16 Apr 2018

ހިތްވަރު ގަދަ މަންމައެއް، ހުރިހާ ކަމެއް ބަދަލުކޮށްފި

ހިތްވަރު ގަދަ މަންމައެއް، ހުރިހާ ކަމެއް ބަދަލުކޮށްފި

By: Aishath Maaha

ގޯއްޗެއް ލިބުނީ ރަށުގައި މީހުން އާބާދު ނުވާ ސަރަހައްދެއްގައި ހުރި ނިކަ ގަހެއްގެ ކައިރިންނެވެ. އެތަނުގައި ދަނޑިފަނުން ގެއެއް އަޅައި ހަމައެކަނި ދެ ބިތް ބައްދައި ތަޅުން އަޅައި، އުމުރުން ތިން އަހަރު ނުވާ ކުޑަ ދެ ދަރިންނާއި އަޑުއިވުމުން މަހުރޫމްވެފައި ހުރި އަންހެން ކޮއްކޮއެއް ގޮވައިގެން އުއްބައްތި އަލީގައި އުޅޭނީ ކިހާ ހިތްވަރު ގަދަވީމާ ހެއްޔެވެ؟ ވެހޭހާ ވާރެއެއްގައި، ދޭހައި އަތްވެއްގައި އުޅޭނީ ކިހާވަރެއްގެ މަޖުބޫރީއެއް އެމީހަކަށް ކުރިމަތިވެގެން ހެއްޔެވެ؟

މިއީ މި ހަފުތާގެ މޭކްއޯވާގެ މޮޑެލް އަކަށް ހޮވާފައިވާ ފާތިމަތު އާތިފާގެ ވާހަކަ ފެށިގެން އަންނަ ގޮތެވެ. އުމުރުން 42 އަހަރުގެ މި އަންހެން މީހާ މީގެ ހައެއްކަ އަހަރު ކުރިން ވެސް ދަންނަމެވެ. އަބަދުވެސް ހުންނާނީ ހެވިފަ އެވެ. ރީތިކޮށް ހެދުން އެޅުމަށް ބޮޑު ސަމާލުކަމެއް ދޭނެ އެވެ. ފަހަރުގައި ފެހުންތެރިއަކަށް ވާތީ ކަމަށް ވެދާނެ އެވެ.

ފޮޓޯގްރެފީ: މަސްރަހް

އާތިފާގެ އިތުރު ތަފްސީލަކަށް ދިއުމުގެ ކުރިން މި ހަފުތާގެ ސެގްމަންޓްގެ ކުރު ތައާރަފެއް ދޭނަމެވެ. މި ސެގްމަންޓުގެ ވޯޑްރޯބް ސްޕޮންސާކޮށްފައިވަނީ ޗެޕްސް އިން ނެވެ. މި ސެގްމަންޓުގެ ފޮޓޯގްރާފަރަކީ ވެސް އާދައިގެ މަތިން މަސްރަހް އެވެ. ސްޓައިލިސްޓަކީ ވެސް އެހެން ސެގްމަންޓުތަކުގައި ވެސް އަހަރެމެންގެ މެހްމާނުން ރީތިކޮށްލަދޭ ނޫރާ ރަޝީދެވެ. ވިންޒީ ލާލަ ނުވަތަ ސާރާ މޭކަޕް ކޮށްދިން އިރު ވީޑިއޯ ޝޫޓްކޮށް އެޑިޓްކުރީ އަފްޝީން ނަސީރެވެ.

ފޮޓޯގްރެފީ: މަސްރަހް

ކުރިން ބުނިހެން މީހުން އާބާދުނުވާ ސަރަހައްދަކުން އަލަށް ލިބުނު ގޯތީގައި ދަނޑިފަނުން ގެ އަޅައިގެން ކުޑަ ދެ ދަރިންނާ އެކު އުޅެން ފެށުމުގެ ކުރިން އާތިފާ އަކީ ތަނަވަސް ދިރިއުޅުމެއް އުޅުނު މީހެކެވެ. އޭގެ ދެތިން އަހަރު ކުރިން ކައިވެނިކޮށް ދިރިއުޅުމެއް ފެށުމުގެ ކުރިން އުޅުނީ ޝާހީ ދިރިއުޅުމެކެވެ.

