17 Mar 2018

މަށަށް އެންމެ ސަޅީ: ޝަފިއްޔާގެ 11 ސިއްރު

ބިއުޓީ އާއި ފެޝަން ނުވަތަ ސްޓައިލްގެ ދުނިޔެ އަކީ އެއްގޮތަކަށް ވެސް ޝަފިއްޔާއާ ބީރައްޓެހި ހިސާބެއް ނޫނެވެ. ހަގީގަތަކީ އޭނާ ސިއްރުން އެންމެ ގަޔާވާ ދިމާލަކީ ވެސް އެއީ ކަމެވެ.

ބިއުޓީ އާއި ފެޝަން ނުވަތަ ސްޓައިލްގެ ދުނިޔެ އަކީ އެއްގޮތަކަށް ވެސް ޝަފިއްޔާއާ ބީރައްޓެހި ހިސާބެއް ނޫނެވެ. ހަގީގަތަކީ އޭނާ ސިއްރުން އެންމެ ގަޔާވާ ދިމާލަކީ ވެސް އެއީ ކަމެވެ.

ޝަފިއްޔާ ސްޓެންހިލްބާގަކީ ހޮޓެލް އިންޑަސްޓްރީގައި ސުމަކުން ފަށައިގެން ކާމިޔާބުކަމާ އެކު އުހަށް އަރަމުން އަންނަ ފާހަގަކޮށްލެވޭ އަންހެނުންގެ ތެރެއިން ވަރަށް ވެސް ސްޓައިލިޝް މޫނެކެވެ. އެއް އިރެއްގައި އޭނާ އަކީ ވެއިޓްރެސްއެކެވެ. މިއަދު އޭނާ އަކީ ހޮޓެލް ޖެންގައި ސޭލްސް ޑައިރެކްޓަރެކެވެ. އެ ދެމެދުގައިވީ ސްޓްރަގަލްސްތަކާއި ކާމިޔާބީގެ ވާހަކަތައް ވަރަށް ވެސް ގިނަ އެވެ. އެކަމަކު މިފަހަރު އެހެން ސިއްރުތަކެއްގެ ވާހަކަ އެވެ.

ބިއުޓީ އާއި ފެޝަން ނުވަތަ ސްޓައިލްގެ ދުނިޔެ އަކީ އެއްގޮތަކަށް ވެސް ޝަފިއްޔާއާ ބީރައްޓެހި ހިސާބެއް ނޫނެވެ. ހަގީގަތަކީ އޭނާ ސިއްރުން އެންމެ ގަޔާވާ ދިމާލަކީ ވެސް އެއީ ކަމެވެ. އެހެންވީމަ އޭނާގެ ހިތް އޮތް ގޮތާއި އިސްޓައިލާއި ލައިފްސްޓައިލް ހާވާލަމާ ހިނގާށެވެ.

1- ޕާފިއުމް

"އެންމެ ފެވަރިޓް ޕާފިއުމް އަކީ އިސެމިއާކޭ. އެކަމަކު އިންހޭލާ ނަގާ މީހަކަށްވީމަ އާންމުކޮށް ޕާފިއުމް ބޭނުމެއް ނުކުރަން. ޕާފިއުމް އެއީ ވަރަށް ސްޓްރޯންގް އެއްޗެއްތާ. އެކަމަކު އިސެމިއާކޭ އަކީ އެގޮތަށް ހަމައެކަނި ބޭނުންކުރަން ރަނގަޅު ޕާފިއުމްއަކީ. އެހެންވެ. ދެން އަހަންނަށް ވަރަށް މީރު ވަހެއް ވެސް ހުންނަން ސެންޓެއްވީމަ. މާ ސްޓްރޯންގް ސްމެލްތަކެއް ކަމަކުނުދޭ."

