18 Aug 2022

ފަސޭހައިން ނިދަން އަރަންވީ އިސްޓާކީނަށް

By: Ahmed Jaishan

ނިދަން އުނދަގޫވުމަކީ ކޮންމެ މީހަކަށް ވެސް ބައެއް ފަހަރު ދިމާވާ ކަމެކެވެ. ނިދީގެ ކޮލިޓީ ދަށްވުމަކީ ވެސް ނިދަން އުނދަގޫ ވެދާނެ ކަމެކެވެ. މިކަމަށް އޮތީ ވަރަށް ހީ ނުކުރާ ފަދަ ހައްލެކެވެ. އެއީ އިސްޓާކީނެވެ.

ކޮންމެ ދުވަހަކު ރަނގަޅަށް ނިދި ލިބުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މުހިއްމު ކަމެކެވެ. ނަމަވެސް ނިދި ލިބޭ އިރު ވެސް މުޅި ރޭ އިރުކޮޅަކާ ހޭލެވުމަކީ ނިދީގެ ކޮލިޓީ ދަށްވުމުގެ އަލާމާތެކެވެ. ގަޑި ހަމަކޮށް ނިދުމާ އެއްވަރަށް ނިދީގެ ކޮލިޓީ ރަނގަޅު ވުމަކީ ވެސް އެހާ މުހިއްމު ކަމެކެވެ.

ނިދީގެ ކޮލިޓީ ރަނގަޅު ކުރުމަށް ކުރެވިދާނެ ކިތަންމެ ކަމެއް އެބަހުއްޓެވެ. އެކަމަކު އެންމެ ފަސޭހައިން އަދި އެންމެ ހަރަދު ކުޑަ ގޮތަކަށް ކޮށްލެވޭނެ އެއް ކަމަކީ އިސްޓާކީނަކަށް އަރައިގެން ނިދުމެވެ.

ސްލީޕް އެކްސްޕާޓުން ބުނާގޮތުގައި އިސްޓާކީނަށް އަރައިގެން ނިދަން އޮށޯންނަ އިރަށް އެންމެ ލަސް ވެގެން ވެސް 15 ވަރަކަށް މިނެޓުގެ ތެރޭގައި ނިދޭނެ އެވެ.

..

ނިންޖާއި ނިދީގެ ކޮލިޓީ އާއި އިސްޓާކީނާ ގުޅުން އެބައޮތެވެ. އިންސާނާ ނިދުމަށްޓަކައި އޭނާގެ ހަށިގަނޑުގެ "ކޯ ބޮޑީ ޓެމްޕަރޭޗާ" ފަސޭހައިން ދަށްވާން ޖެހެ އެވެ. ނިދީގެ ތެރޭގައި އިންސާނާގެ ހަށިގަނޑުގެ ފިނި ހޫނުމިން ދެ ޑިގްރީ ތިރިއަށް ޖައްސާލަ އެވެ.

ވީހާ ވެސް އަވަހަށް ހަށިގަނޑުގެ ފިނިހޫނު މިން ދަށްކޮށްލެވުމަކީ ފަސޭހައިން ނިދުމަށް މެދުވެރިވާ ސަބަބެވެ. އިސްޓާކީނު މީގެ ތެރެއަށް އަންނަނީ މިހާ ހިސާބުންނެވެ.

އިންސާނާގެ ހަށިގަނޑުގެ ފިނިހޫނު މިން ރެގިއުލޭޓްކުރަނީ ހަމުގެ ޒަރިއްޔާއިންނެވެ. އިންސާނާގެ އަތް ތިލަ އާއި ފައިތިލަ އަކީ މިކަމަށް އެންމެ ބޮޑަށް މަސައްކަތް ކުރާ ދެ ގުނަވަނެވެ. ސަބަބަކީ ހުދުހަމުގައި އިސްތަށި ނުހުންނާތީ އެވެ. އެހެންވެ އިންސިއުލޭޝަން ކުޑަވާނެ އެވެ.

ރިސާޗަރުން ބުނާގޮތުގައި ނިދުމުގެ ކުރިން އިންސާނާގެ ފައިތިލަ ކުޑަކޮށް ހޫނުވާ ނަމަ ނިދަން ފަސޭހަ ވާނެ އެވެ. އެކަމަށް އިސްޓާކީނެއް ބޭނުން ކުރުމުން އިންސާނާގެ ފައިތިލަ ވަރަށް ރަނގަޅަށް އިންސިއުލޭޓްވެ އެވެ.

އެކަމު މިއީ ވަރަށް މަދު ބަޔަކު ނޫނީ ކުރާ ކަމެއް ނޫނެވެ. އެހެންވީމާ ނިދުމުގެ އާދަ ބަދަލުކޮށްލަން ޖެހެ އެވެ. ނިދުމުގެ ކުރިން އިސްޓާކީނަކަށް އެރުމަކީ ހުރިހާ އެންމެން ވެސް އާދަކުރަން ރަނގަޅު ކަމެކެވެ.

ސިއްހަތު

Popular