11 Oct 2017

ބޭނުން ތިކުރަނީ އެންމެ ރަނގަޅު އެސެންޝަލް އޮއިލްތަ؟

ބޭނުން ތިކުރަނީ އެންމެ ރަނގަޅު އެސެންޝަލް އޮއިލްތަ؟

By: Aishath Mihna Nasih

އޮފީހެއް ކަމުގައިވިޔަސް، ގޭގެ ސިޓިން ރޫމް ނުވަތަ ނިދާ ކޮޓަރީގައި ނަމަވެސް މީރުވަސް ދުއްވާފައި ބެހެއްޓުމަކީ މިހާރު އަހަރެމެން އެންމެން ވެސް ކޮށްއުޅޭ ކަމެކެވެ. މިގޮތުން އެންމެ ގިނައިން ބޭނުން ކޮށްއުޅޭ އެކައްޗަކީ އެސެންޝަލް އޮއިލް އެވެ. ބަޒާރުގައި އެކި ވައްތަރުތަކުގެ އެކި ބާވަތްތަކުގެ އޮއިލް ލިބެން ހުރި ނަމަވެސް، އަހަރެމެންގެ މާހައުލާއި ސިއްހީ ބޭނުންތަކަށް ބަލައި ކޮންމެހެން ވެސް ބޭނުންކޮށްލުން މުހިންމު އެސެންޝަލް އޮއިލްތަކަށް ބަލާލަމާ ހިނގާށެވެ.

ސަމާލުކަން ދޭންވީ އެއް ކަމަކީ، ކޮންމެ ބްރޭންޑެއްގެ އޮއިލް އަކީ ތަފާތު ކޮލިޓީގެ އެއްޗަކަށްވުމާ އެކު، ފަހަރެއްގައި އެއިން ކުރަންޖެހޭ އެންމެ ރަނގަޅު އަސަރު ނުކޮށްފާނެ އެވެ. ނަމަވެސް މި ލިސްޓުގައި ހިމަނާފައި މިވަނީ ޖުމްލަ ގޮތެއްގައި މި ބާވަތްތަކުން ލިބޭ ފައިދާތަކަށާއި ބޭނުންތަކަށެވެ.

ލެމަން އޮއިލް

ލެމަން އެސެންޝަލް އޮއިލް

ސިއްހަތާއި ލުނބޯގެ ބޭނުންތެރިކަމުގެ ވާހަކައަކީ އަހަރެމެންގެ މާމަމެން ވެސް ދައްކާ އުޅޭ ވާހަކަ އެކެވެ. ޒަމާން ކިތަންމެހާ ވެސް ތަރައްގީ ވެއްޖެ އެވެ. ނަމަވެސް އަހަރެމެންގެ ދިރިއުޅުމުގައި ލުނބޯގެ ބޭނުންތެރި ކަމަށް ކުޑަ ނަމަވެސް ހިޔަންޏެއް އަދި އެޅިފައެއް ނެތެވެ. އިންޓަނޭޝަނަލް ޖޯނަލް އޮފް ފުޑް އެންޑް މައިކްރޯ ބައޮލޮޖީ އިން މިދިޔަ އަހަރު ބުނެފައިވާ ގޮތުން ލެމަން އޮއިލް އަކީ އެސެންޝަލް އޮއިލްތަކުގެ ތެރެއިން އެންމެ ވަރުގަދަ މައިކްރޯބައިލް އޭޖެންޓެވެ. އަދި ނުނިމެ އެވެ. އެކްސްޕެރިމެންޓަލް ބައޮލޮޖީ އެންޑް މެޑިސިން އިން ބުނާގޮތުން ލެމަން އޮއިލް ވަހުގެ ތެރެއަށް ނޭވާލުމަކީ ހަށިގަނޑުން ސަރުބީ ވިރުވާލަން އެހީވެދޭ އަދި ނާރުގެ މަސައްކަތްތަކަށް އެހީވެދޭ ކަމެކެވެ. ލެމަން އޮއިލް ބަހައްޓަން އެންމެ ޚާއްސަ އެއް ތަނަކީ ގޭގެ ބަދިގެ އެވެ. ރުޅި މަޑު ކޮށްދީ ހާސްކަމާއި ހިތް ނުތަނަވަސްކަން ފިލުވައިދޭން އެހީތެރިވެދޭ މި އޮއިލް އަކީ އާއިލީ މާހައުލެއްގެ ރަހަ ހެޔޮވަރު ކޮށްދޭނެ އެއްޗެކެވެ.