"ކައިވެނި ކުރުމުގެ ކުރިން އުޅުނީ މާލެއައިސްގެން. ރަށުގައި [ހއ. މުރައިދޫ] ގައި އުޅެފައި މާލެ އައިސް ކިޔަވަކިޔަވާފައި ރަށަށް ދިޔަތަނާ ބައްޕަމެން ކައިވެނިކުރުވައިފި މީހަކާ އުމުރުން 15 އަހަރުގައި. ހަފުތާއެއް ނުވެ އަނެއްކާ އޭނަ ވަރިކޮށްފި. ވަރިކުރި ތަނާ އަނެއްކާ މާލެ އައިސް އުޅުނު ގޮތަށް އުޅެފަ ފަހާ ކޯހާ އެއްޗެހި ހަދާފަ ކޭކު އަޅަން ދަސްކޮށްފަ އުމުރުން 18 އަހަރުގައި އަނެއްކާ މީހަކާ އިނީ،" އާތިފާ ކިޔައިދިނެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިސްޓް: ނޫރާ | މޭކަޕް: ވިންޒީ ލާލަ | ވޯޑްރޯބް: ޗެޕްސް

"އެއީ ހަނިމާދޫ މީހެއް. އޭނައާ އިނދެގެން ދެ ކުދިން ލިބި އޭގެ ފަހުން އެރަށުގައި އުޅުނީ. ކުޑަ މީހާއަށް ބަނޑުބޮޑުއިރު އެ ރަށަށް ބަދަލުވީ. ބަފައިބެމެން ކައިރީގައި ފުރަތަމަ އުޅުނީ. ކުޑަ މީހާއަށް ދެ މަހުގައި އެމީހުން އެ ގެއިން ނެރެލީ. އޭރު އަނެކަކަށް ދެ އަހަރު ވެސް ނުވާނެ. އެއްވެސް ކަމެއް ވެގެނެއް ނޫން. ލާރި ނުދޭތީއޭ ކިޔާފަ ފަންކާ ޖަހައިގެން ނިދަނީ އޭ ކިޔާފަ އެކަހަލަ ކޫސަނި ކަންތައްތަކެއް. އެއްވެސް ކަހަލަ އެހެން މައްސަލައެއް ޖެހި ޒުވާބުކޮށްފައެއް ވެސް ނޫން. އެމީހުން ބޭނުންވާ ވަރަށް އެމީހުންނަށް އެއްޗެހި ނުދެވޭތީ. ފިރިމީހާ އެހެން ދޭތެރެއަކުން ނުހުންނާނެ، އެގޮތަށް ކޮންމެވެސް މައްސަލައެއްގައި ޖަލުގައި ބަހައްޓާފަ ހުއްޓާ ގެއިން ނެރެލީ."

ފޮޓޯގްރެފީ: މަސްރަހް

އާތިފާ ބުނީ ކައިވެނި ކުރެވުނީ މަސްތުވާ އެއްޗެހި ބޭނުންކުރާ މީހަކާކަން އެނގުނީ ކައިވެނިކޮށް ދެ ވަނަ ދަރިފުޅަށް ބަލިވެ އިންދާ ކަމަށެވެ. ގެއިން ނެރެލި ފަހުން ހަނިމާދޫން އަމިއްލަ ގޯއްޗެއް ލިބެންދެން އާތިފާ ދިރިއުޅުނީ ފަޅު ގޯއްޗެއްގަ އެވެ. އެއާޕޯޓުން ވަޒީފާއެއް ހޯދައިގެން ލިބުނު ކުޑަ އާމްދަނީ އަދި ފަހައިގެން އަދި ކޭކު އަޅައިގެން ލިބުނު އާމްދަނީންނެވެ. ވަޒީފާއަށްދާ ވަގުތު ދަރިން ބަލަން ކޮއްކޮ ގެނެސްގެންނެވެ.

