18 Sep 2018

ރާއްޖޭގައި އެންމެ މަދީ ޖުލައި 31 ގައި އުފަންވި މީހުން

ރާއްޖޭގައި އެންމެ މަދީ ޖުލައި 31 ގައި އުފަންވި މީހުން

By: Niumathullah Idhurees

އުމުރުން ދުވަސްވީ، އުފަން ދުވަހުގެ ރަސްމީ ރެކޯޑެއް ނެތް މީހުންގެ އުފަން ދުވަހެއްގެ ގޮތުގައި އައިޑީކާޑުގައި ޖަހަނީ ޖެނުއަރީ 1 އެވެ. އުފަންވި އަހަރު ލަފާކޮށް، ޖެނުއަރީ 1 އެވެ. އެހެންވެ ރާއްޖޭގެ ރަސްމީ ރެކޯޑަށް ބަލާއިރު އެންމެ ގިނަ މީހުން އުފަން ދުވަހަކީ ޖެނުއަރީ 1 އެވެ. އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ، މި އަހަރުގެ ރިޔާސި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓަށް ބެލުމުން، ޖެނުއަރީ 1 ގައި އުފަން ދުވަސް ފާހަގަކުރާ 16،850 މީހުން އެބަތިއްބެވެ.

މިއީ ސައްހަ އަދަދަކަށް ނުވި ނަމަވެސް ދެން ހުރި އުފަން ދުވަސްތައް ރަނގަޅުވާނެ ކަމަށް ބަލަން ޖެހެ އެވެ.

ޖެނުއަރީ 1 ނަގާފައި އެންމެ ގިނަ މީހުން އުފަން ދުވަސް ފާހަގަކުރާ ދުވަހަކީ މާޗް 1 އެވެ. އެއީ 950 މީހުންނެވެ. ތިރީގައި އެ އޮތީ އެންމެ އާންމު 10 އުފަން ދުވަހެވެ.

ޖެނުއަރީ 1 – 16،850 މީހުން

މާޗް 1 – 950 މީހުން

އޮކްޓޫބަރު 1 – 861

ޖޫން 1 – 858

ނޮވެމްބަރު 11 – 854

މާޗް 18 – 852

މާޗް 10 – 830

މާޗް 16 – 830

ޑިސެމްބަރު 1 – 824

އޭޕްރީލް 5 – 818 އުފަން ތާރީހުތަކުގެ ތެރެއިން އެންމެ މަދުން އޮތް ދުވަހަކީ ޖުލައި 31 އެވެ. އެ ދުވަހާ ދިމާވާ ތިބީ 471 މީހުންނެވެ.

އެންމެ ގިނަ މީހުން އުފަން ދުވަސް ފާހަގަކުރާ 10 ދުވަސް

އެންމެ މަދު 5 އުފަން ދުވަސް:

ޖުލައި 31 – 471 މީހުން

އޯގަސްޓް 31 – 507 މީހުން

ޖުލައި 29 – 508 މީހުން

ޖެނުއަރީ 31 – 510 މީހުން

ޖެނުއަރީ 30 – 515 މީހުން

އެކަމަކު މިއީ ހަމައެކަނި، 18 އަހަރުން މަތީގެ މީހުންގެ މައުލޫމާތެވެ. މުޅި ރާއްޖޭގެ އާބާދީއަށް ބެލުމުން މި އަދަދުތައް ތަފާތުވާނެ އެވެ.

އާބާދީ

Popular