17 May 2022

ހުނިރޮއްޓާއި ކުޅި ރިހާކުރު މޫސުން ފެށުނީ

ހުނިރޮއްޓާއި ކުޅި ރިހާކުރު މޫސުން ފެށުނީ

By: Aishath Maaha

މިހާރު މިއޮތީ ވިއްސާރަވެ ފިނިވެފަ އެވެ. ކޮންމެހެން ބޭރަށް ދާންޖެހޭ ތަނަކަށް ނޫނީ ނުދެވޭނެ އެވެ. ވިއްސާރަ ދުވަސްވަރެއްގައި މާލޭގެ މަގުތަކުގައި ހިނގައި، ދުއްވަން ވެސް ފަސޭހައެއް ނޫނެވެ. އެހެންވީމާ ދެން އޮތް ކަމަކީ ގޭގައި ތިބުމެވެ. -- ދެން ނެޓްފްލިކްސް އެންޑް ޗިލް އެވެ.

މިހެން ތިބޭއިރު ވިއްސާރަވީމާ ކޮންމެހެން ވެސް ކާން ބޭނުންވާ އެއްޗެހި ގިނަ މީހުންގެ ހުރެ އެވެ. ކްރޭވިންގްސް އެވެ. މި ކްރޭވިންގްސް އެކި މީހުންނަށް ތަފާތެވެ. މި އެއްޗެއް ކާލައިގެން އެނދުގެ ރަޖާގަނޑު ދަށަށްވަދެ ފިލްމެއް ނުވަތަ ސީރީޒެއް ބަލައިލުމުން "ޕާފެކްޓް ޑޭ" އެއްގެ ގޮތުގައި ނިންމި ވެސް ދާނެ އެވެ.

ހުނި ރޮއްޓާއި ކުޅި ރިހާކުރު

ވިއްސާރަވާއިރަށް ހުނި ރޮއްޓާއި ކުޅި ރިހާކުރު ކައިނުލާ ލޮލަށް ނިދި ނާންނަ މީހުން ވެސް އުޅެ އެވެ. ފަތިހެއް މެންދުރެއް، މެންދަމެއް ކިޔާނެ ކަމެއް ނެތެވެ. މިއާ އެކު ހޫނު ހޫނު ކަޅު ސައިތައްޓެއް ވެސް ހިމަނާލުމުން އިތުރަށް ފުރިހަމަވެގެންދެ އެވެ.

View this post on Instagram

A post shared by FoodnessBySaa (@saa_samaahath)

ހުނި ރޮށީގެ ބަދަލުގައި މުރަނަ ރޮށި ވެސް ހަމަ އެންމެ ކަމުދެ އެވެ. ކުޅިކުޅި ރިހާކުރާއި މުރަނަ ރޮއްޓަކީ ވެސް ކަޅު ސަޔާ އެކު މިފަދަ ވިއްސާރަ ދުވަހަކަށް އެންމެ ޕާފެޓް ފުޑެވެ.

ރާމެން / ނޫޑްލްސް

ފިނި ދުވަސްތަކުގައި ނޫޑްލްސް ގަނޑެއް ނުވަތަ ކުޅި ރާމެން ނުކައިފިއްޔާ ދުވަސް ފުރިހަމަނުވާ މީހުން މަދެއް ނޫނެވެ. އަދި ހާއްސަކޮށް ވަޅޯ މަސް އަޅާލައިގެން ހަދާލާ ނޫޑުލްސްގަނޑު ވިއްސާރަ ދުވަހާ ހަމަ އެންމެ ގުޅެ އެވެ.

މީރު ނޫޑްލްސް ގަނޑެއް ހަދާލައިގެން ޓީވީ ހުޅުވާލައިގެން އިނދެ ފިލްމެއް ބަލައިލުމުން މި މޫސުން ހަމަ އެންމެ ރަނގަޅަށް އެންޖޯއިކޮށްލެވުނީ އެވެ.

ކުޅި ބޯކިބަލާއި ކަޅުސައި

މިއީ ދެން އަބަދުވެސް ފޭވަރިޓެކެވެ. އެކަމަކު ވާރޭވެހޭ ދުވަސްވަރު ކުޅި ބޯކިބަލާއި ކަޅުސައި ނުބޯ ނަމަ ވިއްސާރަ ދުވަހުގެ އުފާ އެންމެ ފުރިހަމަ ގޮތުގައި ނުހޯދޭ މީހުން ވެސް މަދެއް ނޫނެވެ. އާއިލާ އެކުގައި ކުޅި ބޯކިބަލެއް އަޅާލައިގެން އެކުގައި ސައިބޯލުމުން އެލިބޭ ހިތްހަމަޖެހުން ވެސް ބޮޑެވެ.

ކުޅި ބަތްޕެން

ހީވާގޮތުން މިއީ ވެސް ކުޅިއެއްޗެއް ކާހިތުން ކާން ބޭނުންވާ އެއްޗެކެވެ. ވިއްސާރަ ދުވަސްވަރު ކުޅި ބަތްޕެނަކީ "މަސްޓެކޭ" ބުނާ މީހުން ވެސް އުޅެ އެވެ.

މިއީ އަހަރެމެންނާ ދިމާވި ބައެއް މީހުން ވިއްސާރަ ދުވަސްވަރު އެންމެ ކާން ބޭނުންވާ އެއްޗެއްސެވެ. ކިޔުންތެރިންގެ ކްރޭވިންގްސްތައް ވެސް ކިޔައިދީބަލާށެވެ.

ވާރޭ މޫސުން

Popular