7 Dec 2017

"ދޯ" މިފަހަރު މޫދަށް

"ދޯ" ގެ މިފަހަރުގެ އަދަދު ހާއްސަކޮށްފައި ވަނީ މޫދަށެވެ. މޫދު ކުޅިވަރާއި މަސްވެރިކަން އަދި މޫދާ ގުޅުން ހުރި ކިތަންމެ ވާހަކައެއް ހިމަނާފައި ވާނެ އެވެ.

"ދޯ" ގެ މިފަހަރުގެ އަދަދު ހާއްސަކޮށްފައި ވަނީ މޫދަށެވެ. މޫދު ކުޅިވަރާއި މަސްވެރިކަން އަދި މޫދާ ގުޅުން ހުރި ކިތަންމެ ވާހަކައެއް ހިމަނާފައި ވާނެ އެވެ.

ޗުއްޓީ ހޭދަކޮށްލަން ދާނެ ތަނެއް ކަނޑައަޅަށް އެހީއަކަށް ވާނެ ފަދަ މައުލޫމާތާ އެކު "ދަތުރު" ތީމްގައި ނެރުނު "ދޯ" އަށް ފަހު މިފަހަރު މި އެރެނީ މޫދަށެވެ. ހަ ވަނަ "ދޯ" ގެ ތީމަކީ "މޫދު" އެވެ. އަހަރެމެން އުންމީދުކުރަނީ ޗުއްޓީ ދުވަސްވަރާ ދިމާކޮށް މިއީ ލޮނު ހެޔޮވަރުކޮށްލަދޭނެ އަދަދަކަށް ވާނެ ކަމަށެވެ.

"ދޯ"ގެ ހަ ވަނަ އަދަދު ނެރުމަށް ވިލިމާލޭގައި ބޭއްވި އިވެންޓް. -- ފޮޓޯ: މަސްރަހް

ވިލިމާލޭ ވޯޓާ ސްޕޯޓްސް ސަރަހައްދުގައި މޫދު ކުޅިވަރުތަކާ އެކު އިއްޔެ ބޭއްވި އިވެންޓެއްގައި "ދޯ" ގެ ހަ ވަނަ އަދަދު މި ވަނީ ނެރެފަ އެވެ. މިފަހަރުގެ އަދަދުގެ ބޭރުގަނޑުގައި ފީޗާކޮށްފައިވާ ޒާރާ އާއި އަޖޭގެ ދެމަފިރިން އަދި ރާއްޖެ ވަށައި ކަޓަމަރާނެއްގައި ބުރު ޖެހި ގައްބެ އާއި ރާޅާއެޅުމުގައި ދެވަނައެއް ނެތް ކުޑަ އައްޔަ އާއި މޯލްވިއަން އައިޑަލްގެ ދެ ވަނަ ސީޒަނުން މަޝްހޫރުކަން ހޯދި ޒަކިއްޓެ ވެސް ބައިވެރިވި އެވެ.

"ދޯ"ގެ ހަ ވަނަ އަދަދު ނެރުމަށް ވިލިމާލޭގައި ބޭއްވި އިވެންޓް. -- ފޮޓޯ: މަސްރަހް

ރާޅާއެޅުމާއި ފީނުމާއި ފެތުމާއި މަސްވެރިކަން ފަދަ މޫދާ ގުޅުން އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ޒުވާން މޫނުތަކުގެ ޝައުގުވެރި ވާހަކަތައް މިފަހަރުގެ އަދަދުން ކިޔައިލާށެވެ. ބައެއް މީހުންނަށް މޫދުން ނޭރިގެން އުޅެނީ ކީއްވެގެން މި އެނގެނީ އެ މީހުން މި ކިޔައިދޭ ވާހަކަތަކުންނެވެ. އެކަމަކު ކަނޑުމަތި އެޅުމުގެ ވާހަކައެއް ވެސް ހިމަނާފައި ވާނެ އެވެ. އެއީ ކިހިނެއްވާ ކަމެއްހެއްޔެވެ؟

މިފަހަރުގެ އަދަދު ވެސް ބުކްޝޮޕްތަކުންނާއި ބައެއް ކެފޭތަކާއި ސެލޫންތަކުން ވެސް ހިލޭ ލިބެން ހުންނާނެ އެވެ.

Popular