10 Feb 2019

ޝަލަބީގެ ދިގު އިސްތަށިގަނޑު ކޮށާލައިފި

ޝަލަބީ މީގެ ކުރިން ވެސް ބޯ ކޮށާލި. އެކަމަކު މިހާ ކުރުކޮށް ކޮށައެއް ނުލާ.

ޝަލަބީ މީގެ ކުރިން ވެސް ބޯ ކޮށާލި. އެކަމަކު މިހާ ކުރުކޮށް ކޮށައެއް ނުލާ.

By: Ifraz Ali

މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމްގެ ހިތްގައިމު އަޑާއެކު ދެން އެންމެ ގިނަ ބައެއް ހިތް އަތުލީ އޭނާގެ ފަން ދިގު އިސްތަށިގަނޑެވެ. މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަން ނިމުނުއިރު، އޭނާގެ އިސްތަށިގަނޑު އޮތީ އޭނާއަށް ހާއްސަ ހެއާސްޓައިލަކަށްވެފަ އެވެ.

އެ ހާއްސަ ސްޓައިލް ދޫކޮށްލައި މިހާރު އޭނާ ބޮޑު ތަފާތެއް ގެނެސްފި އެވެ. ވަރަށް ލޯބިން ގެންގުޅެމުން އައި އެ ދިގު އިސްތަށިގަނޑު ކުރުކޮށް ކޮށާލީ އެވެ.

އައިޑޮލްއިން ވިދާލި ލަވަކިޔުންތެރިޔާ އަދި މިދިޔަ ހަފުތާގައި ރިލީޒްކުރި ފިލްމު "ގޮށްރާޅު" ފެނިގެންދިޔަ ހަސަން އިރުފާން (ޒަކިއްޓެ) ވަނީ ޝަލީބާއެކު ވަރަށް ފަހުން އޭނާ ނަގާފައިވާ ފޮޓޯއެއް އިއްޔެ އިންސްޓަގްރާމަށް ލައިފަ އެވެ.

Yass fresh.

A post shared by Zakitte' (@zakitte_official) on

ޒަކިއްޓެ އިންސްޓާގައި ކޮށްފައިވާ ޕޯސްޓެއް.

ޝަލަބީގެ ފަން ދިގު އިސްތަށިގަނޑަށް ހިތް ދޫނުވާ އަންހެން ކުއްޖަކު ނެތޭ ބުނާ ވަރަށް އެ އިސްތަށިގަނޑަށް ތައުރީފު ލިބުނެވެ. މީގެ ކުރިން ވެސް އެއް ފަހަރަކު އޭނާގެ އިސްތަށިގަނޑު ކޮންމެސް ވަރަކަށް ކޮށާލި އެވެ. އެކަމަކު މިހާ ކުރުކޮށް އިސްތަށިގަނޑު ކޮށާމި ލީ އަދި ކިރިޔާ އެވެ.

ޝަލަބީ ކުރިން ބޯ ކޮށާލީ އޭނާގެ މަންމަގެ އެދުމަކަށެވެ. އެނގިފައިވާ ގޮތުގައި މިފަހަރު މިހާ ކުރުކޮށް ބޯ ކޮށާލީ ސިއްހީ އެކި މައްސަލަތައް ދިމާވެފައިވާ ކުދިންނާ ޝަލަބީ ބައްދަލުކުރާއިރު، ޝަލަބީގެ އޮންނަ ކަހަލަ އިސްތަށިގަނޑެއް ކުރިން އޮތް ކަމަށް ބުނެ ބައެއް ކުދިން ދެރަވެގެން ވާހަކަ ވެސް ދައްކާތީއާ އެކު، އެ ކުދިންނާ ބައިވެރިވުމުގެ ގޮތުންނެވެ. އެކަމަކު ޝަލަބީގެ ފަރާތުން ރަސްމީކޮށް މިކަމުގައި ބަހެއް ނުލިބުނެވެ.

"ދޯ" ލޯންޗްކުރުމަށް އޮލިމްޕަހުގައި ބޭއްވި ހާއްސަ ހަފްލާގައި ޝަލަބީ ލަވައެއް ކިޔަނީ-- | މިހާރު ފޮޓޯ: ހުސެއިން ވަހީދު

އައިޑޮލްއިން އުފެދުނު އެންމެ ކާމިޔާބު ލަވަކިޔުންތެރިންގެ ތެރޭގައި ޝަލަބީ ހިމެނެ އެވެ. އަމިއްލަ ލަވަތަކާއި ފިލްމުތަކަށް ވެސް އޭނާ ވަނީ ލަވަ ކިޔާފަ އެވެ. މީގެ އިތުރުން ތަފާތު އެކި އިވެންޓުތަކުގައި ވެސް ކާމިޔާބު ގިނަ ޝޯތަކެއް އަންނަނީ ދެމުންނެވެ.

Popular