ފޮޓޯގްރެފީ: މަސްރަހް

"އެހާވަރަކުން އަދި ނުނިމޭ. އެގޭ މީހުންގެ ބޮލަށް އެރިގެން އެގެއިންވެސް ނެރުނު. އޭރު ގެވަޅު ލިބިފައި އޮތީ. ދެން ބައްޕަމެންނާ އެއްބަނޑު ކުދިން އެތަނުގައި ދަނޑިފަނުން ގެއެއް އަޅައިދިނީ. އެތަނަށް ބަދަލުވިއިރު ދެ ބިތް އިންނާނެ ނުބައްދާ. ކަރަންޓެއް ނެތް. އުއްބައްތި ދިއްލައިގެން. މީހުންނެއް ނޫޅޭ އެހިސާބުގަނޑަކު. ހަފުތާއެއްހާ ދުވަސް ފަހުން ފިރިމީހާގެ ރައްޓެއްސަކު އުޅުން ހޮނޑާފުށިން މީހުން ބަދަލުކުރަން ގެތައް އަޅަން އެތަނުގައި މަސައްކަތް ކުރަން. އޭނާ ކަރަންޓު ދިނީ. ރާނައިގެން އެތަނުގައި ގެއެއް އެޅުނީ ދުވަސްތަކެއް ފަހުން. އޭރު ނޭނގޭ އެހާ ހިތްވަރު ލިބުނީ ކިހިނެއް ކަމެއް. އޭގެ ކުރިން މާލޭގައި އުޅުނުއިރު ވަރަށް ޝާހީކޮށް ތަނަވަސްކޮށް އުޅުނީ. އޭރު ބައިސްކަލެއް ހުރުމަކީ މިހާރު މޮޅު ކާރެއް އޮތުން ކަހަލަ ކަމެއް. އެހެން އުޅެފައި އައިސް މިހެން އުޅެން ޖެހުނީމަ ވެސް އުޅެވުން."

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިސްޓް: ނޫރާ | މޭކަޕް: ވިންޒީ ލާލަ | ވޯޑްރޯބް: ޗެޕްސް

"ބައްޕަމެން ބޭނުންވި ރަށަށް ގެންދަން ވެސް. އެކަމަކު ނުދިޔައީ. ބައްޕަމެންނަށް ވެސް އިތުރު ބުރަޔަކަށް ވާނެތީ. ރަށަށް ދިޔަޔަސް ވަޒީފާއެއް ލިބޭނީއެއް ވެސް ނޫން. ގޭގައި ވެސް ތިބޭނެ 10 ކުދިން. އަހަރެން މިއީ އެންމެ ބޮޑު. އެހެންވެ ބޭނުންވީ ބައްޕަމެންނަށް ނުޖައްސާ އަމިއްލައަށް އުޅެން."

ވަޒީފާއަށް ދަމުން ކުދިންނަށް ވަގުތު ދެމުން ދެ އަހަރެއްހާ ދުވަހު އާތިފާ އެއާޕޯޓުގައި އުޅުނެވެ. އެކަމަކު ކުދިންނާ ދުރުގައި ގިނަ ވަގުތު އުޅެން ބޭނުންނުވާތީ ހުރިހާ ވަގުތެއް ފެހުމަށާއި ކޭކު އެޅުމަށް ހުސްކޮށްލީ އެވެ. އޭގެފަހުން ދިރިއުޅުނީ އަމިއްލަ މަސައްކަތުން ހޯދި އާމްދަނީންނެވެ. ފިރިމީހާ ވެސް ހުންނަ ދުވަސްކޮޅު މަސައްކަތްކޮށްގެން ފައިސާ ހޯދާ ކަމަށް އާތިފާ ބުންޏެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިސްޓް: ނޫރާ | މޭކަޕް: ވިންޒީ ލާލަ | ވޯޑްރޯބް: ޗެޕްސް

"ހެނދުނު އެއާޕޯޓަށް ގޮސްފަ އާދެވެނީ ހަވީރު. ދެން އައިސް ގޭގައި ކުދިން ގޮވައިގެން އުޅެފަ ރޭގަނޑު އެ މީހުން ނިދީމަ ނޫނީ ނުނިދަނީސް ފަހަން ފަށަނީ. ފަތިހު ތިނެއް ޖަހަންދެން އިންނަން ފަހަން. ދެން ނިދާލާފަ ހޭލައިގެން އަނެއްކާ ވަޒީފާއަށް."

