19 Oct 2025

ނަބީގެ އުނދަގޫ ދަތުރުން ދައްކަން ހުރީ ކާމިޔާބީގެ ވާހަކަ

ނަބީގެ އުނދަގޫ ދަތުރުން ދައްކަން ހުރީ ކާމިޔާބީގެ ވާހަކަ

By: Asima Nizar

ނަބީލާ ޝިޔާމް (ނަބީ) ގެ ހިނިތުންވުމާއި އުފާވެރި މޫނުން އޭނާގެ އަސްލު ދިރިއުޅުން ސިފައެއް ނުވެ އެވެ. ސިއްހީ މައްސަލަތަކާއި އާއިލީ އެކި ކަންކަމާ ހެދި އެއީ ބިޔަ ރާޅު ނަގާ ހަލަބޮލި ކަނޑެކެވެ.

އެކަންކަމުގައި އެތައް ތަކުލީފެއް އުފުލަ އެވެ. ހޮސްޕިޓަލްގައި އެތައް ވަގުތެއް އެތައް ވޭނަކާ އެކު ހޭދަކުރަން ޖެހެ އެވެ. އެކަމަކު އެއީ ޝަކުވާއަކަށް، އުޒުރަކަށް ނުހަދައި ނަބީ އިހުތިޔާރުކުރީ ދިރިއުޅުމައިގެން ކުރިއަށް ދެވެން އޮތް ގޮތަކަށް ކުރިއަށް ދާށެވެ.

ދިރިއުޅުމުގެ އުނދަގޫ ދަތުރުގެ ވާހަކަ، މަސައްކަތުގެ ވާހަކައާ ގުޅުވައިގެން އޭނާ ދައްކަން ވެސް ބޭނުމެއް ނުވި އެވެ.

އަމިއްލަ ނަފްސަށް ކުރި އިތުބާރާއި މަންމަ ދިޔާނާ އަލީ އަދި ފިރިމީހާ، އައްޒާމް ލަތީފުގެ ބޮޑު ސަޕޯޓާއި ކޮއްކޮ ނަބާހާ ޝިޔާމް ދިން ހިތްވަރުން، ނަބީ އަކީ މިހާރު އަމިއްލަ ބްރޭންޑެކެވެ. ރީތި އަދި މީރުކޮށް ކޭކު އެޅުމާއި ޕާޓީ ޑެކަރޭޝަނުގައި ގިނަ ބައެއްގެ މަގުބޫލު "ލަޝަސް ލޭޔާޒް"ގެ ފަހަތުގައި ހުރީ ނަބީ އެވެ.

ސްރީ ލަންކާގައި މާކެޓިން ދާއިރާއިން ކިޔަވައި މަސައްކަތްކުރުމަށް ފަހު މީގެ އަހަރުތަކެއް ކުރިން ރާއްޖެ ބަދަލުވުމަށްފަހު އޮފީހެއްގައި އޭނާ މަސައްކަތްކުރި ކަމަށެވެ.

View this post on Instagram

A post shared by luscious layers by naby ✿ (@luscious_layers)

އެކަމަކު ވަޒީފާގެ މާހައުލަށް އައިސްފައި އޮތް ބަދަލުތަކާއި ގިނައިން ދަތުރުކުރަން ޖެހޭތީ ބައެއްގެ ދަށުން މަސައްކަތްކުރަން ވީ އުނދަގޫ ކަމަކަށެވެ. އަމިއްލަ ވިޔަފާރިއެއް ފެށުމުގެ ހިޔާލު އައީ އެ ހިސާބުންނެވެ.

ކޭކު ކޯހެއް ހަދައިގެން މީގެ 10 އަހަރު ކުރިން އަޅަން ފެށި ކޭކަށް ހުއްޓުމެއް ނެތެވެ. މަންމަގެ ފަރާތުން ވާރުތަވި ކްރިއޭޓިވް މަސައްކަތް ފުޅާކޮށް، "ލަޝަސް ލޭޔާޒް" ގެ ކުޑަ ދަށުން ނެރޭ އުފެއްދުންތައް އިތުރުކުރި އެވެ. ޕާޓީ ޑެކަރޭޝަން ފެށީ އޭގެ ފަހުންނެވެ.

