14 Dec 2017

އޮފީސްތަކުގެ ޑިޒައިން ބަދަލުވާން ވެއްޖެ

އޮފީސްތަކުގެ ޑިޒައިން ބަދަލުވާން ވެއްޖެ

By: Nurah Rasheed

އޮފީސްތަކުގައި ކުދި ގޮޅި ބަހައިގެން މުވައްޒަފުން ގެންގުޅުމަކީ މާ ކުރީގެ ހިޔާލެކެވެ. އެންމެން ވަކިވަކި ކޮށްލާފައި މަސަތްކަތް ކުރަން ބޭތިއްބުމުން ގިނަ ފަހަރު އިންނާނީ ފޫހިވެންގޮސް މަސަތްކަތް ކުރާ ހިތް ކެނޑިފައެވެ. މިކަހަލަ އޮފީސްތަކުގެ ޕްރޮޑަކްޓިވިޓީ ލެވަލް ދުވަހުން ދުވަހަށް ދަށްވަމުން ދާކަަމަށް އެކި ހޯދުންތަކުން ދައްކަ އެވެ.

އެންމެން އެކީ މަޖަކޮށްލައި ބަހުސްތަކުގެ ތެރޭގައި މަސަތްކަތްކުރަން އުޅުމުން އެކަކު އަނެކަކާ ވާދަކޮށް ކޮލިޓީ މަސަތްކަތްތަކެއް ނެރެވޭނެއެވެ. މިކަން މިހެން ވާނީ ވަރަށް ރަނގަޅު ޕްލޭނަކާ އެއްގޮތަށް އޮފީހުގެ ޖާގަ، މަސަތްކަތުގެ މާހައުލަށް ފޫހިކަން ނާންނަ ގޮތަށް ޑިޒައިން ކުރެވިގެންނެވެ. ބޭރު ދުނިޔޭގެ މަޝްހޫރު ބޮޑެތި އިންޓީރިއާ ޑިޒައިން ކުންފުނިތަކުން ހިޔާލު ހޯދާލާށެވެ.

ދަ ބާބޭރިއަން ގްރޫޕް، ނިއު ޔޯކް ސިޓީ

އެކި ތަންތަނުން އެކި ޑިސިޕްލިންގެ ކްރިއޭޓިވް މީހުން އެއްކޮށްލައިގެން މަސަތްކަތްކުރާ މި އޮފީހުގައި ސުޕަ ޑެސްކެއް އިނދެއެވެ. ކްލައިވް ވިލްކިންސަން ޑިޒައިން ކޮށްފައިވާ 4،000 އަކަ ފޫޓުގެ މި ޑެސްކަކީ ދަ ބާބޭރިއަން ގްރޫޕްގެ ޑިޒައިނަރުން މަސަތްކަތް ކުރަން ތިބޭ މޭޒެވެ. ޗީފް ކްރިއޭޓިވް ޑައިރެކްޓަރު ބުނާ ގޮތުގައި މުޅި މި އޮފީހަކީ އާޓް ޕީސްއެކެވެ.

އެއާ ބީއެންބީ، ސަން ފްރެންސިސްކޯ

ސަން ފްރެންސިސްކޯގައި ހުންނަ އެއާ ބީއެންބީގެ މި އޮފީސް ހީވާނީ ކުޅިވަރު ކުޅެން ހަދާފައިވާ ޕާކެއްހެންނެވެ.

އުފާވެރި ކުލަތަކާއި "ޗިލް އައުޓް" މާހައުލެކެވެ. އެއާ ބީއެންބީގެ ވައިސް ޕްރެޒިޑެންޓް ބުނި ގޮތުގައި މިއީ ބޮޑެތި ޕްރޮޖެކްޓް ކޮޓަރިތަކާއި ދިގު މޭޒުތަކާއި މުޅި ފާރުގައި ވައިޓްބޯޑް އަދި ޕިން ބޯޑު ހުންނަ ގޮތަށް ޑިޒައިންކޮށްފައިވާ ތަނެކެވެ.

ގޫގުލް، ޒިއުރިކް

އެންމެނަށްވެސް އެނގޭނެހެން ގޫގުލްގެ އޮފީސްތަކަކީ ގިނަ މީހުން އެންމެ މަސަތްކަތްކުރާ ހިތްވާ ގޮތަށް ޑިޒައިންކޮށްފައިވާ އޮފީސްތަކެވެ. މީގެ ތެރެއިން އެންމެ ސަޅި އޮފީސް ހޮވާލާ ނަމަ މި ލިސްޓުގައި ހިމަނާލާނީ ޒިއުރިކްގައި ހުންނަ އެ މީހުންގެ އޮފީހެވެ. މުވައްޒަފުން އުފާކޮށްދިނުމަށް މި އޮފީހުގައި މަސާޖުކުރާ ތަނަކާއި އެކުއޭރިއަމް އަކާއި ފިލްމު ބަލައި އަދި ލަވަ ކިޔާފައި ނަށަން ބޭނުންވިއަސް މި ކަން ކުރުމުގެ އިންތިޒާމް ވެސް ހަމަޖެހިފަ ހުރެއެވެ.

އެޑޯބީ، ޔޫޓާ

އެމެރިކާގެ ޔޫޓާގައި ހުންނަ މި އޮފީސް މާ ދުރުން ފާހަގަވާން ފަށާނެއެވެ. ސްޓްރީޓް އާޓިސްޓް އެލް މެކް އާއި ގްރެފިޓީ އަދި ޓެޓޫ އާޓިސްޓް މައިކް ޖަޔަންޓްގެ ކުރެހުންތަކުން އެޑޯބީގެ ފާރުތައް ވަނީ ފުރާލައިފައެވެ. ޕެންޓޯންގެ ކުލަ ސްވޮޗްތަކުން ފަރުނީޗަރުތައް މިތަނުން ފެންނަން ހުރި އިރު، ފުލް ސައިޒް ބާސްކެޓް ކޯޓަކާއި ޖިމް އަދި ކްލައިމްބިންގެ ވޯލެއް ވެސް ހުރެ އެވެ.

މުވައްޒަފުން

Popular