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިސްޓް: ނޫރާ | މޭކަޕް: ވިންޒީ ލާލަ | ވޯޑްރޯބް: ޗެޕްސް

އޭގެ ފަހުން ވެސް ދެތިން ތަނަކަށް ވަޒީފާއަށް ދިޔަ އެވެ. ދެހާސް އެގާރަ ވަނަ އަހަރާ ހަމައަށް ރަށުގައި އުޅުމަށްފަހު މާލެއަށް ދިރިއުޅުން ބަދަލުކުރީ ދޮށީ ދަރިފުޅު ގްރޭޑް 10 ނިމުމުން މަތީ ސާނަވީ ތައުލީމް ފޯރުކޮށްދިނުމަށެވެ. އޭރު ދެތަނަށް އާތިފާ ވަޒީފާއަށް ދިޔަ އެވެ. އެންމެ ފުރަތަމަ އުޅުނީ އާއިލާ ބައެއްގެ ކައިރީގައި މާލޭގަ އެވެ. ދެތަނަށް ވަޒީފާއަށް ގޮސްގެން ލިބޭ އާމްދަނީން އެ ގެއަށް ދީފަ އެހެން ހަރަދުތައް ކުރެވެނީ ކިރިޔަ ކިރިޔާ އެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިސްޓް: ނޫރާ | މޭކަޕް: ވިންޒީ ލާލަ | ވޯޑްރޯބް: ޗެޕްސް

"ހަ ވަރަކަށް މަހު އެތާ އުޅުނީ. އެމީހުން ވެސް އެހެން ތަނަކަށް ބަދަލުވާން ވެގެން ތަނެއް ހޯދާށޭ ބުނީމަ ވިލިމާލެއަށް ބަދަލުވީ. ވަރަށް ކުޑަ ތަންކޮޅެއް ދެ ކޮޓަރީގެ. އެއް ކޮޓަރި ކުއްޔަށް ދީގެން ވަޒީފާއަށް ދަމުން ފަހައިގެން ކަންތައްތައް މެނޭޖްކުރީ. މިތަންކޮޅު ކުޑަވީމަ ކޭކު އެޅުމުގެ މަސައްކަތް ނުކުރެވޭ. ފިރިމީހާ ވެސް ލިބޭ އެއްޗެއް ދޭނެ ކުޑަ އެއްޗެއް ވިޔަސް. ގިނަ ފަހަރަށް ނުލިބޭ ދޭކަށް."

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިސްޓް: ނޫރާ | މޭކަޕް: ވިންޒީ ލާލަ | ވޯޑްރޯބް: ޗެޕްސް

އެ ހާސްކަމާއި އުދާސްކަމުން ލުޔެއް ލިބުނީ ދޮށީ ދަރިފުޅު ސްކޫލް ނިންމާލާފައި 2014 ވަނަ އަހަރު ވަޒީފާއަށް ނުކުތް ހިސާބުންނެވެ. ކައިވެނި ރޫޅުނީ ވެސް އޭގެ މާގިނަ ދުވަހެއް ނުވަނީހެވެ. އޭގެ ފަހުން މިދިޔަ އަހަރު ކެންޔާ މީހަކާ ކުރި ކައިވެނި ހައެއްކަ މަސް ފަހުން ރޫޅުނީ އެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިސްޓް: ނޫރާ | މޭކަޕް: ވިންޒީ ލާލަ | ވޯޑްރޯބް: ޗެޕްސް

