީ ތަފާތު ސްޓައިލްތަކާ އެކު ފެޝަންތައް ޓެސްޓުކޮށްލަން ބޭނުންވާ މީހުންނެވެ. އެކަމަކު ގިނަ ފަހަރަށް ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ފެޝަނަކީ ވަރަށް އަގުބޮޑު އެއްޗެއްގެ ގޮތުގަ އެވެ. މިއީ މުޅިން ތެދެއް ނޫނެވެ. ވަރަށް ހަރަދުކުޑަ ގޮތަކަށް ވެސް ރަނގަޅު ސްޓައިލްތައް ޓެސްޓުކޮށްލެވޭނެ އެވެ.

އާދައިގެ ހަވީރެއް ނުވަތަ ރަށްޓެހިންނާ އެކު އެކީގައި "ހޭންގް އައުޓް" އަކަށް ދިޔަ ނަމަވެސް ތަފާތު ސްޓައިލްތައް ޓެސްޓުކޮށްލުމަކީ މީހާގެ ސެލްފް ކޮންފިޑެންސް ބޫސްޓްކޮށްލަން ރަނގަޅު ކަމެކެވެ.

މިއީ ހަރަދު ކުޑަކޮށް ކުރެވޭނެ ކަމެއް ކަން އެނގޭ ހެއްޔެވެ؟ މި ކިޔައިދެނީ ހަރަދު ކުޑަކޮށް ޓެސްޓު ކޮށްލެވޭނެ ބައެއް ސްޓައިލްތަކެވެ.

އޯވާ ޝާޓް އާ އެކު ޖީންސް

.

ނުވަދިހައިގެ ސްޓައިލްތަކާއި 2000ގެ ކުރީކޮޅުގެ ސްޓައިލްތައް މިހާރު އެނބުރި އަންނަ އިރު މިއީ މިހާރު ވަރަށް މަގުބޫލުވަމުން އަންނަ ސްޓައިލެކެވެ. މިއީ އާންމުކޮށް ހަވީރު ބޭރަށް ގޮސް އުޅޭއިރު ގެންގުޅެވިދާނެ ސްޓައިލެކެވެ.

މި ސްޓައިލަށް ބޭނުންވާނީ އާންމުކޮށް ލާން ގެންގުޅޭ ވަރުގެ ގަމީހަކަށް ވުރެ ބޮޑު ސައިޒުގެ ގަމީހަކާއި އަޑީން ލާން އާދައިގެ ޓީޝާޓެއްގެ އިތުރުން އާދައިގެ ޑެނިމް ޖީންސް އެވެ. ޖީންސް ހޯދާއިރު ބަލާނީ ސްކިނީ ޖީންސް ނޫން ތަންކޮޅެއް ގަޔަށް ދޫ ފުޅާ ޖީންސް އެވެ.

އޯވާ ޝާޓް އަށް ގަމީހެއް ގަންނަ އިރު ކޯޑުރޯއި މެޓީރިއަލްގެ ގަމީހެއް ހޯދުން ރަނގަޅުވާނެ އެވެ. މި ލުކަށް ގާތްގަނޑަކަށް ހޭދަވާނީ 500 ވަރަކަށް ރުފިޔާ އެވެ.

ސެމީ ފޯމަލް ފަޓުލޫނާއި ޓީޝާޓު

.

ސެމީ ފޯމަލް ފަޓުލޫނާ އެކު ޓީޝާޓު ލައިގެން ކެޝުއަލް ހުރިހާ އިވެންޓަކަށް ދެވޭނެ އެވެ. ފުރަތަމަ ލުކާ ހިލާފަށް މި ލުކަކީ އަދި މާ ފަސޭހަ ލުކެކެވެ. އަދި އާންމުކޮށް ބޭރުގައި އުޅޭއިރު ވެސް މި ލުކް ފުރިހަމަކޮށްލެވޭ އިރު އިވެންޓުތަކަށް ވެސް މި ލުކް ހެޔޮވަރު ކޮށްލެވޭނެ އެވެ.

މި ލުކަށް ބޭނުންވާނީ އަތް ދިގު ޓީޝާޓެކެވެ. އަތްކުރު ޓީޝާޓެއް ނަމަ ރަނގަޅުވާނީ "އޯވަސައިޒްޑް" ޓީޝާޓެކެވެ. ދެ ވައްތަރުގެ ޓީޝާޓު ވެސް މި ލުކަށް ރަނގަޅުވާނެ އެވެ. ދެން ބޭނުންވާނީ އާދައިގެ ފަޓުލޫނެއް ނުވަތަ ގޮޅިޖެހި ފަޓުލޫނެކެވެ.

މި ލުކަށް 300 ރުފިޔާ ވެސް ހޭދަ ނުވާނެ އެވެ،

ފެޝަން

Popular