3 Jul 2022

By: Ahmed Jaishan

ވިއްސާރަވީ އެވެ. ހޫނު ސައިތަކާއި ކޮފީތަކަށް ދަހިވާނެ އެވެ. ގިނަ ބަޔަކަށް އެންމެ މަގުބޫލީ ބޮމްބޭ ޓީ އާއި އާދައިގެ ކަޅު ސައި ކަމަށް އޮންނަނީ ވެފަ އެވެ.

އެކަމަކު މިއީ ވެސް އެކި މީހުންނަށް ތަފާތުކޮށް އޮންނަ ކަމެކެވެ.

މިއިން ކޮންމެ ބުއިމަކީ ވެސް މޮޑިފައި ކޮށްލުމުން ސިއްހަތަށް ވެސް ފައިދާ ކޮށްދޭނެ ބުއިންތަކެވެ. މިއީ ރޯގާ ބާރު ދުވަސްކޮޅަކަށް ވާތީ އެކަމާ ގުޅޭ ގޮތަށް ވެސް ބުއިންތައް ތައްޔާރުކޮށްލަން ރަނގަޅުވާނެ އެވެ.

އިނގުރާއި ކަޅުސައި

.

ކަޅުސައި ބޯ މީހުންނަށް މިއީ ވަރަށް ރަނގަޅު ޓިޕެކެވެ. ކަޅުސައި ބޯއިރު އެއަށް އިނގުރުކޮޅެއް ކޮށާލުމަށް ފަހު އަޅައި ގިރާލައިގެން ބޯށެވެ. ވިއްސާރަ ދުވަސްކޮޅެއްގައި މިއީ ހަށިގަނޑަށް ވަރަށް ފައިދާ ކުރާނެ ކަމެކެވެ.

އިނގުރު ބޭނުން ކުރުމުން މީހާ އަށް ކާނާ ހަޖަމުކުރަން ފަސޭހަ ވާނެ އެވެ. އަދި އޭގެ އިތުރުން މީހާގެ ހަށިގަނޑު ހޫނުކޮށްދިނުމަށް ވެސް އެހީއަކަށްވާނެ އެވެ.

ބޮމްބޭ ޓީ އާއި ރީނދޫ

.

ބޮމްބޭ ޓީ އަކީ އެކި އެއްޗެހި އަޅާފައި ހުންނަ ބުއިމެކެވެ. ފޮނިތޮއްޓާއި ކާފުރުތޮޅީގެ އިތުރުން އެކި ޒާތުގެ އެއްޗެހި އަޅާފައި ހުންނަ ބޮމްބޭ ޓީ އަކީ އޭގެ ޒާތުގައި ވެސް ފައިދާ ހުރި އެއްޗެކެވެ.

އެއަށް ރީނދޫ އަޅައިގެން ވިއްސާރަ ދުވަހެއްގައި ހަށިގަނޑަށް ފައިދާ ވާނެ އެވެ. ސަޔަށް ރީނދޫ އަޅައިގެން ބޯ ނަމަ އޭގެ އެންޓި އޮކްސިޑެންޓްގެ ސަބަބުން ދިފާއީ ނިޒާމަށް ފައިދާ ވާނެ އެވެ. ދިފާއީ ނިޒާމު ވަރުގަދަކޮށް ބެހެއްޓުމަކީ ވިއްސާރަ ދުވަސްކޮޅެއްގައި ރަނގަޅު ސިއްހަތެއްގައި ހުރުމަށް އެހީތެރިވެ ދޭނެ ކަމެކެވެ.

އާއްމު ދިރިއުޅުން ކަޅު ސައި

Popular