މިއީ އަނެއްކާވެސް މުޅި ރާއްޖެއަށް ވިއްސާރަ ދުވަސްކޮޅެކެވެ. މިކަހަލަ ކޮންމެ ދުވަސްވަރެއްގައި ކަން ހިނގާ ގޮތަށް ސޯޝަލް މީޑިއާގައި އެކި ފާޑުގެ ކާނާތައް ވިއްސާރައާ ގުޅުވައިގެން އެބަ ޕޯސްޓްކުރެ އެވެ.
މިއީ އަނެއްކާވެސް މުޅި ރާއްޖެއަށް ވިއްސާރަ ދުވަސްކޮޅެކެވެ. މިކަހަލަ ކޮންމެ ދުވަސްވަރެއްގައި ކަން ހިނގާ ގޮތަށް ސޯޝަލް މީޑިއާގައި އެކި ފާޑުގެ ކާނާތައް ވިއްސާރައާ ގުޅުވައިގެން އެބަ ޕޯސްޓްކުރެ އެވެ.
ރޮއްޓާއި ރިހާކުރާއި ކަޅު ސައި މިއީ މިކަހަކަ ދުވަސްވަރެއްގައި އެންމެ އާންމު އެކައްޗެވެ.
މިފަހަރު މި ކިޔައިދެނީ ތަފާތު އެއްޗެކެވެ. ވިއްސާރަ ދުވަހެއްގައި ރައްޓެހިން ނުވަތަ އާއިލާއާ އެކު މިއީ ކާލަން މީރު، އަދި ފަސޭހައިން ހެދޭ އެއްޗެކެވެ.
ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް މި ހެދިކާ އެކި ގޮތްގޮތަށް ހަދަ އެވެ. މިފަހަރު މި ކިޔައިދެނީ އުތުރުގެ ބައެއް ރަށްރަށުގައި ވިއްސާރަ މޫސުމަށް ހާއްސަ އެއްޗެއް ކަމަށްވާ ލޮނު ރޮށި ހަދާނެ ގޮތެވެ.
ބޭނުންވާ ތަކެތި:
- ފިޔާ، ލޮނުމެދު، މިރުސް، ހިކަނދިފަތް، ލޮނު (ރަހަލާވަރުގެ އެތިކޮޅެއް) އަސޭމިރުސް، ހުނި، ފުށް، މަސް (ހަރުކޮށް ހެފޭ ވަރުގެ)
ތައްޔާރުކުރާނެ ގޮތް:
ފިޔާ އާއި ލޮނުމެދާއި ހިކަނދިފަތްކޮޅު ތުނިކޮށް ކޮށާލާށެވެ. ފުށް މޮޑެވޭ ވަރުގެ ތައްޓަކަށް އެޅުމަށްފަހު އޭގެ ތެރެއަށް ލޮނާއި މިރުސް އަދި އަސޭމިރުސް އަޅައި ރަނގަޅަށް މޮޑެލާށެވެ. ފިޔާކޮޅު ވަޅޯވެ، ރަނގަޅަށް މޮޑެވުމުން އޭގެތެރެއަށް މަސްކޮޅު އަޅައި އެއްކޮށްލާށެވެ. އަދި އެއަށް ފަހު ހުނި އަޅާށެވެ.
ހުރިހާ އެއްޗެއް ރަނގަޅަށް އެއްވުމުން ހުނި އަޅައި ފުށްގަނޑު މޮޑެލާށެވެ. ފިހެވުމުން ބޯކޮށް ހުންނަ ވަރަށް ތަންކޮޅެއް ބޮޑުކޮށް ފުށް ގުޅަ ކަނޑައި ދަމާށެވެ. އަދި ރޮށި ފިހާހެން ފިހެލާށެވެ.
ބައެއް މީހުން މުރަނަކޮށް ފިހޭއިރު އަނެއްބައި މީހުން މި ކެއުމަށް ބޭނުން ކުރަނީ ހުނި ރޮށި ހުންނަ ވަރަށް ފިހެގެންނެވެ.
އާންމު ގޮތެއްގައި މި ކައި އުޅެނީ ވިއްސާރަ ދުވަސްތަކުގައި ރިހާކުރާއި ހޫނު ކަޅުސަޔާ އެކު އެވެ.