2- ލިޕްސްޓިކް

"މެކްގެ މާޓެލް ކަލާ. އެއީ ސްކްން ކަލާ. އަހަރެންގެ ހުންނާނީ ވަރަށް ޑާކް ސްކިން ކަލާއެއް. ސްކިން ކަލާ އަށް އެގޮތަށް އެހާ މެޗުވާތީ އޭތި ކަމުދަނީ. ދެން އަނެއްހެން އެހާ ބްރައިޓް ކުލަތަކެއް ކަމަކުނުދޭ. ދެން މެކް ބޭނުންކުރަނީ އެހެން ބްރޭންޑްތަކަށް ވުރެން އަހަރެންގެ ސްކިން އަށް ރަނގަޅު އިތުބާރުކުރެވޭ ބްރޭންޑަކަށްވާތީ. މީތި ވާގޮތަކީ ލޯންގް ލާސްޓިންވެފަ، އެހެން އެއްޗެހީގެ ކުލަތައް ފޭޑްވާހެން ނުވެފަ އޭގެ ގޮތުގައި ހުންނާތީ ވެސް ވަރަށް ރަނގަޅު."

3- ބޮޑީބަޓާ / ބޮޑީ ލޯޝަން

"ހަމަ އާންމުކޮށް ބޭނުންކުރަނީ ބޮޑީޝޮޕް. ބޮޑީޝޮޕް އާއި ވިކްޓޯރިއާ ސީކްރެޓް. ވިކްޓޯރިއާ ސީކްރެޓްގެ ޑާކް ރޯސް. އެއީ ޕާފިއުމް އާއި ލޯޝަންގެ ވަހެއް. ބޮޮޑަށް އަސްލު އޭގެ ފައިދާ އަށް ވުރެން ވެސް ވަހަށް ކަމުދަނީ."

4- ހޭންޑް ބޭގްސް

"އައި ހޭވް އެކްޗުއަލީ ވަން ފެވަރިޓް ބޭގް. ވިޗް އިޒް ޗާލްސް އެންޑް ކީތު. އެއީ އިޓް އިޒް އެފޯޑަބްލް. އެންޑް އިޓްސް އަ ބްރޭންޑް. ދެން ހަމަ ގިނަ ދުވަހަށް ގެންގުޅެވޭ ދަބަހެއް އެއީ. އޭގެ ސްޓައިލް ރީތީ. ދެން ކުލަތައް ވެސް ހުރޭ ބޭނުން ހުރިހާ. ވަރަށް ޑާކް ކުލަތައް ވެސް ހުންނާނެ. ބޭނުންވާ ސައިޒްތަކެއް ވެސް ލިބޭނެ. މިއީ ކޮންމެ މީހަކަށް ވެސް ގަނެލެވޭ ވަރުގެ ބޭގެއް."

5- ޝޭމްޕޫ އެންޑް ކޮންޑިޝަނާ

"ގާނިއޭ. އެކަމަކު އާންމުކޮށް ވަރަށް ނުބަލާނެ އިސްތަށިގަނޑަށް. ގާނިއޭގެ ލޯންގް އެންޑް ސްޓްރޯން އެންޓި ޑެންޑްރަފް. ވަރަށް ކެއާ ނުކުރާ އެއްޗެއް ހެއާ އަކީ. ބުޅި އިސްތަށިގަނޑެއް އޮތީމަ ހުޅިޖަހާލައިގެން ވެސް ދަން. އެކަމަކު ތަނަކަށް ދަންޏާމު ބްލޯ ޑްރައިކޮށްލަން."

6- ކޮފީ / މިލްކްޝޭކް

"ވަރަށް ގިނައިން ކޮފީ ބޮން. ދެ ތިން ކޮފީ ދުވާލަކަށް އެއީ މަސްޓެއް. އަބަދުވެސް ކަޕަޗީނޯ. އެއީ އިޓް ހޭސް ދަ ކޮމްބިނޭޝަން. އެހާ ސްޓްރޯންގެއް ވެސް ނުވާނެ. މިލްކެއް ވެސް ނުވާނެ. އަދި އޭގެ މައްޗަށް ޗޮކްލެޓް ޕައުޑާ އަޅާލީމަ ދެޓްސް ދަ ބެސްޓް. ބްލެކް ކޮފީއެއް ނުބޮސް ދުވަހަކު ވެސް. ދެން ޗޮކްލެޓް މިލްޝޭޓް ބައެއް ފަހަރަށް ބޮން."

