27 Feb 2025

ރޯދަމަސް ފެށެނީ، މޭވާކޮޅެއް ފްރީޒްކޮށްލާ!

ރޯދަމަސް ފެށެނީ، މޭވާކޮޅެއް ފްރީޒްކޮށްލާ!

By: Aishath Mihna Nasih

ރޯދަމަހަށް ތައްޔާރުވާން އެންމެން މިއުޅެނީ ވަރަށް ބުރަކޮށެވެ. އެއްބަޔަކު ބަދިގެ އާއި ގޭތެރެ ފޮޅައި ސާފުކުރަނީ އެވެ. އަނެއްބަޔަކު ބައެއް ފަރުނީޗަރުތަކާއި ގޭތެރޭގެ ސާމާނުތައް އާކުރަނީ އެވެ. ދެން ތިބީ ރޯދަ މަހަށް އެކިކަހަލަ މޭވާ އާއި ތަރުކާރީ އަދި އެހެނިހެން ކާބޯތަކެތި ގަންނަ މީހުންނެވެ.

ކުރީ ބައިގައި ކިތަންމެ ތައްޔާރުވިއަސް، ހަމަ ކޮންމެ ދުވަހަކު ވެސް ފިހާރަދޮށަށް ނުގޮސް ނުވެ އެވެ. އެންމެ ގިނައިން ކޮންމެ ގެއެއްގައި ވެސް ހަދާ އެކައްޗަކީ ތަފާތު ބާވަތްތަކުގެ ފަންޏެވެ. އެއްބަޔަކަށް ރޯދަ ވީއްލާ ވަގުތު ފަނި ތަށްޓެއް ނުބޮވޭ ނަމަ ކަރުހިއްކުން ވެސް ނުފިލަ އެވެ. އެކަމަކު ދުޅަހެޔޮކޮށް ރޯދަ މަހުގެ ދުވަސްތައް ހޭދަކުރަން ބޭނުންވާ މީހުން ވެސް ގިނަވެ، ސްމޫތީ ފަދަ ބުއިންތައް ވެސް މިހާރު ބޭނުންކުރާ މިންވަރު އިތުރެވެ.

މިއިން ކޮންމެ ކަހަލަ ބުއިމެއް ތައްޔާރުކުރިއަސް އެންމެ ގިނަވަގުތު ހޭދަވަނީ މޭވާތައް ކޮށުމާއި އައިސް ގަނޑުކޮށް އެ ބޭނުންވާ ވަރަށް ގިރުމުގަ އެވެ.

ރޯދަ މަސް ފެށެން އެންމެ ދުވަހެއް ބާކީ އޮތްއިރު، ފަނި ނުވަތަ ސްމޫތީ ހަދަން ހަވާލުވެފައިވާ މީހުންނަށް ދުރާލައި ކުރެވިދާނެ އެއްކަމަކީ މޭވާ ކޮށައި ގަނޑު ކުރުމެވެ. މިއީ ހަރަދު ކުޑަވެ، މަސައްކަތް އަވަސްވެގެންދާނެ ކަމެކެވެ.

އާންމުކޮށް، ފަނި ނުވަތަ ސްމޫތީ ހެދުމަށް ބޭނުންކުރާ މޭވާތައް އެއްފަހަރާ ގިނައިން ގަތުމުން އަގު ވެސް ހެޔޮވާނެ އެވެ. އަދި ފަނި ގިރާވަރުގެ ކުދިކުދި އެތިކޮޅުކޮޅަށް ކޮށައި ފްރީޒްކުރުމުން ގަނޑުފެން ބޭނުންކުރަންޖެހޭ މިންވަރު ވެސް މަދުވާނެ އެވެ.

މޭވާ ފްރީޒުކުރާގޮތް ދައްކައިދޭ ވީޑިއޯ އެއް --

މިގޮތަށް ފްރީޒުކުރާއިރު އެންމެ މުހިންމީ ވީހާވެސް ރައްކާތެރިކަމާ އެކު މިކަން ކުރުމެވެ. މޭވާތައް ދޮވެ ކޮށުމަށް ފަހު ބޭކިން ޓްރޭއެއްގައި ނުވަތަ ތަށްޓެއްގައި ވެސް ވަކިވަކިން މޭވާކޮޅުތައް އަތުރާފައި ފްރީޒްކުރެވިދާނެ އެވެ. އަދި ގަނޑުވުމުން ޒިޕްލޮގް ބޭގްސް ނުވަތަ އެއާ ޓައިޓް ކޮންޓެއިނަރަށް އެޅިދާނެ އެވެ.

ސްމޫތީސް ހަދަން އާންމުކޮށް ބޭނުންކުރެވިދާނެ ބައެއް މޭވާގެ ވައްތަރުތަކުގެ ތެރޭގައި ދޮންކެޔޮ، ބެރީސް (ސްޓްރޯބެރީ، ބްލޫބެރީސް، ރާސްބެރީސް)، ޑްރެގަން ފްރުޓް، ފަޅޯ އަދި އެވަކާޑޯ ހިމެނެ އެވެ.

ރަމަޟާން 2025

Popular