10 Feb 2018

މި ބުރުގާތަކުގެ ފަހަތުގައި އޮތް ހަގީގީ ހުނަރު

"ވިންޒީ ލާލަ" އަކީ އާދައިގެ ނަމެއް ނޫނެވެ. ޚާއްސަކޮށް އޭނާގެ ހިޖާބް ސްޓައިލްތަކަކީ ތަފާތު، ކޮންމެ އުމުރަކާވެސް ގުޅޭ ރީތި ސްޓައިލްތަކެކެވެ.

"ވިންޒީ ލާލަ" އަކީ އާދައިގެ ނަމެއް ނޫނެވެ. ޚާއްސަކޮށް އޭނާގެ ހިޖާބް ސްޓައިލްތަކަކީ ތަފާތު، ކޮންމެ އުމުރަކާވެސް ގުޅޭ ރީތި ސްޓައިލްތަކެކެވެ.

By: Aishath Mihna Nasih

މޭކަޕް ކުރުމާއި ބުރުގާ އަޅުވައިދިނުމުގައި ހަރަކާތްތެރިވާ ޒުވާން އަންހެން ކުދިންގެ ތެރެއިން އައިމިނަތު ސާރާ ނުވަތަ "ވިންޒީ ލާލަ" އަކީ އާދައިގެ ނަމެއް ނޫނެވެ. ޚާއްސަކޮށް އޭނާގެ ހިޖާބް ސްޓައިލްތަކަކީ ތަފާތު، ކޮންމެ އުމުރަކާވެސް ގުޅޭ ރީތި ސްޓައިލްތަކެކެވެ.

ހަތަރު ދައްތައިންނާއި ދެ ބެއިންގެ އެންމެ ހަގަށް އާއިލާގައި ހުރި އެންމެ 18 އަހަރުގެ ލާލަ ފާހަގަ ވަނީ މި ދާއިރާގައި ހުރި އެންމެ އުންމީދީ އަދި އުފެއްދުންތެރި އެއް މޭކަޕް އަދި ހިޖާބް ސްޓައިލިސްޓްގެ ގޮތުގައެވެ.

މި މަސައްކަތް ފެށުނީ ކިހިނެއް؟

އެންމެ ފުރަތަމަ ބުރުގާ އަޅަން ނުވަތަ އަޅުވައިދޭން ފެށުނީ މީގެ 10 ވަރަކަށް އަހަރުކުރީން މަންމަ ބުރުގާ އެޅީމަ. އޭރު މަންމަ އާ އެކީ އަބަދު ބުރުގާ އަޅާ ނޫނީ އަޅުވައިދެން. ދެން އެހެންގޮސް ލާލަ ބުރުގާ އެޅީ އޭގެ ދެ އަަހަރުފަހުން. ބޭނުންވީ ވަރަށް ތަފާތުކޮށް ބުރުގާ އަޅަން. ދެން ސްކޫލަށް ދާއިރު ވެސް ވަރަށް ތަފާތު ގޮތްތަކަށް އަޅައިގެން ދަން. މަލާމާތް ވެސް ކުރޭ މީހުން. އެކަމަކު ފަހުން ފަހުން ގޮސް އެގޮތްތައް އެހެން ކުދިންނަށް ކަމުގޮސް އެހެން ކުދީންނަށް އަޅުވައިދޭން ފެށުނީ. އެގޮތަށް އަޅުވައިދޭން ފެށީމަ ވަރަށް ރަނގަޅު ކޮމެންޓްސް އަންނަން ފެށީ. އެހެންވެ މީގެ ތިން އަހަރެއްވަރު ކުރީން ވިޔަފާރިއެއް ގޮތަށް މި މަސައްކަތް ފެށީ.

