4 Dec 2018

"ދޯ" ފިޓްނެސް އަށް

"ދޯ" ފިޓްނެސް އަށް

By: Aishath Maaha

ކަސްރަތާއި ރަނގަޅު ކާނާ އަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ކިހާ މުހިންމު ކަމެއް ކަން މިހާރަކު އެއްވެސް މީހަކަށް އޮޅުންފިލުވައިދޭން ޖެހޭނެ ހެނެއް ހީއެއް ނުވެ އެވެ. އެހެން ނަމަވެސް ކަސްރަތުކޮށް ރަނގަޅު ޑައިޓެއް ފަށަން ހިތްވަރާއި މޯޓިވޭޝަން ވަރަށް މުހިންމެވެ.

އެހެންވެ "ދޯ"ގެ 13 ވަނަ އެޑިޝަން މި ހާއްސަކޮށްލަނީ ފިޓްނެސް އަށެވެ. އެކިއެކި ސަބަބުތަކާ ހުރެ ކަސްރަތުގެ ތެރެއަށް ވަދެވި މިހާރު އެހެން މީހުންނަށް ހިތްވަރުދީ ތަމްރީނު ކުރާ މީހުންގެ ވާހަކަތައް ގެނެސްދޭށެވެ.

"ދޯ" ފިޓްނެސް އެޑިޝަން. -- ފޮޓޯ: ހުސެން ވަހީދު / މިހާރު

ކަސްރަތާއި އެންމެ ރަނގަޅު ޑައިޓުތަކާއި ބުރަ މަސައްކަތުން ފިޓްނަސްގައި މިހާރު ވިދަމުން އަންނަ ބައެއް ވާހަކަތައް މި އަދަދުގައި ހިމަނާލާފައިވާނެ އެވެ.

"ދޯ"ގެ މި އަދަދު ވެސް މިހާރު ބައެއް ބުކްޝޮޕްތަކުންނާއި ކެފޭތަކުންނާއި ސެލޫންތަކުން ލިބޭނެ އެވެ.

Popular