ނަބީ ކިޔައިދިން ގޮތުގައި ގިނައިން އޯޑަރު ލިބެނީ ބޮޑެތި ޕާޓީ ކޭކު އަދި ވެޑިން ކޭކަށެވެ. އޭނާ ހާއްސަވެފައިވަނީ ބަޓަކްރީމް ކޭކަށެވެ. ގިނަ ބައެއްގެ މެދުގައި އޭނާގެ ކޭކަށް ހާއްސަ ލޯތްބެއް އޮންނަކަން އޭނާއަށް އިހްސާސްވާން ފެށި އެވެ. ދުރާލައި އޭނާއަށް ކޭކު އޯޑަރުތައް މީހުން ދެ އެވެ. ނަބީ ބުނި ގޮތުގައި، މިދިޔަ އޮގަސްޓް މަހު ބޭއްވި ކައިވެނި ޕާޓީއަކަށް ކޭކު އަޅަން އަހަރުގެ ކުރީކޮޅު ވެސް އޯޑަރެއް ލިބުނެވެ.

ކޭކު އަޅަން ދަސްކޮށްގެން އޭގެ ވިޔަފާރި ފެށިއަސް، އޭނާގެ ފޯކަސް މިހާރު ހުރީ ޑެކަރޭޝަނަށެވެ. އެހެންވެ، ގިނައިން ލިބެނީ ވެސް ޕާޓީތަކާއި އެކި ކަހަލަ ގެދަރިންސްތަކަށް ޒީނަތްތެރިކުރާށެވެ.

View this post on Instagram

A post shared by luscious layers by naby ✿ (@luscious_layers)

ލަޝަސް ލޭޔާޒްއި ޑެކަރޭޝަންގައި އެންމެ ބޮޑު ތަފާތަކީ ބޭނުންކުރާ ފުއްޕާހަމެވެ. އާއްމުކޮށް ހަފުލާތައް ރީތިކުރަން ބޭނުންކުރާ ފުއްޕާހަމާއި ނަބީގެ ބެލޫން އާޓިސްޓްރީ ތަފާތެވެ.

ފަހަރަކު ކަމެއް އިތުރުކުރަމުން ނަބީގެ އާ ބްރޭންޑު، "ނަބީޝިޔާމް ކޯ" ވަނީ މި ފަހުން އުފަންވެފަ އެވެ.

ގިނަ ވަގުތު ހޮސްޕިޓަލުގައި އުޅެން ޖެހުމުން ކަންކަން ފަސޭހައިން ހަނދާން ނެތިދާނެތީ އޭނާ ކުރަން ފެށި ކަމަކީ ކަންކަން ޕްލޭންކުރުމެވެ.

ނަބީ ބުނީ ފޮތުގައި ލިޔެގެން، އެ ދުވަހެއްގެ ޝެޑިއުލާއި ހަފުތާގެ ތެރޭގައި ކުރާނެ ކަންކަން ނުވަތަ ކުރަންޖެހޭ ކަންކަން ލިޔާތާ 6-7 އަހަރުވެއްޖެ އެވެ. އެހެން ހެދުމުން، ދުވަސް ރާވާލައިގެން ގެންދަން ވަރަށް ފަސޭހަ ކަމަށް އޭނާ ބުންޏެވެ.

"ނަބީޝިޔާމް ކޯ" ގައި އަމިއްލައަށް އެސްތެޓިކްކޮށް ޑިޒައިންކޮށްފައިވާ ޑެއިލީ އަދި ވީކްލީ ޕްލޭނާއި ނޯޓުފޮތް އަދި ގްރެޓިޓިއުޓް ފޮތާއި ގަލަން ހުރެ އެވެ.

View this post on Instagram

A post shared by nabyshiamCo (@nabyshiamco)

އޭގެ ފުރަތަމަ އޯޑަރު ލިބި މިދިޔަ ޖޫން މަހު ޕްލޭނާސްތައް ވިއްކަން ހުޅުވުމާ އެކު ބޮޑު ތަރުހީބެއް ލިބުނެވެ. އަދި ބޮޑު ޝިޕްމަންޓު ލިބުމުން މި މަހުގެ ފަހުކޮޅު ބޮޑު ޕޮޕް-އަޕް އިވެންޓަކަށް ނަބީ އަންނަނީ ތައްޔާރުވަމުންނެވެ.

"ވަރަށް ދުވަސްވެއްޖެ އެކަން ކުރަން އުޅޭތާ. އެކަމަކު، ޑިލޭވަމުން ޑިލޭވަމުން. މި ދޭތެރެއިން ބަލިވެގެން ވަގުތު ލިބިގެން މަސައްކަތް ފެށީ..މިހާރު [ފަހުން އޯޑަރުކުރި] ޝިޕްމަންޓު ވެސް އެއްކޮށް ކަހަލަ ގޮތަކަށް ނިމިއްޖެ. އޭރަށް ބޮޑުކޮށް މިކަން ފެށިގެންދާނެ." އޭނާ ބުންޏެވެ.

އަންހެނުން ބާރުވެރިކުރުން

Popular