ލެވެންޑާ އޮއިލް

ލެވެންޑާ އެސެންޝަލް އޮއިލް

އަންހެނެއް ނަމަ ލެވެންޑާ އޮއިލް އަކީ ވަރަށް ގާތް ރަހުމަތްތެރިއަކަށް ގައިމު ވެސް ވާނެ އެވެ. ލެވެންޑާ އިން ދުވާ މީރު، އަރާމު ވަހާ އެއްވަރަށް މިއީ ހަމަ އެހާމެ ބޭނުންތެރި އެއްޗެއް ވެސް މެއެވެ. ނިދާ ކޮޓަރި އަށް ޚާއްސަ މި އޮއިލްއަކީ ނިދަން އުނދަގޫ މީހުންނަށް ލުޔެއް ގެނެސްދޭނެ އެއްޗެކެވެ. އުމުރުން ދުވަސްވެފައިވާ މީހުންނާ ބެހޭގޮތުން ހެދި ދިރާސާއެއްގައި ބުނާގޮތުން، ބާލީހުގައި ލެވެންޑާ އެސެންޝަލް އޮއިލްކޮޅެއް ހޭކުމުން ނިދަން ފަސޭހަ ވެއެވެ. މީގެ އިތުރުން ވެސް މައިގްރޭން އާއި ޑިޕްރެޝަން ހުންނަ ފަރާތްތަކަށް ވެސް މިއީ ހަމަ ގެންގުޅުން ކޮންމެހެން ވެސް މުހިންމު އޮއިލް އެކެވެ.

މީގެ އިތުރުން، އަރޯމަތެރަޕިސްޓުންނާއި ހަމުގެ ޑޮކްޓަރުން ބުނާގޮތުން ލެވެންޑާ އެސެންޝަލް އޮއިލް އަކީ އިސްތަށި ފޭބުމުން ދުރުކޮށްދިނުމުގެ އިތުރަށް، ބިހި ނެގުމުން ވެސް ރައްކާތެރިކޮށްދޭ އެއްޗެކެވެ. ހަމަ އެޔާއެކު ރޯގާތަކާއި، ސައިނަސް، ބްރޮންކައިޓިސް، ހިކި ކެއްސުން ފަދަ ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތައް ވެސް ލެވެންޑާ އެސެންޝަލް އޮއިލް ބޭނުންކުރުން އެދެވިގެން ވެއެވެ. ނަމަވެސް ހަކުރު ބަލި ހުންނަ ފަރާތްތަކުން ލެވެންޑާ އޮއިލްއާ ދުރުވުމުށް ސިއްޚީ މާހިރުން އިލްތިމާސް ކުރެއެވެ.

ރޯސްމެރީ އޮއިލް

ރޯސް މެރީ އެސެންޝަލް އޮއިލް

އޮފީހުގައި ބޭނުންކުރުމަށް ނުވަތަ ކިޔަވާ ކޮޓަރިއެއްގައި ބެހެއްޓުމަށް އެންމެ ރަނގަޅު ޗޮއިސްއަކީ މިއީ ކަމުގައި ވެދާނެ އެވެ. ގްރީކް ސިވިލައިޒޭޝަންގަ އާއި، ރޯމަނުންނާއި، މިސްރާއި ހިބްރޫއިންގެ ޚާއްސަ އަހަންމިއްޔަތު ކަމެއް ދެވިފައިވާ މި އޮއިލް އަކީ ހަނދާން ވަރުގަދަ ކޮށްދީ، ހަޖަމުކުރުމުގެ ނިޒާމު ވަރުގަދަ ކޮށްދިނުމުގެ އިތުރަށް ގައިގައި ރިއްސުން ކަނޑުވާލަދިނުމަށް އެހީ އެކެވެ. މިއީ ވެސް އިސްތަށިގަނޑު ވަރުގަދަ ކޮށްދޭ އެއް އޮއިލް އެވެ. ޖަޕާނުގެ ސްކޫލް އޮފް ޑެންޓިސްޓަރީ އިން 22 ވޮލަންޓިއަރުން ބޭނުންކޮށްގެން ހެދި ދިރާސާއެއްގައި ވާގޮތުން، ލެވެންޑާ އާއި ރޯސްމެރީގެ އެހީގައި ހެދި ފަސް މިނިޓުގެ އަރޯމާ ތެރަޕީ ޓެސްޓަކުންވަނީ ސްޓްރެސް ވަރަށް ބޮޑަށް ލުއިކޮށްދީފަ އެވެ. ކޮންސަންޓްރޭޝަން އިތުރުކޮށްދޭ މި އޮއިލްއަކީ ވަރަށް ބާރުގަދަ ވަހެއް އެކުލެވޭ އެއްޗެއް ކަމުން މި އޮއިލް ބޭނުންކުރާ ނަމަ ރަނގަޅަށް ފެނާއި އެއްކޮށްލަން ހަނދާން ބަހައްޓާށެވެ.

