25 May 2018

ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމުގައި "ދޯ" އެއް އަހަރު

ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމުގައި "ދޯ" އެއް އަހަރު

By: Ismail Naseer

"މިހާރު"ގެ ހެޑް އޮފް ބިޒްނަސް ޑިވެލޮޕްްމަންޓް ޝަމްއޫން އަފީފު ވިދާޅުވާ ގޮތުން، "ދޯ"އަކީ ރާއްޖޭގެ ނޫސްވެރިކަމަށް އައި ވަރަށް ބޮޑު އިންްގިލާބެކެވެ. އޭނާ ފާހަގަކުރެއްވި މައިގަނޑު ޕޮއިންޓްތަކަކީ މި އެވެ؛

"މިކަހަލަ އެއްވެސް މެގަޒިނެއް، މިކަހަލަ އެއްވެސް އޮންލައިން ނޫހެއް ރާއްޖޭގައި މި ނުކުތީ ފުރަތަމަ ފަހަރަށް،" އޭނާގެ ފުރަތަމަ ޕޮއިންޓް ދޫކޮށްލެއްވި އެވެ. "މިއީ ހަމައެކަނި ލިޔުންތެރިކަމަށް އައި ތަފާތު ކޮންސެޕްޓެއް އެކަންޏެއް ނޫން. މީގެ ކުރިން މިގޮތަށް ޒުވާނުންނަށް އަމާޒުކޮށްގެން އަދި ހާއްސަކޮށް މިކަހަލަ އޮޖިނަލް ތަފާތު ކޮންޓެންޓް ހިމަނައިގެން ދުވަހު ނޫހެއް ނެރެފައެއް ނެތް."

"ދޯ" އިފްތިތާހުކުރުމަށް އޮލިމްޕަހުގައި ބޭއްވި ހާއްސަ ހަފްލާގައި ދޯ މެގަޒިންގެ ފުރަތަމަ އަދަދު އިފްތިތާހު ކުރަނީ

އޭނާ ފާހަގަކުރި ކަހަލަ ބައެއް އެހެން ޕޮއިންޓްތައް ރާއްޖޭގެ ބޮޑު ސްކޫލެއްގެ ޕްރިންސިޕަލަކު ވެސް ފާހަގަ ކުރެއްވި އެވެ. "ދޯ" ނެރެން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ރާއްޖޭގެ ވަރަށް ބޮޑު ސްކޫލެއްގެ ޕްރިންސިޕަލަކު "ދޯ"ގެ ނޫސްވެރިން ގާތު ވިދާޅުވި ގޮތުގައި "ދޯ" އަކީ ސްކޫލުތަކަށް ވަރަށް މުހިންމު އޮންލައިން ނޫހެކެވެ.

"ތީތި ތަފާތު ވަނީ ތީގައި ސިޔާސީ ކަންކަން ނުހިމަނާތީ. ސްކޫލުތަކަކީ ސިޔާސީ ކަންކަމުން އެއް ފަރާތްވެފައި އޮންނަން ޖެހޭ މާހައުލެއް. އެކަމަކު ރާއްޖޭގައި ސިޔާސީ ނޫން ނޫހެއް ނެތް. 'ދޯ' ކިޔަން އަހަރެމެން ކުދިންނަށް ބާރު އަޅަނީ ތީގައި ވަރަށް އުންމީދީ ވާހަކަތަކެއް ހުންނާތީ. ޒުވާނުންނާއި ސްކޫލު ކުދިންގެ ހުނަރާއި އެ ކުދިން ކުރިމަގަށް ހިތްޖައްސުވާ ކަހަލަ ތަފާތު ކޮންޓެންޓްތައް ހުންނާތީ،" އޭނާ ވިދާޅުވި އެވެ. "ބޮޑުވަމުން އަންނަ ޖީލަށް ތީގައި ހުންނަނީ ވަރަށް ރަނގަޅު މެސެޖްތަކެއް ފޯރުކޮށްދީފައި ހުންނަ ވާހަކަތަކެއް."

