24 May 2018

ރޯދައަށް ހަދާނީ އަސާރަހޭ، ހަވާދުހޭ؟

By: Asiya Abdul Raheem (Dietician)

އަޅުގަނޑުމެން ދިވެހިންނަކީ ރޯދަ އަށް ތައްޔާރު ވުމުގެ ގޮތުން ގެދޮރު ސާފު ކުރުމުގެ އިތުރުން ބަދިގެތެރޭގެ ކަންކަން ވެސް ރަނގަޅުކޮށް އަދި ރޯދައަށް ޚާއްސަ ކެއުންތައް ވެސް ތައްޔާރުކުރާ ބައެކެވެ. އެގޮތުން އަސާރަ އެޅުމާއި ހަވާދު ތައްޔާރުކުރުން ވެސް ހިމެނެއެވެ. ރޯދަމަހު ނުކައި އެހާ ގިނަ ވަގުތު ތިބެފައި މިހެން ތައްޔާރު ކޮށްފައި ހުންނަ އަސާރަ އާއި ހަވާދު ރަނގަޅުވާނެބާ އެވެ؟.

އަޅުގަނޑުމެން އާންމުކޮށް އަސާރަ އަށް އަޅާ އުޅެނީ ފިޔާ، ލޮނުމެދު، އިނގުރު، ކެރެޓު، ތޮޅި، ބޮޑުމިރުސް، ކަދުރު، އަނބުމަސާލަފަތް ކަހަލަ ތަކެތި ރާހުތުގައި ބަހައްޓައި މަޑުކޮށްގެނެވެ. އަޅުގަނޑުމެނަށް ތަރުކާރީ ބޭނުން ކުރަންޖެހޭ މިންވަރަށް ތަރުކާރީ ބޭނުން ނުކުރެވިފައި އޮންނައިރު އަސާރަ އަޅައިގެން ނަމަވެސް ތަރުކާރީ ބޭނުންކޮށްލެވޭ ނަމަ ރަނގަޅެވެ.

މީގެ ބަދަލުގައި ރޯދައަށް ތައްޔާރުކުރާ ހަވާދު ގިނަ ބަޔަކަށް ތައްޔާރު ކުރެވެނީ ވަރަށް ބައިވަރު ހުނި އަޅައިގެނެވެ. އަދި ބައެއް މީހުން ތެޔޮ ހަވާދު ވެސް ދަވައެވެ. ރޯދަމަހު އެހާ ގިނައިރު ނުކައި ހުރެފައި ދެން ކާލާ ފަހަރު މިހާ ތެޔޮ ނުވަތަ ހަވާދު ގިނަ ތަކެތި ބޭނުން ކުރުމުން މެއިން ދިލަ ނަގައި، މަތިން އަރައި، ބަނޑުގައި ވައިހެދި ކަންކަން މެދުވެރިވެ ބައެއް ފަހަރު ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހޭ ހާލަތަށް ވެސް ދެއެވެ. އެހެންކަމުން މިގޮތަށް ހަވާދު ތައްޔާރު ކުރިއަސް ރޯދަމަހު ހުނި ހަވާދު ނުވަތަ ދެވި ހަވާދު ރިހަ މާ ގިނައިން ބޭނުންކުރުން ރަނގަޅެއް ނޫނެވެ.

ޑައެޓް ކާނާ

Popular