"އެ ކައިވެނި ވީ ގޮތަކީ އޭނަ ބޭނުންވީ އޭނައާ އެކު އޭނަ އުޅޭ ރަށަށް ބަދަލުވާން. އޭރު ދެވަނަ ދަރިފުޅު ކައިވެނިކޮށްފި. ބޮޑު ކުއްޖާ އެކަނި ހުރީ. އޭނައަށް ގޮތެއް ނުފެންނަނީސް ދޫކޮށްލާފައެއް ނުދެވޭނެ. ދަރިންނަށް ވުރެ އެހެން އެއްވެސް ކަމެއް މުހިންމެއް ނުވާނެ. މިއަދު ވަރަށް ފަސޭހަ. ގޭގައި ފަހައިގެން މަހަކު ހަތް ވަރަކަށް ހާސް ރުފިޔާ ލިބޭ. ދަރިފުޅު ވެސް ވަޒީފާގައި. ހާސްވެ ވިސްނަން ޖެހޭ އެއްވެސް ކަމެއް ނެތް. ބަސް އަހާ ކުއްޖެއް އެއީ."

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިސްޓް: ނޫރާ | މޭކަޕް: ވިންޒީ ލާލަ | ވޯޑްރޯބް: ޗެޕްސް

ހަމައެކަނި ފަހައިގެން އެވަރުގެ އާމްދަނީއެއް ލިބުނު ނަމަވެސް އާތިފާ ހެދުން ފަހައިދޭ އަގު ވަރަށް ތަފާތެވެ. އާންމުކޮށް މީހުން ފަހައިދޭ އަގަށްވުރެ ހެޔޮކޮށެވެ. އާތިފާ ބުނީ އަގުހެޔޮކޮށް ފަހައިދެނީ ހެދުން ފަހަން އަންނަ އެންމެންނަކީ މާ ތަނަވަސް މީހުން ނޫން ނޫނަސް އެ މީހުން ވެސް ރީތިކޮށް ހެދުން އަޅަން ބޭނުންވާނެކަން އެނގޭތީ ކަމަށެވެ.

"ކުދިންގެ ބައްޕައާ އެކީގަ 19 އަހަރު އުޅުނިން. ދުވަހަކު ވެސް ކުދިން ކުރިމަތީ ޒުވާބުކޮށް އެއްޗެހި ނުކިޔަން. ފިރިމީހާ ރަނގަޅުކުރަން ވެސް މަސައްކަތް ކުރިން. ވަރިނުވެ އެހާ ދުވަހު އުޅުނީވެސް ކުދިންނަށްޓަކާ. އިތުރު މީހަކާ އިނދެގެން ދޮން ބައްޕައެއް ހޯދައިދޭން ބޭނުންނުވީ. އެއީ އެހެން އުޅުނަސް އަނިޔާއެއް ނުކުރޭ ދުވަހަކު ވެސް. އަނެއްހެން ކުދިިންނަށް ވެސް ވަރަށް ރަނގަޅު."

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިސްޓް: ނޫރާ | މޭކަޕް: ވިންޒީ ލާލަ | ވޯޑްރޯބް: ޗެޕްސް

"މިއަދު އަސްލު މިހާ ހިސާބަށް އާދެވުނީ ރައްޓެހިންނާ އާއިލާގެ ސަބަބުން. ހަނިމާދޫގައި އުޅުނު އިރު ވެސް ރައްޓެހިން ވަރަށް އެހީވި. އެ ސަރަހައްދު އާބާދުވެ ގެ ކައިރީގައި އުޅުނު މީހުން ވަރަށް ރަނގަޅު. ބަރާބަރަށް ގޭގައި ކާއެއްޗެހި ހުރޭތޯ ބަލައި ވަރަށް އެހީވި. މިހާރު ފެހުމުގެ މަސައްކަތް ކުރަން މިގެންގުޅޭ ފޮއްޓާ އެއްޗެހި ހޯދައިދިނީ ވެސް ރައްޓެއްސެއް. ކުރިން ފަހަން ގެންގުޅުނީ ވަރަށް ކުރިން ބައްޕަމެން ގަނެދިން ފޮއްޓެއް."

އަންހެނުން ފަގީރުކަން

Popular