ހަމައެހެންމެ، "މިހާރު" ނޫހުން މިކަހަލަ އެހެން ނޫހެއް ނެރެން ފެށި އެއް ބޭނުމަކީ ވެސް އުންމީދީ އެތައް ޒުވާނުންނެއް ތޮށިގަނޑު ފަޅާލައިފައި ނެރުމެވެ. ރާއްޖޭގައި އެ ޒުވާނުންގެ ހުނަރު ދައްކާލެވޭނެ "އިޝްތިހާރު" ބޯޑެއް ނެތް އިރު، އެ މީހުންގެ ވާހަކަތައް ހިއްސާކޮށްލެވޭނެ ނޫހެއް އުފެއްދުމަކީ "ދޯ" ވުޖޫދަށް އައި މައިގަނޑު ސަބަބެވެ. އެ ފުރުސަތުގެ ބޭނުން ހިފައި، އެތަކެއް ޒުވާނުންނެއް އެ މީހުންގެ މަސައްކަތް ފުޅާކުރި ކަން އެއީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

"ދޯ" ލޯންޗު ކުރުމަށް މީގެ އެއް އަހަރު ކުރިންް އޮލިމްޕަހުގައި ބޭއްވި ރަސްމިއްޔާތުގައި ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ ޝާހު އިސްމާއިލް (މ) އާއި މިހާރުގެ އެޑިޓަރު މޫސާ ލަތީފު (ވ) އަދި ވާއިލް ޒާހިރު ހުސެއިން

ތަޖުރިބާކާރު ނޫސްވެރިޔާ އަދި 'މިހާރު'ގެ އެޑިޓަރު މޫސާ ލަތީފު ވިދާޅުވި ގޮތުގައި "ދޯ" އިން ޒުވާނުންނަށް އާ މަގެއް ކޮށައިދީފި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިވީ މުއްދަތުގެ ތެރޭގައި "ދޯ" ވަނީ ނޫސްވެރިކަމުގެ އެހެން ދިމާލަކުން ގޮސް މީހުންގެ ހިތްތަކާ ކުޅެލައިފަ އެވެ.

"މިކަހަލަ ނޫހެއްގެ ބޭނުން ބޮޑުވަނީ އެހެންވެ. އަޅުގަނޑުމެން މި ނޫސް ޑިޒައިން ކުރީ ވެސް މި ބޭނުން ހާސިލް ކުރުމަށް ޓަކައި،" އޭނާ ވިދާޅުވި އެވެ.

"ދޯ" އަކީ ކޮންމެ ޒުވާނަކަށް ވެސް މުހިންމު ނޫހެކެވެ. "ދޯ" އޮންލައިން ކޮންމެ ދުވަހަކު މުޅިން އާ، އޮރިޖިނަލް ކޮންޓެންޓާ އެކު މުޅިން ވެސް ހިމެނޭނީ އުންމީދީ ވާހަކަތަކެވެ. ޒުވާނުންނަށް ބޭނުންވާ މައުލޫމާތުތަކެވެ. ވަޒީފާތަކަށް ހިތްކެނޑިފައި ތިބި ޒުވާނުން އެކަމަށް ހިތްޖައްސުވައިދޭ މައުލޫތަކެވެ. ޒުވާނުންގެ ހުނަރާއި އެ މީހުންގެ މަސައްކަތްތަކެވެ. އެ މީހުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމުގައި "ދޯ" އޮތީ އެ މީހުންނާ އެކު އެވެ.

"ދޯ"ގެ ފަސް ވަނަ އަދަދު "ދަތުރު" ނެރުމަށް ސޯލްޓް ކެފޭގައި ބޭއްވި ހަފުލާގައި "މިހާރު"ގެ މާކެޓިން ޓީމް

"ދޯ"ގެ ފުރަތަމަ އަހަރީ ދުވަސް މިއަދު ފާހަގަކުރާއިރު، އެތައް ބަޔަކު އަަހަރެމެންނަށް ތައާރަފުކޮށްދެވިއްޖެ އެވެ. ގެއްލިފައި ތިބި އެތަކެއް މޫނެއް އަހަރެމެން އެހެން މީހުންނަށް ދައްކައިދީފީމެވެ. މި އެއް އަހަރުގެ ތެރޭގައި އަހަރެމެން ފިޔަވަޅު އަޅައިދިން އެތައް ޒުވާނުންނެއް މަސައްކަތްތަކުގައި ދެމި އެބަ ތިއްބެވެ. އަސްލު "ދޯ" އަކީ ހަމަ ތިޔަ ޒުވާނުންނެވެ.

"ދޯ"ގެ ވެބްސައިޓްގެ ފުރަތަމަ ދުވަސް
ޒުވާނުން މިހާރު ދޯ އޮންލައިން ދޯ މަޖައްލާ

Popular