14 Mar 2018

މޫދު އަޑީގެ ފުރަތަމަ ޔޯގާ ކްލާސް ރާއްޖޭގައި

މޫދު އަޑީގެ ފުރަތަމަ ޔޯގާ ކްލާސް ރާއްޖޭގައި

By: Nurah Rasheed

ޔޯގާ ކްލާހެއްގައި ބައިވެރިވާން 120 ޑޮލަރަކީ ބޮޑު އަގެކެވެ. އެކަމަކު މިއީ ހާއްސަ ކްލާހެކެވެ. މޫދު އަޑީގައި ބާއްވާ އެންމެ ފުރަތަމަ ޔޯގާ ކްލާހެވެ. ހަނދާނުން ފޮހެނުލެވޭ ހިތްގައިމު ތަޖުރިބާއަކަށް ވެސް މިކަން ވާނެ އެވެ.

މި ކްލާސް އޮންނާނީ ރާއްޖޭގެ ހުރަވަޅި ރިސޯޓުގައި މޫދުގެ ހަ ފޫޓު އަޑީގައި އޮންނަ، ކަނޑު އަޑީގެ އެންމެ ބޮޑު ރެސްޓޯރަންޓުގަ އެވެ.

ހުރަވަޅި ރިސޯޓްގެ ރެސްޓޯރަންޓް 5.8

މިއި މޫދު އަޑީގައި އެއްގަޑިއިރަށް ބާއްވާ އެންމެ ފުރަތަމަ ޔޯގާ ކްލާހެވެ. ޖެސިކާ އޮލީގެ "ވިންޔާސާ ފްލޯ" އިން ބާއްވާ މި ކުލާސްތަކުގައި ތަފާތު ވައްތަރެއްގެ ޑައުންވާޑް ޑޯގް، ފިޝް ނޫނޫ ޑޮލްފިން ޕޯޒްތައް ހިމެނެ އެވެ. ވިންޔާސާ ކުލާސްތަކުގެ މަގްސަދަކީ ގަައިގެ މަސްތަކުގައި ވަރު ޖައްސައި، ދިފާއީ ނިޒާމު ވަރުގަދަކޮށް ފްލެކްސިބިލިޓީ ރަނގަޅު ކުރުމެވެ.

މި މަހުގެ 17 ގައި ފަށަން ހަމަޖެހިފައިވާ މި ކުލާސްތަކަކީ އަލަށް ޔޯގާ ހަދާ މީހުންނާއި މި ކަމުގައި ދުވަސްވީ މީހުންނަށް ވެސް ކަމުދާ ގޮތަށް ރާވާފައިވާ ކްލާސްތަކެކެވެ. އެހެން ނޫނަސް، ރާއްޖޭގެ މޫދު އަޑީގެ ހިތްގައިމު މާހައުލު ފެންނަ ނަމަ ދެން އިތުރަށް ބޭނުންވާނެ ކަމެއް އޮންނާނެހެއް ހިއެއް ނުވެ އެވެ.

ލޮލެ ވައިޓް ޓުއާއިން ރޭވި ޔޯގާ ކުލާހެއް

އެކި ގައުމުތަކުގެ ރީތި ތަންތަނުގައި ޔޯގާ ހެދުމުގެ ކުލާސްތައް ރާވައި ހިންގާ "ލޮލެ ވައިޓް" ގެ މި ޓުއާ ވެގެން ދާނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލަން ބޭނުންވެފައި ތިބި އެތައް ބަޔަކަށް ވެސް ލިބޭ ފުރުސަތަކަށެވެ. މީގެ ކުރިން ލޮލެ ވައިޓް ޓުއާ އިން ވަނީ ފްރާންސްގެ އައިފުލް ޓަވަރާއި ނިއު ޔޯކްގެ ސެންޓްރަލް ޕާކް އަދި ކެނެޑާގެ މޮންޓްރެއަލްގައި ހުންނަ އޮލިމްޕިކް ސްޓޭޑިއަމްގައި ޔޯގާ ކުލާސްތަކެއް ބާއްވައިފަ އެވެ.

ކަސްރަތު ޓޫރިޒަމް ކަނޑުއަޑީގެ ރެސްޓޯރަންޓް

Popular