ޓީ ޓްރީ އޮއިލް

ޓީ ޓްރީ އޮއިލް

ނަމުގައި ޓީ ކިޔަސް، މިއީ ކޮންމެހެން ސަޔާއި މާ ބޮޑަށް ގުޅިފައިވާ އެއްޗެއް ނޫނެވެ. ޓީ ޕްލާންޓްގެ އޮށުން ޓީ އޮއިލް ހެދި ނަމަވެސް، ޓީ ޓްރީ އޮއިލް އަކީ ޓީ ޓްރީ ގެ ގޮފިކޮޅުތަކުންނާއި ފަތްތައް ޑިސްޓިލް ކޮށްގެން އުފައްދާ އެއްޗެކެވެ. މި އޮއިލްގެ ޚާއްސަ ކަމަކީ މިއީ ވަރުގަދަ އެންޓި ބެކްޓީރިއަލް އަދި އެންޓި ވައިރަލް މާއްދާ އެކެވެ. އެންމެ ހީނުކުރާ ބޮޑެތި އިންފެކްޝަންތަކަށް ވެސް މި ތެލުން ފަރުވާކުރެވިފައި އެބަހުއްޓެވެ. ބިހި ފިލުވައިދީ، ކުދި ކުދި ހުމުން ވެސް ރައްކާތެރިކޮށްދޭނެ އެވެ. އިސްތަށިގަނޑަށް ބަލާއިރު ހަން ފޮޅުން އަދި އިސްތަށި ފޭބުން ފަދަ ކަންކަމަށް ވެސް ފަރުވާއެކެވެ. ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ މި އޮއިލް އަކީ ކޮންމެހެން ވެސް ގެންގުޅުން ބުއްދިވެރި އެއްޗެކެވެ.

ކްލޭރީ ސޭޖް އޮއިލް

ކްލޭރީ ސޭޖް އެސެންޝަލް އޮއިލް

މިއީ ތާރީޚީ ގޮތުން ބަލާއިރު ބޮޑު މަގްބޫލުކަމެއް ލިބުނު ތެލެކެވެ. ކްލޭރީ ސޭޖް ގަހުގެ ބައިތަކުން އުފައްދާ މި އޮއިލް އަކީ ކޮންފިޑެންސް ވަރުގަދަ ކޮށްދޭ އަދި ޑިޕްރެޝަން އާ ދުރުހުލިކޮށްދޭ އެއްޗެކެވެ. އަދި ގައިގައި ރިއްސުން ފަދަ ކަންކަމަށް އެހީވެދޭއިރު، އިންފެކްޝަންތައް ދުރުކޮށްދިނުމަށް ވެސް މި އޮއިލް އެހީވެދޭނެ އެވެ. އަދި ހަމުގެ ކުރަކިކަން ފިލުވާލަދީ، ޑްރައި ސްކިން ހުންނަ ފަރާތްތަކަށް ވެސް މި ތެޔޮ ބޭނުން ކުރުމުން ފަރުވާ ލިބެއެވެ. ހަމައެޔާ އެކު ކުޑަކަމުދާ ނިޒާމުގެ މައްސަލަ ހުންނަ ފަރާތްތަކަށް ވެސް މި ތެލުން އެހީވެދޭއިރު މައްސަރު ކަންތައްތައް ރެގިއުލޭޓް ކުރުމަށް ވެސް މި ތެޔޮ ބޭނުންކޮށް އުޅެ އެވެ. ހަމަ އެޔާއެކު، ކްލޭރީ ސޭޖް އަކީ ޑައިލިއުޓް ފޯމްގައި ޑިއޯޑްރަންޓެއްގެ ގޮތުގައި ވެސް ބޭނުންކުރާ އެއްޗެކެވެ.

Popular