ސްކޫލް ދުވަސްވަރު ތަފާތު ސްޓައިލްތަކަށް ބުރުގާ އެޅުމުން މީހުން ބުނަނީ ކީކޭ؟

އަސްލު ސެކަންޑްރީގައި ލާލަ ވަރަށް ޓްރައިކުރިން އެކިގޮތްގޮތަށް ބުރުގާ އަޅަން. ޝޯލް ކަހަލަ އެއްޗެހި ވެސް އަޅަން ހުއްދަ ލިބުނީމައާ އެކު ލާލަ ދަން ބައެއް ފަހަރު ދެތިން ޝޯލް އެއްފަހަރާ ވެސް އަޅައިން. އެކަމަކު އެގޮތަށް އެޅީމަ ކުދިން ވަރަށް ބުލީކުރި ފުރަތަމަ. މިހާރު މި އަޅާހެން ލޫސްކޮށް އެޅީމަ ކިޔާނެ 'ކޯބްރާ' އޭ ވެސް. އެންމެ ފަހުން އެކަންތައް ބޮޑުވެގެން ލާލަ ސްކޫލަށް ނުގޮސް އުޅެން ފެށީ. ދެން އައި އަހަރު އަލުން އެ ގްރޭޑަށް ޖޮއިން ކުރީ. ހިތަށް އެރީ ކުޑަ ބެޗަކާ އެކީގައި ކިޔެވީމަ ފަހަރެއްގައި މައިންޑް ޗޭންޖް ވެދާނެ އޭ. ފަހުން ހަމަ ވަރަށް ސަޅި. ކުދީންނަށް ލާލަ ބުރުގާ އަޅާފައި ހުންނަ ގޮތް ކަމުގޮސްގެން ލާލަ ޖެހޭނެ ކަމާކަންފަށާ ފުރަތަމަ ގަޑީގައި ފާހާނާ އަށް ދާން އެކި ކުދީންގެ ބުރުގާ އަޅުވައިދޭން. ދިވެހި ދުވަސް ކަހަލަ ދުވަސްތަކުގަ ވެސް އެއް ގަޑިއިރު ކުރީން ދަން ސްކޫލަށް. ގޮސް އެކި ކުދިންގެ ބުރުގާ އަޅުވައިދީ ހަދަން.

ލާލަ ބުރުގާ އަޅުވައިދޭ ސްޓައިލްތަކަކީ ކޮބާ؟

ލާލަ އެންމެ ގިނައިން އަޅާ ސްޓައިލްތަކަކީ ލޫސްކޮށް. ނޫނީ ލޭޔާސް ލާފަ، ދެން އަރަބިކް ސްޓައިލްތަކެއް ވެސް ހުންނާނެ. އަދި ލާލަ އަށް ވަރަށް ކަމުދޭ އެކްސެސަރީށް ބޭނުންކުރުން ވެސް. ވީހާ ވެސް ތަފާތު އެމީހަކާ ގުޅޭ ގޮތެއް.

ލާލަ އަމިއްލަ އަށް އެންމެ ބުރުގާ އަޅާ ހިތްވާ ގޮތަކީ ކޮބާ؟

ލާލަ އެންމެ އަޅާ ހިތްވަނީ ލޫސް ކޮށް، " ޓްރަސްޓް މީ ދިސް ޓޭކްސް އޮންލީ 20 ސެކަންޑްސް!"

ލާލަ އަށް އެންމެ ކަމުދާ ހިޖާބް ސްޓައިލް

ބުރުގާ އަޅުވައިދިނުމުގައި ލާލަ އެންމެ ބޮޑު ސަމާލުކަމެއް ދެނީ ކޮން ކަންތައްތަކަކަށް؟

ލާލަ ބުރުގާ އަޅުވައިދޭ ބައިވަރު ސްޓައިލްސް ހުންނާނެ. އެކަމަކު ކޮންމެ ސްޓައިލަކަށް އެޅިޔަސް ލާލަ އެންމެ ބޮޑު ސަމާލުކަމެއް ދެނީ ކަވަރޭޖް އަށް. ކޮންމެ ގޮތަކަށް ސްޓައިލް ކުރިއަސް ގައި ނުފެންނަ އެކަމު އެ ފީލް ގެނެވޭ ގޮތެއް. ދެން އިޓް އޯލް ޑިޕެންޑްސް އޮން ޓައިމް. ވަރަށް ބަލަން ވަގުތު ލިބޭ ވަރެއް. މިސާލަކަށް މޭކަޕްކޮށް ނިންމާފައި ދެން ބުރުގާ އަޅުވަދެން ލިބެން އޮންނަ ޓައިމް އެއް ތެރޭ ނިިންމާލެވޭތޯ ބަލަނީ. އެކަމު އަސްލު ނުނަގާނެ މާ ގިނަ ވަގުތެއް ލާލަ ބުރުގާ އަޅުވަދޭކަށެއް.

