10 Aug 2022

ކްލާހުން ބޭރުކޮށްލި ކުދިން ކޮބާ؟

By: Ahmed Jaishan

ސްކޫލު ދުވަސްވަރު އޮންނާނީ ގިނަ ބައެއްގެ ތަފާތު ހަނދާންތަކާ ގުޅިފަ އެވެ. އެކުވެރިންނާ އެކު ތަފާތު މަޖާ ކަންތައް ކޮށް އުޅުނު ދުވަސްވަރު ހަނދާނެއް ނުނެތޭނެ އެވެ. ސްކޫލު ދުވަސްވަރުން އެންމެ ހަނދާން ހުންނާނެ އެއް ކަމަކީ ކްލާހުން ބޭރުކޮށްލުމެވެ.

ކްލާހުގައި މަޖަލަކަށް ކޮށްލާ ކަމަކުން ނުވަތަ ޓީޗަރުގެ މޫޑު ހުންނަ ގޮތުން ވެސް ކްލާހުން ބޭރަށް ނުކުންނަން ޖެހިދާނެ އެވެ. އަދި ގަޑި ނިމެންދެން ކްލާސް ދޮރުމަތީގައި ހުންނަ އިރު އެންމެނަށް ފެންނާނެ އެވެ. އެއްބަޔަކު ބޭރުގައި ތިބެގެން ވެސް މަލާމަތްކުރާނެ އެވެ.

ނަމަވެސް ބައެއް ފަހަރަކީ ކްލާހުން ނެރެލުމަކީ މަޖާގަނޑެކެވެ. ކްލާހުގެ ގިނަ ދަރިވަރުން އެއްފަހަރާ ކްލާހުން ނެރެލާ ވަގުތަކީ އެންމެން އެކުގައި ތިބެ ސަކަރާތް ޖަހާ ވަގުތެކެވެ.

އެކި ސަކަރާތާ ހެދި ކްލާހުން ނެރެލާފައި ހުންނާނެ އެވެ. އޭގެތެރެއިން ވެސް އެންމެ ގިނައިން ކްލާހުން ނެރޭ އެއް ސަބަބަކީ ފިލާވަޅުތައް ނުހެދުމެވެ.

ތިޔާގެ ތެރެއިން އެއްވެސް މީހަކު ކްލާހުން ބޭރުކޮށްލި ހެއްޔެވެ؟ ކްލާހުން ބޭރުކޮށްލި ނަމަ ކްލާހުން ބޭރުކޮށްލީ އެންމެ ފުރަތަމަ ކޮން ގްރޭޑެއްގައި ހެއްޔެވެ؟ އަދި އެއީ ކީއްވެހެއްޔެވެ؟

ސްކޫލް ޒުވާނުން

Popular