1 Aug 2022

ފޮލޯ ކުރަން ރަނގަޅު ދިވެހި ޓިކްޓޮކް އެކައުންޓުތަކެއް

By: Ahmed Jaishan

މިހާރު ރާއްޖޭގައި ޓިކްޓޮކް ބޭނުން ނުކުރާ ބަޔަކު މަދުވާނެ އެވެ. ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޓިކްޓޮކްގައި ހުރިހާ ދާއިރާގެ އާޓިސްޓުން ހިމެނެ އެވެ. ގޭގައި ކައްކާ ޓިކްޓޮކަރުން ފެށިގެން އަމިއްލަ އަތުމަސައްކަތްތައް ކުރާ ޓިކްޓޮކަރުން ވެސް ރާއްޖޭގައި މަދެއް ނޫނެވެ.

ދިވެހި ޓިކްޓޮކަރުންގެ ތެރޭގައި ވެސް ފޫހި ފިލުވާލައި އެއްޗެއް ދަސްކޮށްލަން ބޭނުންވާ ނަމަ ފޮލޯ ކޮށްލެވޭނެ އާޓިސްޓުން އެބަތިއްބެވެ. އޭގެތެރެއިން މި ހިމަނާލަނީ ދިވެހި ޓިކްޓޮކަރުންގެ ތެރެއިން ފޮލޯ ކޮށްލަން ރަނގަޅު ބައެއް ޓިކްޓޮކަރުންނެވެ.

1. ޝާވީ

މިއީ ދިވެހިންގެ މެދުގައި މި ފަހަކަށް އައިސް މަގުބޫލުކަމެއް ހޯދަމުން އަންނަ ޓިކްޓޮކާ އެކެވެ. ރަށްޓެހިންނާ އެކު މަޖަލަކަށް ހަދަން ފެށި ވީޑިއޯތައް ވެގެން ދިޔައީ ގިނަ ބަޔަކަށް ވަރަށް މަޖާވި ވީޑިއޯތަކަކަށެވެ. އެއާއެކު ގްރޫޕު އެކީގައި ތަފާތު ވީޑިއޯތައް ހަދަ އެވެ.

@shaavyyyy Replying to @plsnotyouraveragegorl we finally made the Zuleykha Remake part2!! enjoy!! #dhivehitiktok #maldives #maldivestiktok #dhivehi #dhivehifilm ♬ original sound - shaavyyy

ޝާވީގެ އެކައުންޓުގައި އެންމެ މަގުބޫލުކަމެއް ހޯދާފައިވަނީ ދިވެހި ފިލްމުގެ ރިކްރިއޭޝަން ވީޑިއޯތަކެވެ. މި ވީޑިއޯތަކުން ފެންނާނީ ދިވެހި ފިލްމުގެ މަންޒަރުތަކެއް "ލޯ ބަޖެޓް" ކޮށް އަލުން ކުޅެފައިވާ މަންޒަރުތަކެވެ.

2. ކަރަމް

އޮސްޓްރޭލިއާގައި މިވަގުތު ދިރިއުޅެމުންދާ ކަރަމް އިބްރާހީމް އަލީ އަކީ ދިވެހިންގެ ތެރޭގައި މަގުބޫލު ކަން ހޯދަމުން އަންނަ ޓިކްޓޮކާ އެކެވެ. އަމިއްލަ ހަޔާތުގެ ކަންތައްތައް ޓިކްޓޮކް މެދުވެރިކޮށް ހިއްސާކުރަމުން އަންނަ ކަރަމް މަގުބޫލު ވެފައިވަނީ އޭނާގެ އަޑަށެވެ.

ކަރަމް އަކީ ލަވަކިޔުންތެރި އެކެވެ. ކަވާ ލަވަކިޔުމުގެ އިތުރުން ކަރަމް އަކީ އަމިއްލަ އޮރިޖިނަލް ރާގުގެ ލަވަ ކިޔާ ވެސް ޒުވާނެކެވެ.

@karam.ibrahim.ali Someone out here called me a discount Olivia Rodrigo so here we are I guess #traitoroliviarodrigo #traitorcover #voiceeffects ♬ original sound - Karam

3. ލެވެންޑާ

ލެވެންޑާ އަކީ "މޮޑެސްޓް" ދިރިއުޅުމެއް ދައްކައިދޭ ޓިކްޓޮކާއެކެވެ. އެކައުންޓުގެ ފަހަތުގައި ވަނީ ކާކު ކަން ނޭނގުނު ނަމަވެސް އެ އެކައުންޓުން އާންމުންނަށް ފައިދާ ވާނެ ކަން ޔަގީނެވެ. އެ އެކައުންޓުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ތަފާތު އެކި ކަހަލަ ރެސިޕީ އެވެ. އަމިއްލަ އަށް ގޭގައި ހަރަދު ކުޑަކޮށް ތައްޔާރު ކޮށްލެވޭ ރެސިޕީތައް މި އެކައުންޓުގައި ފާހަގަކޮށްލެވެ އެވެ.

އެކައުންޓުގެ އިތުރު ވީޑިއޯތަކުގެ ތެރޭގައި ވްލޮގް ސްޓައިލް ވީޑިއޯތައް ހިމެނެ އެވެ. އޭގެތެރެއިން ދުވަހުގެ ރޫޓީން އާ ގުޅޭ ވީޑިއޯތައް ވެސް ފާހަގަކޮށްލެވެ އެވެ.

4. ޑރ. ޝަޒްމާ

ޑރ. ޝަޒްމާ އަބްދުﷲ އަކީ ކޮސްމެޓިކް ގައިނެކޯލޮޖީގެ ދާއިރާ ސްޕެޝަލިސްޓެކެވެ. ޑރ. ޝަޒްމާގެ ޓިކްޓޮކްގައި ދާއިރާ އާ ގުޅޭ ބައެއް ކަންތައްތަކަށް އަލި އަޅުވާލަ އެވެ. އަދި އެ ކަންތައްތަކާ ގުޅޭ ގޮތުން އާންމުންނަށް މައުލޫމާތު ލިބޭނެ ވީޑިއޯތައް ވެސް ޕޯސްޓު ކުރެ އެވެ.

@drshazma14 For genital skin peeling please make appointment with me ♥️ #cosmeticgynecology #childbirth #gynecologist #cosmetic #confidence #loveyourself ♬ Woman - Doja Cat

ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް ނުވަތަ ޕީސީއޯއެސް އަކީ ވެސް ޑރ. ޝަޒްމާ ވާހަކަ ދައްކައި މައުލޫއެކެވެ.

5. ފެކްޓްސް

ފެކްޓްސް އިންސައިޑާ އަކީ 16 އަހަރުގެ ކުއްޖަކު ހިންގާ ޓިކްޓޮކް އެކައުންޓެކެވެ. މި އެކައުންޓުގައި ވައިރަލް ތަފާތު ވީޑިއޯތައް ހިމެނެ އެވެ. މި އެކައުންޓަކީ ތަފާތު އެކި މައުލޫމާތު ތައް ބޭނުންވާ ނަމަ ފޮލޯ ކޮށްލަން ވަރަށް ރަނގަޅު އެކައުންޓެކެވެ.

އެކައުންޓުގައި ފާހަގަކޮށްލެވޭ ކޮންޓެންޓުތަކުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކާ ގުޅޭ ތަފާތު މައުލޫމާތު ހިމެނެ އެވެ.

Popular