އައިމިނަތު ސާރާ (ވިންޒީ ލާލަ)

މި ދާއިރާގައި މަސައްކަތް ކުރާއިރު އާ ސްޓައިލްތައް ނުވަތަ އާ ކަންތައްތައް ދަސްކުރަން ކިހާ ބޮޑު ސަމާލުކަމެއް ދެވޭ؟

ލާލަ މީގެ 3 އަހަރު ކުރީން މަސައްކަތް ފެށިއިރު ކްލައިންޓްސް ކައިރިން އަހަނީ ބޮޑަށް ކަމުދަނީ ނޫނީ އަޅަން ބޭނުންވަނީ ކޮން ސްޓައިލެއްތޯ. އެއަށްފަހު އަމިއްލައަށް ދަސްކޮށް ޕްރެކްޓިސް ކުރަނީ އެ ސްޓައިލެއް. މޭކަޕް ވިޔަސް ހިޖާބް ވިޔަސް ޓްރެންޑްސް އަކީ ހަމަ އަބަދުވެސް ބަދަލުވަމުން ދާނެ އެއްޗެހި. އެހެންވީމަ މިހާރު ލާލަ އަމިއްލަ އަށް ބަލަނީ އެކި މީހުން އަޅާފަ ހުންނަ ގޮތް. ދެން އިންސްޓަގްރާމް ކަހަލަ އެއްޗެހިން އާ ސްޓައިލެއް ފެނުނީމަ އަމިއްލަ އަށް ޓްރައިކޮށްފައި ދައްތަމެންގެ އަޅުވަނީ އެގޮތަށް. އޭރުން އަސްލު އެހެން މީހެއްގެ އެގޮތަށް އަޅުވަން ދަސްވަނީ.

ޒުވާން އަންހެން ކުއްޖެއްގެ ގޮތުން މިދާއިރާ ސިފަކުރާނީ ކިހިނެއް؟

އަސްލު ބުނަންޏާމު މި ކަމަށް އިންޓްރެސްޓް ހުނަ ކުދީންނަށް މިއީ ވަރަށް ރަނގަޅު ޕްލެޓްފޯމެއް. އެކަމަކު ބިޒްނަސް އެއްގޮތަށް މިކަން ކުރިއަށް ގެންދާނަމަ ފަށަން ވާނީ ވަރަށް ބޮޑަށް މިކަމުގެ ނޮލެޖް އާއި ޕްރެކްޓިސް ލިބިގެންކަމަށް ލާލަ ދެކެނީ. އެއީ ހަމަ ވަރަށް ތަފާތު ކްލައަންޓުންނާ ވެސް ދިމާވާނެ. އެހެންވެ.

އައިމިނަތު ސާރާ (ވިންޒީ ލާލަ)

މުސްތަގްބަލްގައި ލާލަގެ މި މަސައްކަތް ފެންނާނީ ކިހިނެއް؟

މިހާރު ލާލަ މޭކަޕް ކޮށްދީ މިހަދަނީ ލާލަގެ އަމިއްލަ ކޮޓަރީގައި. ގާތްގަނޑަކަށް ކޮޓަރީގައި ދެބައިކުޅަ އެއްބަޔަށްވުރެ ވެސް ގިނަވާނީ މޭކަޕް ސާމާނާއި، މޭކަޕް ކުރާ ލައިޓްސްއާ އެއްޗެހި. އެކަމަކު ލާލަ ބޭނުން ކުރިއަށް އޮތްތަނުގައި ލާލަގެ އަމިއްލަ ސްޓޫޑިއޯއެއް ހަދަން. ކްލައަންޓުންނަށް ވެސް ހިތްހަމަޖެހިލައިގެން ތިބެ ސާވިސް ދެވޭ، ދެން ނިންމާލާފައި ސެލްްފީއެއް ނަގަން ކަމުގައިވިޔަސް ކޮންވީނިއަންޓް ވާނެ ކަހަލަ އަމިއްލަ ތަނެއް ބޭނުންވަނީ.

ފޮޓޯތައް: ސަން

މޭކަޕްކުރުން ބިއުޓީ

Popular