"ކޮފީ ބޯން ތަނެއް ހޮވާ ނަމަ މާލެއިން ހޮވާނީ މެރާކީ. އެމީހުންނަކީ ވަރަށް ސަޅި ކޮފީ ހަދާ ބައެއް. ދުނިޔޭގެ އެކި ތަންތަނަށް ގޮސް ތަޖުރިބާކުރެވިފައި ހުރި މީހަކަށް ބަލާއިރު އެންމެ ފެންވަރު ރަނގަޅަށް މާލޭގައި އެކަން ކުރާ ބަޔަކީ މެރާކީ."

7- އައިސްކްރީމް / ޗޮކްލެޓް

"ނެވާ. އައި ޑޯންޓް ލައިކް އައިސްކްރީމް. ޗޮކްލެޓް ވެސް އެގޮތަކަށް ނުކަން. އެކަމަކު ޓޮބްލެރޯން އަކީ މީރު އެއްޗެއް. ޗޮކްލެޓް ނަމަ ކަމުދަނީ ހަމަ ސިމްޕަލް."

8- ޑްރެސް ކަލާސް

"ބްލެކް، ބްލޫ، ރެޑް އެންޑް ވައިޓް. އެކަމަކު ކޮންމެ ކުލައެއް ލިޔަސް ގުޅޭނެ. އެކަމަކު ބައެއް ފަހަރަށް ބޭނުމެއް ނުވާނެ އެހާ ކަލަފުލްވާކަށް. އެކަމަކު ޕިންކް ނޫން އެހެން ހުރިހާ އެއްޗެއް ކަމުދޭ. ޕިންކް ކުލަ ނުލަނީ ސްކިން ކުލައާ އެހާ ދިމާނުވާތީ. ބްލެކް މީހަކު ޕިންކް ލީމަ ވަރަށް އޮޑް."

9- ސަންގްލާސް

"ވަކި ހާއްސަ ބްރޭންޑެއް އެހެނެއް ނުގެންގުޅެން. މިހާރު ގެންގުޅެނީ ސެލީން ނަމަކަށް ކިޔާ އައިނެއް. އޭތި ކަމުދަނީ ތަންކޮޅެއް ބޮޑުވެފައި ފޭސް ކަވާކޮށްދޭތީ. ސަންގްލާސް އަޅަނީ އަސްލު ޝޭޕަށް ބަލައިގެން. އާންމުކޮށް ކަމުދަނީ ބްލެކް ކުލަ."

10- ހޮލިޑޭ ޑެސްޓިނޭޝަން

"އިޓަލީ. މިހާރު ގޮސްފިން. އެއީ ހަމަ އެންމެ ދާން ބޭނުންވި ޑެސްޓިނޭޝަނަކީ. އިޓަލީ އަކީ ވަރަށް ތަފާތު ހިސްޓްރީއެއް އޮތް ތަނެއް. ދެން ކޮޮފީގެ ވަރަށް ހާއްސަ ތަނަކަށްވީމަ އަސްލު."

11- ޕިއްޒާ

"އައި އީޓް އަ ލޮޓް އޮފް ޖަންކް ފުޑް. އެންމެ ކަމުދަނީ މޮޒެރެއްލާ، މޮޒެރެއްލާ ހަމައެކަނި. އިޓަލީ އަށް ދިޔަ ފަހަރު އެންމެ ގިނައިން ޓްރައިކުރެވުނީ ސިމްބެލެރީ. އޭގެ ކްރަސްޓް ވަރަށް ތިންވާނެ. ހަމަ އިތުރު އެއްވެސް އެއްޗެއް ނާޅާ މޮޒެރެއްލާ އެކަނި. އެއީ ހަމަ އެންމެ ސަޅި ޕިއްޒާ."

ފެޝަން

Popular